ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/170 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
49
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 170/HC
-
A/2010
0
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޤުރައިޝް ޝާފިޢު
* ދާއި އެޑްރެސް: މ. މާ| މާލެ
* އައި.ޑީ.ކާޑު ނަންބަރު: A060544
މިހާރުގެ އެޑްރެސް: ލ. މާ| މާލެ
ބަދަލުގައި: އދ. ޢަބްދުﷲ ޙަސީން، ދަފްތަރު ނަންބަރު ރސ 4059
i
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
* ވަކީލް: އދ. އަޙްމަދު ފާއިޒް
ދާއިމީ އެޑްރެސް:
ގްރީން މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޝަޢުބާން 1431
25 ޖުލައި 2010
ނިމުނު ތާރީޚް: 23 ރަބީޢުލްއައްވަލް 1434
04 ފެބްރުއަރީ 2013
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/102
• ނިންމެވި ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަ ހުށަހެޅުނު ތާރީޚް: 31 އޯގަސްޓް 2009
މައްސަލަ ނިމުނު ތާރީޚް: 18 މެއި 2010
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުﷲ ޙަމީދު
ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2010/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
ޑ 8 *0 ހދ8 މ.
އއގތންފަށްބޮނޭ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި މ. މާ
ޤުރައިޝް ޝާފިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއެވެ.
ccc
• ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މ. މާ ޤުރައިޝް
ޝާފިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ މާންދޫ ފިޝަރީޒް ކޮންޕްލެކްސް
އިންޖިނިއަރ ގްރޭޑް 1 ގެ ވަޒީފާގައި މަސައްކަތްކުރި ޤުރައިޝް ޝާފިޢު އަށް އެއްވެސް ނަސޭހަތެއް ދިނުމެއް
އިންޒާރު ދިނުމެއް އަދި ނޯޓިސް ދިނުމަކާނުލައި 06 ޖޫން 2009 ގައި ޤުރައިޝް ޝާފިޢު އެކުންފުނީގެ
ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ރައްދުވާ ގޮތަށް މ. މާ
ޤުރައިޝް ޝާފިޢުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
CCCXOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
ހއ
102/VTR/2009
3. މިޤަޟިއްޔާ
ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
"ދެންފަހެ، މައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި، މައްސަލަބެލި
މަޖިލީހުގައި ފާހަގަކުރި ކަންކަމަށާއި، ހެކިން ދެއްކި ވާހަކަތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ޤުރައިޝު
ޝާފިޢު (ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑު ނަންބަރު A060544) މާންދޫ ފިޝަރީޒް ކޮންޕްލެކްސްގެ
އިންޖިނިއަރ ގ.1 ގެ ވަޒީފާއިން 7 ޖޫން 2009 ގައި ވަކިކޮށްފައިވަނީ އެއްވެސް ނަސޭހަތްތެރިވުމެއް،
އިންޒާރު ދިނުމެއް އަދި ނޯޓިސްއެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުމާ އަދި ވަޒީފާއާބެހޭ ޤާނޫނާވެސް
ޚިލާފަށްކަމަށް ބުނިނަމަވެސް، ޤުރައިޝް ޝާފިޢުއަކީ މާންދޫ ފިޝަރީޒް ކޮންޕްލެކްސްގެ ޔޫޓިލިޓީ
ސަރވިސަސްގައި ފެނާއި، ކަރަންޓާއި އަދި ސްޓީމް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާ ޢަމަލީގޮތުން ޙަވާލުވެހުރި
އެންމެ އިސް ފަރާތްކަމަށްވާއިރު މިކަންކަމާ ގުޅޭގޮތުން، ކުންފުނީގައި އެންމެ ފުރިހަމަ ނިޒާމެއް ޤާއިމްކުރެވިފައި
ނުވިނަމަވެސް ކުންފުނިން ބޭނުންވާ ގޮތަށް ޔޫޓިލިޓީ ޚިދުމަތް ޤުރައިޝު ޝާފިޢު ފޯރުކޮށްދީފައިނުވާކަމަށް
މައްސަލަބެލި މަޖިލީސް އިއްތިފާޤުވާތީ، ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުއާ އެއްގޮތްވާ ގޮތުގެ
މަތިންކަމަށް ކަނޑައަޅައި މިމައްސަލަ ނިންމައިފީމެވެ." މިހެންނެވެ.
ccc
4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މ.
މ. މާ ޤުރައިޝް
ޝާފިޢުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2 20
ދިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
(ހ) ފުރަތަމަ ނުކުތާއަކީ: ޤުރައިޝް ޝާފިޢު މާންދޫ ފިޝަރީޒް ކޮންޕްލެކްސްގެ އިންޖިނިއަރ ގ.1
ގެ ވަޒީފާ އަދާކުރިއިރު ވަޒީފާ އަދާކޮށްފައިވަނީ ނުހަނު ފަރުވާތެރިކަމާ އެކުގައި ކަމަށާއި، ވަޒީފާ ބަޔާނެއް
ނޯންނަކަމަށާއި، އަދި ވަޒީފާގެ އެއްބަސްވުމަކީވެސް ޤާނޫނާ ޚިލާފު އެއްބަސް ވުމެއްކަމަށާއި، ވަޒީފާއިން
ވަކިކުރި ކުރުމަކީ ޒާތީ ކަމެއްކަމަށާއި، ވަޒީފާއިން ވަކިކުރި ލިޔުމުގައިވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާތީ
އެއްވެސް ނޯޓިސްއަކާ ނުލައި ވަޒީފާދިން ފަރާތުން ވަކިކުރިކުރުން އެއީ ޤާނޫނާ އެއްގޮތް ނިންމުމެއްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނާބުނުމުގެ ޤާނޫނީ ބިންގަލަކީ ކޮބައިކަން ސާފުނުވާކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
COOCOOX
ޑ 4
2 ހއ
އިޤްeށް
(ށ) ދެވަނަ ނުކުތާއަކީ: ޤުރައިޝް ޝާފިޢު މާންދޫ ފިޝަރީޒް ކޮންޕްލެކްސްގެ ވަޒީފާއާ
ދޭންޖެހޭ ޔޫޓިލިޓީ ޚިދުމަތް ދީފައިނުވާކަމަށް މައްސަލަ ރައްދުވި ފަރާތުގެ ހެކިންގެ ހެކިބަހުންނާއި، ލިޔެކިޔުމުން
ސާބިތުކޮށްދީފައިވާކަމަށާއި، ނަމަވެސް އެކަންކަމަށް މައްސަލަ ހުށަހެޅި ފަރާތުން އިންކާރު ނުކުރާ ކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނާ ބުނުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ބުނުމެއްކަމަށާއި، މައްސަލައިގެ
މަޖިލީހަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ލިޔުންތަކަށް ނަޒަރުކުރާއިރު، މިކަންކަމަށް ޤުރައިޝް ޝާފިޢު
ތަކުރާރުކޮށް އިންކާރުކޮށްފައިވުމުން ޓްރައިބިއުނަލުގެ ނިންމުމުގެ އަސާސް ގެއްލިފައިވާކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ބައެއް ލިޔުންތަކަކީ ކަނޑައެޅިގެން
ފޯމް ޑޮކިއުމަންޓް ކަމުގައި މައްސަލަ ހުށަހެޅި ފަރާތުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔައިރު މިކަމާމެދު
މައްސަލަ ބެއްލެވި މެންބަރުން ސަމާލުކަން ދެއްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކަތަ67 ,40
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
21/HC-A/17
(ރ) ހަތަރުވަނަ ނުކުތާއަކީ: މައްސަލަ ރައްދުވި ފަރާތުން މަޖްލީހުގައި ހެކިދިން ހެކީންގެ ތެރެއިން
ބައެއް މީހުންނަކީ ބަޔާން ކުރެވުނު މައްސަލާގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައްކަމަށް ވާއިރު، އެފަރާތްތަކުގެ
މަސްލަޙަތު މިމައްސަލާގައި ހިމެނޭއިރު
ހެކިބަސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ޤަބޫލުކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އފރކުގެ
2 24ށވެ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މ. މާ
ޤުރައިޝް ޝާފިޢުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނަކީ،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ
މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި،
މިގޮތުން ބަލާއިރު، މުވައްޒަފަކު ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއިން ވަކިކުރެވޭނީ،
އޭނާގެ މަސައްކަތުގެ އަޚްލާ އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
25
24 ,6 ކަމަށް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
1. އެމުވައްޒަފެއްގެ މަސައްކަތެއްގެ އަޚުލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވެ ވަޒީފާދޭ ފަރާތަށް ނުފެނުން
މިދެ ޝަރުތުކަން އެނގެން އޮންނަކަމާއި،
ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ،
އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި
ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން
COCCO
އެނގެންއޮންނަކަމާއި،
;44 ސ ހ ކތި
ހިކުރެވޭނޭކަމަށް،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން
ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، އެކަށީގެންވާ ހަމައެއްނެތި، ވަޒީފާދޭ
ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ
ޝަރުޠުކަމަށްވާ،
"އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/17
ކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް
ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން އެކަން ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަމަށާއި،
މިޙާލަތުގައިވެސް ވަޒީފާދޭ ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާ
ގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް
ސާބިތުކުރަން އޮންނަ މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމާއި، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން
ފެންނަންހުރި ހަޤީޤަތްތަކުގެ މައްޗަށް ބަލައި އެކަންކަން ވަޒަންކުރާއިރު ބޮޑަށް ބުރަވެވޭ
ބިނާކުރުން (balance of probabilities) ކަމަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮތުމުގެ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި
ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށާއި، މުޅި ޤާނޫނުގެ
ގޮތެއްގެ މައްޗަށް
އރނީ
ރޫޙަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ
އަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ވަޒީފާ ދިން ފަރާތުން ބަލައި ޢަމަލުކު
ހުންނަކަމާއި، އެގޮތުން މުވައްޒަފަކު ވަޒީފާއިން
އދ ވ މ ފ ދ ތ 4
ޖޫ
0 ހ04
ގޮތްތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި،
އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމާއި، މިކަންކަން ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުގެ
ޤާނޫނުތަކުގައި ހިމެނިފައިވާ އުޞޫލުތަކަށް ބަލާއިރުވެސް އެނގެން އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ ޤާނޫނުނަށް ބަލާއިރުވެސް، ބަޔާންކުރެވިދިޔަ އުޞޫލު އެޤާނޫނުގައިވެސް އެކުލެވިފައިވާކަން
އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތުތަކަކީ ޢަދުލުވެރި
އިޖްރާއާތުތަކަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މިގޮތުންބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން
އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ:
1. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން
ހުންނަ ހުރިހާ ތަފްސީލަކާއެކު، އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުން.
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުން.
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުން.
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން
42
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/17
ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު
އެމުވައްޒަފަކަށް އަންގާފައިވުން.
ކަން އެނގޭކަމާއި، އަދި ޖަވާބުދާރީވުމަށް އެމުވައްޒަފަކަށް ފުރުޞަތު ދެވޭއިރު، އެމުވައްޒަފަކު
ބޭނުންވެއްޖެނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް
ދޭންޖެހޭނެކަމާއި،
ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައިވެސް، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވެ، މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާނަމަ، އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތްނަމަވެސް އެމުވައްޒަފަކަށް އެވަޒީފާ
އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް އަންގައި މަޖުބޫރު ނުކުރެވޭނޭކަމާއި،
ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިނުވާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ވަކިކުރުން ބަލެވޭނީ އަންފެއަރ ޑިސްމިސަލް
ގޮތުގައިކަމާއި، މިޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވީނަމަވެސް، ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު އެމުވައްޒަފަކަށް
(damages) ނަގައިދެވޭގޮތަށް އޮންނަކަމާއި، އެގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ،
މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް
ބަލައިގެންކަން އެނގޭކަމާއި، މިއުޞޫލުތަކަކީ ބަޔާންކުރެވިދިޔަފަދައިން ހުޅުވިގެންވާ ދީމިޤްރާޠީ ގިނަ
މުޖްތަމާއުތަކެއްގައި ބަލައިގަނެފައިވާ އުޞޫލުތަކެއްކަން އެނގޭކަމެވެ.
dismissal)
(unfair
އެއްގެ
etc
(ނ) ތިންވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނޭ ސަބަބެއްކަމަށް
ވާނަމަ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
1)
2010/HC-A/170
އއ ވ2 4ދދީ
އއވ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ކުރެވުން
ޙަވާނޭކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102
މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ގައި އިންޖިނިއަރ ގްރޭޑް
1 ގެ މަޤާމުގައި ޤުރައިޝް ޝާފިޢު ވަޒީފާ އަދާކުރަމުން ދަނިކޮށް، 7 ޖޫން 2009 ން ފެށިގެން އޭނާ
ވަޒީފާއިން ވަކިކުރިކަން އެންގުމުގެގޮތުން ލިޔެ ޤުރައިޝް ޝާފިޢު ވެސް ސޮއިކުރާގޮތަށް ތައްޔާރުކޮށްފައިވާ
ލިއުން (މެމޯ) އަށް ބަލާއިރު، ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކުރެވިފައިވަނީ، 4 ޖޫން 2009
ބުރާސްފަތި ދުވަހު ފެކްޓަރީގައި މަސް ބަންދުކުރުމުގެ މަސައްކަތް އޮންނާނެކަން އަންގަންޖެހޭ ފަރާތްތަކަށް
އެންގިފައިވަނިކޮށް، އެދުވަހު ޕްރޮޑަކްޝަން ޑިޕާރޓްމަންޓުން މަސައްކަތްކުރަން ތައްޔާރުކޮށް ބެލިއިރު،
ސްޓީމް ހިންގާފައި ނެތުމުގެ ސަބަބުން އެދުވަހު 155 މުވައްޒަފުން ނެރެގެން 15 ޓަނަށް ރޭވި މަސައްކަތް
10 ޓަނަށް ބަދަލުކުރަންޖެހި ޕްރޮޑަކްޝަންއިން ރޭވިގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވި ވަރަށްބޮޑަށް
ލަސްވެގެން ދިއުމުގެ ސަބަބުން، ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިފައިވުމުން، ޤުރައިޝް ޝާފިޢު އަށް
މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭކަމަށް ނުފެންނާތީ ކަމާއި، އަދި އޭގެ ކުރިންވެސް
ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ޤުރައިޝް ޝާފިއުގެ ބެލުމުގެ ދަށުން ހިނގާ ތަންތަނުން ތަފާތު
މައްސަލަތައް ދިމާވެ މެމޯ ދެވިފައިވާކަން ފާހަގަކޮށްކަން އެނގެން އޮންނަކަމާއި،
OCCO
4
2
4
2 ހއ
23444
4
8 އޭޕްރީލް 2009 ގައި ވެސް ޤުރައިޝް ޝާފިއުއަށް އެންގުމެއް އެންގިފައިވާ ކަމާއި،
(މެމޯއަށް) ބަލާއިރު، 2 އޭޕްރީލް 2009 ގައި ކަރަންޓު ކެނޑި، އަދި 4 އޭޕްރީލް 2009
ދުވަހު ފެން ފޯރުކޮށް ނުދެވުމުގެ ސަބަބުން މަސައްކަތަށް ދަތިތަކާ ކުރިމަތިވެ ގެއްލުންތަކެއް ލިބިފައިވާކަން
އެނގޭކަމާއި، އަދި އެކަންކަން ރަނގަޅުކުރުމަށް ޤުރައިޝް ޝާފިޢުއަށް އެންގިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2010/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޤުރައިޝް ޝާފިޢުކަން އެނގޭކަމާއި، އެ ޚިދުމަތްތަކާ ހަވާލުވެ ހުރީ ޤުރައިޝް ޝާފިޢުކަމަށް 25 އޮކްޓޯބަޒީޖޭގެ ހައިކޯޓު "
އިސްތިއުނާފްކުރެވިފައިމިވާ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހެކިބަސް
ދީފައިވާ ފަރާތްތަކުގެ ބަހަށް ބަލާއިރުވެސް، ޤުރައިޝް ޝާފިޢުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވިކަމާއި
އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ލިބިފައިވާކަން އެނގޭކަމާއި،
އަދި ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކުރަމުން ހޮރައިޒަން
ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވަނީ، ޤުރައިޝް ޝާފިޢު
ވަޒީފާއިން ވަކިކުރީ އޭނާ އާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ 1، 2 އަދި 6 އާއި
ޚިލާފަށް ޢަމަލުކުރުމާއި 11 ވަނަ މާއްދާގެ 3، 6 އާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީ އެހާތަނަށް
ދެވިފައިވާ ފުރުޞަތުގެ އިތުރު ފުރުޞަތެއް ދީފިނަމަ ދެން ލިބިދާނެ ގެއްލުން ވަޒަންކުރަން ނޭނގޭތީކަމަށް
ބުނެފައިވާ ކަމާއި،
މިކަންކަމުގެ މައްޗަށް ބަލާއިރު، ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކުރި ކުރުމަކީ
ޒާތީކަމެއްކަމަށާއި، ވަޒީފާއިން ވަކިކުރި ލިއުމުގައިވެސް އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާއިރު،
އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރި ވަކިކުރުން އެއީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ
ކަމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގެ ޤާނޫނީ ބިންގަލަކީ ކޮބައިކަން ސާފުނުވާކަމަށް
ޤުރައިޝް ޝާފިޢުގެ ފަރާތުން ބުނެފައިވީނަމަވެސް، އެކަމުގެ ޙަޤީޤަތް އޮތީ އެހެން ނޫންކަން އެނގޭކަމާއި،
މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ފެނާ ކަރަންޓާއި ސްޓީމް (ޔުޓިލިޓީޒް) ގެ ޚިދުމަތްތައް
އެކަށީގެންވާ ގޮތެއްގައި ނުދެވިވާކަމާއި، އެގޮތަށް އެޚިދުމަތްތައް ނުދެވުމުގެ ސަބަބުން ތަނަށް ބޮޑެތި
ގެއްލުންތަކެއް ވެފައިވާކަމާއި އެގޮތަށް އެކަން ދިމާވެފައިވަނީ އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިހްމާލުވެ،
ފަރުވާ ކުޑަކުރުމުންކަން، ބަޔާންކުރެވިދިޔަ ފަދައިން އެނގެން އޮތްއިރު، އެޚިދުމަތްތަކާ ޙަވާލުވެހުރި ފަރާތަކީ
OcOOX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
2011 ގައި ޤުރައިޝް ޝާފިޢު ދިވެހިރާއްޖޭގެ ހައިކޯޓަށް ދިން ބަޔާނުގައިވެސް ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި ޖަނަރޭޓަރުތަކަކީ ޤުރައިޝް ޝާފިޢުގެ ބެލުމުގެ ދަށުގައި ހުރި އެއްޗެހިކަމަށް 25
އޮކްޓޯބަރު 2011 ގައި ޤުރައިޝް ޝާފިޢު ދިވެހިރާއްޖޭގެ ހައިކޯޓަށް ދިން ބަޔާނުގައިވެސް ބުނެފައިވާކަމާއި،
އަދި 2 އޭޕްރީލް 2009 ދުވަހު ކަރަންޓް ކެނޑި، އަދި 4 އޭޕްރީލް 2009 ދުވަހު ކޭނަރީ އަށް ފެންލިބުން
ދަތިވުމުގެ ސަބަބުން ގެއްލުންތަކެއް ލިބުމުން، 8 އޭޕްރީލް 2009 ގައި ޤުރައިޝް ޝާފިޢުއަށް އެންގުމެއް
އެންގި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންގިފައިވާއިރު އެއެންގުމުގައި ޤުރައިޝް ޝާފިޢު
ސޮއިކޮށްފައިވާކަން އެނގޭކަމާއި،
6
8
9
8 ހޑ އ
ގެއްލުންތަކެއް
ޔުޓިލިޓީ ޚިދުމަތް ދިނުމަކީ ޤުރައިޝް ޝާފިޢުގެ ބެލުމުގެ ދަށުން ހިނގާ ކަމެއްކަން
ޤުރައިޝް ޝާފިޢުގެ ބަހުންވެސް އެނގެން އޮތްއިރު، އެޚިދުމަތް ނުދެވި އެކަމުގެ ސަބަބުން ކުން ންފުންޏަށް
ލިބިފައިވާކަން އެނގެން އޮތުމުންނާއި، އަދި ނޯޓިސް ނުދީ ޤުރައިޝް ޝާފިޢު ވަޒީފާއިން
ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައެޅިފައިވާ 2 ޝަރުޠު ފުރިހަމަވެ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވުމުން،
އިސްތިއުނާފް ކުރުމަށް ޤުރައިޝް ޝާފިޢު ހުށަހެޅި 2، 3 އަދި 4 ވަނަ ނުކުތާގެ މައްޗަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމެވުން ރަނގަޅުނޫންކަމުގައި ބެލެވެން ނެތްކަމާއި،
>CO
ވުމާއެކު، ޤުރައިޝް ޝާފިޢު ބަލަހައްޓަންޖެހޭ ކަންކަން ރަނގަޅަށް ނުބެލެހެއްޓުމުގެ
ސަބަބުން ވަޒީފާ އަދާކުރާތަނަށް ގެއްލުން ލިބުން ތަކުރާރުވެފައިވާކަމާއި، އެހެންކަމުން އެކަންކަމުގެ މައްޗަށް
ބަލައި ޤުރައިޝް ޝާފިޢު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަކަމަށް ވަޒީފާ ދިން ފަރާތުން ނިންމާފައި އެވަނީ
އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮ
ބިނާކޮށްގެންކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/17
އަދި މިކަންކަމުގެ މައްޗަށް ބަލާއިރު، ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކުރި ސަބަބަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނޭ ސަބަބަކަށް ވާކަން އެނގެންއޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން މައުޟޫޢީ އަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭ ކަމާއި،
COOCOOX
މިގޮތުން މިމައްސަލާގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ވަޒީފާއިން ޤުރައިޝް ޝާފިޢު
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަށް ޤާއިމުވެފައިވޭތޯ ބަލާއިރު،
24
އިސްވެދިޔަ ނުކުތާގައި ބަޔާންކުރެވިފައިވާފަދައިން ޤުރައިޝް ޝާފިޢު ވަޒީފާއިން ވަކިކުރި
ސަބަބަށް ބަލާއިރު އެސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި
ބަޔާންކޮށްފައިވާފަދަ، ޤުރައިޝް ޝާފިޢު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވިދާނެ ސަބަބެއްކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭކަމާއި، އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް
ނުފެންނަކަމަށް އެފަރާތުން ނިންމުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވިދާނެކަމެއްކަމަށްވެސް
ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި،
ވުމާއެކު، މިޙާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވެފައިވާކަމަށް ބަލަންޖެހޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
(ބ) ފަސްވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން އިސްތިއުނާފުކުރެވިފައިމިވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލާގައި، ޤާއިމުވެފައިވޭތޯ ބަލާއިރު،
އިސްވެދެންނެވިފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ޤުރައިޝް ޝާފިޢު ވަޒީފާއިން
ވަކިކުރުމުގެ ކުރިން، ޤުރައިޝް ޝާފިޢުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމުގެ މަޢުލޫމާތު ޤުރައިޝް
ޝާފިޢު އަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީ ވުމުގެ ފުރުޞަތު އޭނާއަށް ދިނުމަށްފަހު،
އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ
ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވާނަމަކަން އެނގޭކަމާއި، އަދި މީގެ އިތުރުން
ޤުރައިޝް ޝާފިޢު އަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި
މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
މިގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ޤުރައިޝް ޝާފިޢުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންތަކާ ބެހޭ
މަޢުލޫމާތު ޤުރައިޝް ޝާފިޢު އަށް ބެހޭގޮތުން ޖަވާބުދާރީ ވުމުގެ ފުރުޞަތު ވަޒީފާއިން ވަކިކުރުމުގެ
ކުރިން އޭނާއަށް ދީފައިވާކަން އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ މައްސަލައިގެ ތަޙުޤީޤެއް
އެކުންފުނިން ހިންގާފައިވާކަން އެނގޭ ލިޔެކިޔުން ފެންނަންނެތްކަމާއި،
އެކަމާބެހޭރޭތީ
4ހނ20ނ،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
3 c / 2 3
ފުރިހަމައަށް ޤާއިމުވެފައިނުވާކަމާއި، ނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައި ނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އެމުވައްޒަފަކަށް އެވަޒީފާ އަލުންދިނުމަށް
ވަޒީފާދޭ ފަރާތަށް އަންގައި، މަޖުބޫރު ކުރެވޭނޭކަމެއްކަ އިސްވެދެންނެވިފައިވާ ފަދައިން،
ވަޒީފާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން މިމައްސަލާގައި
ފުރިހަމަވެފައިވުމާއެކު، މިމައްސަލާގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތްނަމަވެސް އެއީ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމުން ބާތިލު ކުރެވޭނޭ ކަމެއް ނޫންކަމެވެ.
24
8 އ އދ
ރެވޭނޭކަމެއްކަމަށް
ނުވުމައެކު
23
(ބ) ފަސްވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއިން އިސްތިއުނާފުކުރެވުމުން، މިޤަޟިއްޔާގައި ދަޢުވާލިބޭ ހޮރައިޒަން
ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގދ. ރަތަފަންދޫ ރޯޝަނީގެ އަޙްމަދު ފާއިޒް ހާޒިރުވެ މައްސަލައިގެ
ޝަރީޢަތް ހިންގިފައިވަނިކޮށް، މައްސަލަ ނިންމުމަށް 04 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 13:15 އަށް
ގދ. ރަތަފަންދޫ ރޯޝަނީގެ އަޙްމަދު ފާއިޒްއަށް މިކޯޓުގެ ނަންބަރު HC
-
B1
/
2013
/
64 "ކޯޓަށް
ހާޒިރުވުމުގެ އަމުރު” ޙަވާލުކުރެވިފައިވީނަމަވެސް، އެއަމުރުގައި ދެންނެވިފައިވާ ގަޑިއަށް ގދ. ރަތަފަންދޫ
ރޯޝަނީގެ އަޙްމަދު ފާއިޒް ހާޒިރުވެފައިނުވާތީ، މިމައްސަލައިގެ ޙުކުމް ކުރެވިފައިމިވަނީ އޭނާގެ ޣައިރު
ހާޒިރުގައެވެ.
(.) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލަ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށެވެ.
2
6
2 ހދ
2ދ ތ ދ ތތ
ހ2 ، ދ 6
5
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/170
• ޙުކުލް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ޔާންކުރެވުނު ކަންކަން އެފަދައިން
3 މ އ ވ 3
ރމައިކު6
އިeކމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް
ނުފެންނަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/102 މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދަޢުވާލިބޭ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޣައިރުހާޒިރުގައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv