ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/357 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/357
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ:357/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު
* ދާއިމީ އެޑްރެސް: ހުވަދުމާގެ/ ބ.އޭދަފުށި
* މިހާރުގެ އެޑްރެސް: ގ.ނީނަވާ މާލެ
* އައިޑީ ކާޑުނަންބަރު: A064904
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 21 މުޙައްރަމް 1434
ނިމުނު ތާރީޚް: 26 މުޙައްރަމް 1436
25 ނޮވެމްބަރ 2014
19 ނޮވެމްބަރ 2014
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1948
• ނިންމެވި ކޯޓް: ސިވިލް ކޯޓު
ޖެހިރާއްޖެ
0
• ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އިޒް.ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/357
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1948 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ހުވަދުމާގެ/ ބ.އޭދަފުށި
ޢަބްދުﷲ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
CCCC
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވ.
ފާހަގަކުރެވުނު ނުކުތާ
ދެއެ4e
21 ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1948 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ބ.އޭދަފުށި/ ހުވަދުމާގެ، ޢަބްދުﷲ ރަޝީދު (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A064904) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރ އެއްގެ ވަޒީފާގައި
09 ޖެނުއަރީ 2005 ގައި މަސައްކަތަށް ފަރުވާ ކުޑަކުރަމުންދާތީ ކަމަށްބުނެ، ޤާނޫނާއި، ޤަވާޢިދާއި
ޚިލާފަށް ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވާތީ، އެވަޒީފާ ނުވަތަ އެވަޒީފާއާއި އެއްވަރުގެ އެހެން
ވަޒީފާއެއް ލިބިދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގައި ގުނުމަށާއި، މަޤާމުގެ
ކުރިއެރުން ލިބުމުގައިވެސް ޚިދުމަތްތައް މެދުކެނޑިފައިވާ މުއްދަތުގެ ތެރޭގައި ކުރިއެރުންތައް ލިބިދިނުމަށްއެދި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޢަބްދުﷲ ރަޝީދު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބ.އޭދަފުށި ހުވަދުމާގެ،
ޢަބްދުﷲ ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A064904) މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިންސްޕެކްޓަރ އެއްގެ ވަޒީފާގައި ހުއްޓާ، 09 ޖެނުއަރީ 2005 ގައި މަސައްކަތަށް ފަރުވާ
ކުޑަކުރަމުންދާ ކަމަށްބުނެ، ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވާތީ،
އިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 31647/ .
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/357
co
އެވަޒީފާ ނުވަތަ އެފަޒީފާއާއި އެއްވަރުގެ އެހެން ވަޒީފާއެއް ލިބިދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ
ދުވަސްތައް ޚިދުމަތުގެ މުއްދަތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބިމުގައިވެސް ޚިދުމަތްތައް
މެދުކެނޑިފައިވާ މުއްދަތުގެ ތެރޭގައި ކުރިއެރުންތައް ލިބިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް ޢަބްދުﷲ ރަޝީދު ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރ ކަމުގެ މަޤާމުގައި ހުއްޓައި 09
ޖެނުއަރީ 2005 ގައި، އެމަޤާމުން ޢަބްދުﷲ ރަޝީދު ވަކިކުރެވިފައިވާކަމާއި، ޢަބްދުﷲ ރަޝީދު ވަޒީފާ
އަދާކުރުމުގައި ކުރިމަތިވި މައްސަލައަކާއި ގުޅިގެން ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރެވިފައިވާކަމާއި،
ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމާއި ގުޅިގެން، ތުހުމަތުކުރެވުނު ކަންކަމަށް އެއްބަސްވެ، މަޢާފަށް އެދި
ޕޮލިސް ހެޑްކުއަޓަރޒަށް 23 މެއި 2004 ގައި ޢަބްދުﷲ ރަޝީދު ސިޓީ ފޮނުވާފައިވާކަމާއި، މިސިޓީ ފޮނުވުމާ
ގުޅިގެން ޢަބްދުﷲ ރަޝީދަށް 02 ޖޫން 2004 ގައި އެފަދަ އިތުރު މައްސަލައެއް ތަކުރާރު ނުކުރުމަށާއި،
އިތުރަށް އެފަދަ މައްސަލައެއް ޢަބްދުﷲ ރަޝީދުގެ ކިބައިން ތަކުރާރުވެއްޖެނަމަ އިތުރު އިންޒާރެއް
ދިނުމެއްނެތި، އެކަމަމާމެދު ޤަވާޢިދު ތަންދޭ
ތަންދޭ އެންމެ ހަރުކަށި ފިޔަވަޅެއް
އަޅާނެކަން ޢަބްދުﷲ ރަޝީދަށް 02
ޖޫން 2004 ގައި ލިޔުމުން އަންގާފައިވަނިކޮށް، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާއަށް ފަރުވާކުޑަވެފައި ބުނެ، ޢަބްދުﷲ ރަޝީދު އެވަޒީފާއިން ވަކިކޮށް މޯލްޑިވްސް ޕޮލިސް
ސަރވިސް އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އެވަޒީފާއިން 09 ޖެނުއަރީ 2005 ގައި ވަކިކުރެވިފައިވާކަމާއި، މިފަދައިން ޢަބްދުﷲ ރަޝީދު
އެވަޒީފާއިން ވަކިކުރެވިފައިވަނީ، އެވަޒީފާއަށް ޢަބްދުﷲ ރަޝީދު ފަރުވާކުޑަކޮށްފައިވާތީކަމަށް، މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ބުނެފައިވިއަސް، އެކަމުގެ މައްޗަށް ޝަރީޢަތަށް ބުރަވެވޭފަދަ އެއްވެސް ހެއްކެއް
ނުވަތަ ޤަރީނާއެއްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅިފައިނުވާތީ، ޢަބްދުﷲ ރަޝީދު
އެވަޒީފާއިން ވަކިކޮށްފައިވަނީ، ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 51 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ކަނޑައަޅައި،
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު މިއަދު 11 އޮގަސްޓް 2013 ވަނަ ދުވަހުން
ފެށިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަބްދުﷲ ރަޝީދަށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 03
(ތިނެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށްޓަކައި، އެފައިސާ މިއަދުން ފެށިގެން 02 (ދޭއް)
4 މހ2 3
E
ހށގނޑ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 73316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/357
މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށާއި، އަދި ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާޢިދާ
ޚިލާފަށްކަމަށްވާތީވެ، އިސްވެ ޙަވާލާދެވުނު 03 (ތިނެއް) މަސްދުވަހުގެ މުއްދަތު ޚިދުމަތުގެ މުއްދަތުގައި
ގޮތުގައި ހިމަނައި، ޢަބްދުﷲ ރަޝީދު ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވެގެންވާ
ވަޒީފާއެއް، މަޤާމުގެ ކުރިއެރުން ޙައްޤުވާނަމަ، މަޤާމުގެ ކުރިއެރުމާއެކު، މިއަދުން ފެށިގެން 03 (ތިނެއް)
މަސް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ބ.އޭދަފުށި ހުވަދުމާގެ
ޢަބްދުﷲ ރަޝީދު ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ce O
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު
14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި
ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުރާ
ކ.
- COC
O COC
(ހ) ދެވަނަ ނުކުތާއަކީ،"لا( ވ لااފ" (ގެއްލުމެއްދިނުމެއްވެސް އަދި ގެއްލުމެއް
ލިބިގަތުމެއްވެސް ނެތެވެ.) މި ފިޤްހީ ޤާއިދާއަށާއި ޤާނޫނު ނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 28
ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި މައްސަލަ ނިންމާފައިވަނީ ބުނެވިދިޔަ ޤާނޫނު އަށް 1 ވަނަ އިޞްލާޙް
ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2008) ގެ 1 ވަނަ މާއްދާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް
01
މ އc
ހުށަހެޅި ނުކުތާ.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/357
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބ.އޭދަފުށި/ ހުވަދުމާގެ ޢަބްދުﷲ ރަޝީދުގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1948
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާ އަކީ ޢަބްދުﷲ ރަޝީދު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ އިނިސްޕެކްޓަރ އެއްގެ ވަޒީފާގައި ހުއްޓާ، 09 ޖެނުއަރީ 2005 ގައި ވަޒީފާއިން
ވަކިކޮށްފައިވާތީ، އެވަޒީފާ ނުވަތަ ވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް ލިބިދިނުމަށާއި، އަދި ވަޒީފާ އަނބުރާ
ލިބުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި، އިނާޔަތްތައް ލިބިދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް
ޚިދުމަތުގެ މުއްދަތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައިވެސް ޚިދުމަތް މެދުކެނޑިފައިވާ މުއްދަތުގެ
ތެރޭގައި ކުރިއެރުންތައް ލިބިދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޢަބްދުﷲ ރަޝީދު
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ސިވިލްކޯޓުން ޙުކުމްކުރައްވާފައިވަނީ ޢަބްދު
ރަޝީދު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، ސަރުކާރު މުވައްޒަފުންގެ ކަންތައް ހިންގުމުގެ
ޤަވާޢިދުގެ 51 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައި، ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވުނު
ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް 02 (ދޭއް) މަސްދުވަހުގެ ތެރޭގައި
ސިވިލްކޯޓަށް ދެއްކުމަށާއި، ޢަބްދުﷲ ރަޝީދު ކުރިން އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވެގެންވާ
ވަޒީފާއެއް، މަޤާމުގެ ކުރިއެރުން ޙައްޤުވާނަމަ، މަޤާމުގެ ކުރިއެރުމާއި އެކު ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަންގައި ޙުކުމްކޮށް އެގޮތުގެ މަތީންކަމާއި،
ސިވިލްކޯޓުގެ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ޢަބްދުﷲ ރަޝީދުގެ
ފަރާތުން ހުށަހެޅި މިމައްސަލައިގައި ޢަބްދުﷲ ރަޝީދުގެ ފަރާތުން އެދިފައިވާ ގޮތަކީ ސިވިލްކޯޓުގެ އެޙުކުމުގައި
ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުސާރައާއި
ޢިނާޔަތްތައް ލިބޭ ގޮތަށް އޮތް އޮތުމާއި، ޢަބްދުﷲ ރަޝީދު ޤަވާޢިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 4831647
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/357
ދިވެހިރާއްޖޭގެ ހައިކޯ"
03 (ތިނެއް) މަސްދުވަހުގެ މުއްދަތު ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ހިމެނުމަށް އޮތްބައި ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި ޚިލާފުވާކަމަށް ކަނޑައަޅައިދީ، އެމޭރުމުން ޙުކުމެއް ކޮށްދިނުންކަން އެނގެން އޮތްއިރު،
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2012/Cv-C/1948 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުވާކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސް (ދައުލަތް) ގެ
ފަރާތުންވެސް، ސިވިލްކޯޓުގެ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކޮށްފައިވާކަމާއި، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި އެމައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 385/HC
-
A/2013 ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
385/HC-A/2013 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ ޢަބްދުﷲ ރަޝީދު ވަޒީފާއިން
ވަކިކޮށްފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 51
ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާޙީ ފިޔަވަޅު އެޅުމަށްފަހު، އިންޒާރުވެސް ދިނުމަށްފަހުކަމަށްވާތީ،
ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްކަމަށް ކަނޑައަޅުއްވައި ދެއްވައި،
ޢަބްދުﷲ ރަޝީދު އެދިފައިވާ ފަދައިން ވަޒީފާ އަނބުރާ ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް ދޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައިދިނުމަށްކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1948
ޤަޟިއްޔާއާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
385/HC-A/2013 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރައްވާފައިވަނީ، ޢަބްދުﷲ ރަޝީދު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިނިސްޕެކްޓަރ އެއްގެ ވަޒީފާއިން 09 ޖެނުއަރީ 2005 ގައި
ވަކިކޮށްފައިވަނީ، އިތުރު މައްސަލައެއް ޢަބްދުﷲ ރަޝީދުގެ ކިބައިން ތަކުރާރުވެއްޖެނަމަ އިތުރު އިންޒާރެއް
ދިނުމެއްނެތި އެކަމާމެދު ޤަވާޢިދު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަން އަންގައި، 2 ޖޫން 2004
ގައި ޢަބްދުﷲ ރަޝީދަށް ލިޔުމުން އިންޒާރު ދީ، ދޫނިދޫ ޑިޓެންޝަން ސެންޓަރުގެ އިސްވެރިޔާގެ އެހީތެރިޔާގެ
މަގާމަށް ބަދަލު ކުރުމުންވެސް އިޞްލާހްވެފައި ނުވާތީ، އެފަދަ ޒިންމާދާރު މަޤާމެއްގައިހުރެ ޢަބްދުﷲ ރަޝީދުގެ
ޢަމަލުތައް ބަހައްޓާގޮތުން، ޕޮލިސް ހެޑްކްއޯޓަރޒްގެ ދާއިރާގައި ޢަބްދުﷲ ރަޝީދު ބެހެއްޓެން ނެތިގެންކަން
އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1948 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބާތިލުކޮށް އެގޮތުގެ މަތީންކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316/171
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
7
2013/HC-A/357
ޢަބްދުﷲ ރަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ހިނގަމުންދާ މިޤަޟިއްޔާގައި ޢަބްދު
ރަޝީދުގެ ފަރާތުން އެދިފައިވަނީ އިޝާރާތްކުރެވުނު ފަދައިން ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވުނު
ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ލިބޭ ގޮތަށް އޮތް އޮތުމާއި، ޢަބްދު
ރަޝީދު ޤަވާޢިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އެ 03 (ތިނެއް) މަސްދުވަހުގެ މުއްދަތު ޚިދުމަތުގެ
މުއްދަތުގެ ގޮތުގައި ހިމެނުމަށް އޮތްބައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުވާކަމަށް ކަނޑައަޅައިދީ
އެކަމުގެ މައްޗަށްކަން އެނގެން އޮތުމުން، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސްސަރވިސްގައި އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކުރީ ޤަވާޢިދާއި އެއްގޮތަށްކަމަށް
އެގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 385/HC-A/2013
ޤަޟިއްޔާއިން ކަނޑައަޅައި ޢަބްދުﷲ ރަޝީދަށް އަނބުރާ ވަޒީފާދިނުމަށް ސިވިލްކޯޓުން ކުރި ޙުކުމް
ބާތިލުކަމަށް ކަނޑައަޅައިފައިވުމުން، ޢަބްދުﷲ ރަޝީދުގެ ފަރާތުން މިޤަޟިއްޔާގައި އެދި ހުށަހެޅިކަންކަމަކީ
އެކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭކަންކަން ކަމުގައި
ނުފެންނަކަމެވެ.
ޙުކުމް
4
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1948 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުﷲ ރަޝީދުގެ
ފަރާތުން ހުށަހެޅި މިޤަޟިއްޔާގައި ޢަބްދުﷲ ރަޝީދުގެ ފަރާތުން އެދިފައިވަނީ، ޢަބްދުﷲ ރަޝީދު ވަޒީފާއިން
ވަކިކުރެވުނު ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ލިބޭ ގޮތަށް އޮތް
އޮތުމާއި، ޢަބްދުﷲ ރަޝީދު ޤަވާޢިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އެ 03 (ތިނެއް) މަސްދުވަހުގެ
މުއްދަތު ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ހިމެނުމަށް އޮތްބައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުވާކަމަށް
ކަނޑައަޅައިދީ އެކަމުގެ މައްޗަށްކަން އެނގެން އޮތުމުންނާއި، ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1948
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލެވުނު މިކޯޓުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/357
ނަންބަރު 385/HC-A/2013 ޤަޟިއްޔާގައި، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސްސަރވިސްގައި
އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރީ ޤަވާޢިދާއި އެއްގޮތަށްކަމަށް ކަނޑައަޅައި ޢަބްދުﷲ ރަޝީދަށް އަނބުރާ
ވަޒީފާދިނުމަށް ސިވިލްކޯޓުން ކުރި ޙުކުމް ބާތިލުކޮށްފައިވުމުން، ޢަބްދުﷲ ރަޝީދުގެ ފަރާތުން މިޤަޟިއްޔާގައި
އެދި ހުށަހެޅިކަންކަމަކީ އެކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާރު އެކަންކަމާއިމެދު އިތުރަށް ބަލައި
ގޮތެއް ކަނޑައަޅަންޖެހޭކަމެއް ކަމުގައި ނުފެންނަކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެގޮތުގެ މަތީން މިޤަޟިއްޔާގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv