ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/316 ޤަޟިއްޔާގެ ޙުކުމް
މާލ، ދިވެހި
1
2014/HC-A/316
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 316/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު އަސްލަމް
ކާޑް ނަންބަރު: A073209
* ދާއިމީ އެޑްރެސް: ރޯޒްވިޔު ނ.ހޮޅުދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ދާއިމީ އެޑްރެސް: ފ.ވަރަޕްލަސް ކ.މާލެ
ނަން: ޢަބްދުﷲ މުޙައްމަދު
*އައިޑީ ކާޑް ނަންބަރު: A037076
ރަޖިސްޓްރީ ތާރީޚް: 03 ޞަފަރު 1436
25 ނޮވެމްބަރު 2014
ނިމުނު ތާރީޚް: 21 ޖުމާދަލްއޫލާ 1436
12
2015
ދިވެހިރާއްa
އައިކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/2277
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އގ.ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
"
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/316
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2277 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ނ.ހޮޅުދޫ ރޯޒްވިޔު
މުޙައްމަދު އަސްލަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގ.ވަރަޕްލަސް/ ކ.މާލެ ޢަބްދު
މުޙައްމަދެވެ
ފާހަގަކުރެވުނު ނުކުތާތައް:
ހއ ހ2
ނަންބަރު
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2277 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގ.ވަރަޕްލަސް/ ކ.މާލެ ޢަބްދުﷲ މުޙައްމަދު (ދ.ރ.ކާޑު ނަންބަރު
A037076) ގެ އަތުން އަނބުރާ ދައްކާގޮތަށް ނ.ހޮޅުދޫ ރޯޒީބޭންކް މުޙައްމަދު އަސްލަމް (ދ.ރ.ކާޑު
A037076) ނަގާފައިވާ -/
550,000ރ. (ފަސްލައްކަ ފަންސާސްހާސް ރުފިޔާ)
އެއްބަސްވެފައިވާގޮތަށް މިފައިސާ ޢަބްދުﷲ މުޙައްމަދު އަށް ދައްކާފައިނުވާކަމަށްބުނެ، މިފައިސާ ހޯދުމަށްޓަކައި
މުޙައްމަދު އަސްލަމްގެ ދަޢުވާކުރަންޖެހުމުން ޚަރަދުވި ޤާނޫނީ ވަކީލުގެ ފީ އާއި މިފައިސާ ނުލިބި
ލަސްވެގެންދިޔަ މުއްދަތަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ މުޙައްމަދު އަސްލަމްގެ އަތުން ހޯދުމަށްޓަކައި
ޢަބްދުﷲ މުޙައްމަދު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ގ.ވަރަޕްލަސް މާލެ ޢަބްދުﷲ މުޙައްމަދު
(ދ.ރ.ކާޑު ނަންބަރު: A037076) ގެ ފަރާތުން ނ.ހޮޅުދޫ ރޯޒީބޭންކް މުޙައްމަދު އަސްލަމް (ދ.ރ.ކާޑު
ނަންބަރު: A073209) ގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް ޝަރީޢަތުން ބެލިބެލުމުން، މިދަޢުވާއަށް މުޙައްމަދު އަސްލަމް
އިންކާރުކުރި ކަމުގައިވިޔަސް އަނބުރާ ދައްކާގޮތަށް -/550,000ރ. (ފަސްލައްކަ ފަންސާސްހާސް ރުފިޔާ)
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން މާލެ، ދިވެހިރާ ފަން 3385029، ފެކްސް:3316471
އީމެއިލް: [email protected]
O
3
2014/HC-A/316
ޢަބްދުﷲ މުޙައްމަދުގެ އަތުން މުޙައްމަދު އަސްލަމް ގެންގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކާއި ހެކީންގެ
ހެކިބަހުން އެނގެން އޮތުމާއެކު އަދި މި ފައިސާ އަނބުރާ ދައްކާފައިވާކަން އެނގެން ނެތުމުން، ބުނެވިދިޔަ
-/550,000ރ. (ފަސްލައްކަ ފަންސާސްރުފިޔާ) އަކީ މުޙައްމަދު އަސްލަމްގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް
ދޭންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި،
މިފައިސާ ނުލިބި ލަސްވެގެންދިޔަ މުއްދަތަށް ލިބިގަތުމަށް އެދިފައިވާ ޖޫރިމަނާގެ ފައިސާއާއި، ވަކީލުފީ
ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތަތީ، ޖޫރިމަނާއާއި ވަކީލުފީ ނަގައިދެވެން ނެތްކަމުގައި
ކަނޑައަޅައި
ބުނެވިދިޔަ -/550,000ރ. (ފަސްލައްކަ ފަންސާސްހާސް ރުފިޔާ) މިއަދު 30 ސެޕްޓެމްބަރ 2014
ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ޢަބްދުﷲ މުޙައްމަދަށް ލިބިދިނުމަށްޓަކައި މިކޯޓަށް
ދައްކައި ޚަލާޞްކުރުމަށް ނ.ހޮޅުދޫ ރޯޒީބޭރު މުޙައްމަދު އަސްލަމް (ދ.ރ.ކާޑު ނަންބަރު: A073209)
އަން އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2277 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ރޯޒްވިޔު/ ނ.ހޮޅުދޫ
މުޙައްމަދު އަސްލަމްގެ ފަރާތުން 04 (ހަތަރެއް ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހެޅި ހެކިވެރިންނާއި އިސްތިއުނާފް
ކުރާ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކުގެ ޖަވާބު ހެކިވެރިންގެ ބަޔާނުގައި މަޙްޝަރު ކުރެވިފައި
ނުވުމުންނާއި، ޝަރީޢަތުން ފޯރުކޮށްދީފައިވާ ހެކިވެރިންގެ ބަޔާނަކީ ހެކިވެރިން ދެއްކި ބައެއް ވާހަކަތައް ޤާޟީ
އަމިއްލަފުޅަށް ޢިބާރާތްކޮށް ތައްޔާރުކުރެއްވި
ހެކިބަހުގެ އަޞްލު ވަރަށް ބޮޑަށް
ގެއްލިފައިވުމުން، ހެކިވެރިންގެ ހެކިބަހަށް ރައްދުދީ، ހެކިންގެ ހެކިބަސް ނަޤުޤު ކުރުމުގެ ޙައްޤުން
އިސްތިއުނާފްކުރާ ފަރާތް މަޙްރޫމްވެފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
ބަޔާނެއްކަމުން،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/316
ދެވަނަ ނުކުތާއަކީ، މީހެއްގެ އިޢުތިރާފް ޝަރީޢަތަށް ނަޤުލު ކުރެވޭނީ ދެފިރިހެނުން ނުވަތަ
ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަހުން ކަމުގައި އޮންނަ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމުމުގައި ސިވިލް
ކޯޓުން ޢަމަލުކޮށްފައިވުމާއި، އަދި އިސްތިއުނާފް ރައްދުވާފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ
މ.ގްރީންޕީކް އިބްރާހީމް ނަސީމްގެ ހެކިބަހަކީ ބުނިބުނުމެއްގެ މައްޗަށް ބުރަވެ ދީފައިވާ ހެކިބަހެއްކަމުން އެފަދަ
ހެކިބަހަކަށް ބުރަވެ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވުމުން އިސްތިއުނާފް ކުރާ ފަރާތަށް އިންސާފު
ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޗެކެއް ބައުންސްވުމާއި ގުޅިގެން ޗެކް ދޫކުރިފަރާތަށް ފޮނުވާ ސިޓީއާއި،
ޗެކް ރިޓާރން މެމޯ އަކީ އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިވާކަން ސާބިތުވާނެ ލިޔުންތަކެއް ނޫންކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 12/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް
މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ރިޢާޔަތް ކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
ހަތަރުވަނަ ނުކުތާއަކީ، ބައުންސްވެފައިވާ ޗެކަކީ އޭގެ ޒާތުން ދަރަންޏަށް ފައިސާ
ނަގާފައިވާކަން ނުވަތަ ދަރަނި ސާބިތުވާނެ ދަލީލެއްގެ ގޮތުގައި ބެލެވޭނެ މުސްތަނަދެއް ނޫންކަމުގައި،
ދިވެހިރާއްޖޭގެ
ޖެގެ ހައިކޯޓުގެ ނަންބަރު 12/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް،
ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ބައްލަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
03 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2277 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރޯޒްވިޔު1
ނ.ހޮޅުދޫ މުޙައްމަދު އަސްލަމްގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
،ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/316
(ހ) ފުރަތަމަކަމަކީ، ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދުގެ އަތުން އަނބުރާ ދައްކާގޮތަށް މުޙައްމަދު
އަސްލަމް -/550,000ރ. (ފަސްލައްކަ ފަންސާސްހާސް) ރުފިޔާ ނަގާފައިވާކަމަށާއި، އެފައިސާ އަނބުރާ
ދެއްކުމުގެ ގޮތުން މުޙައްމަދު އަސްލަމްގެ ފަރާތުން ދީފައިވާ ޗެކްގެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން
އެފައިސާ ލިބިފައި ނުވާކަމަށް ބުނެ، މިފައިސާ އާއި މިފައިސާ ހޯދުމަށްޓަކައި މުޙައްމަދު އަސްލަމްގެ މައްޗަށް
ޢަބްދުﷲ މުޙައްމަދު ދަޢުވާކުރަންޖެހުމުން ޚަރަދުވި ޤާނޫނީ ވަކީލުގެ ފީ އާއި މިފައިސާ ނުލިބި ލަސްވެގެންދިޔަ
މުއްދަތަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ދަޢުވާކޮށްފައިވާކަމާއި،
މިދަޢުވާއަށް މުޙައްމަދު އަސްލަމް އިންކާރު ކުރާކަމާއި، އެއީ ޢަބްދުﷲ މުޙައްމަދުގެ އަތުން އަނބުރާ
ދައްކާގޮތަށް އަދި އެނޫންވެސް ގޮތަކަށް އެއްވެސް އިރެއްގައި އެޢަދަދަށް ފައިސާ ނަގާފައިނުވާކަމަށް ބުނެކަން
އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، ޢަބްދުﷲ މުޙައްމަދާއި، މުޙައްމަދު އަސްލަމާއި ދެމެދު ކުރެވިފައިވާ މިމުޢާމަލާތަށް
ބަލާއިރު، މިފަދަ މުޢާމަލާތްތަކަކީ އެމުޢާމަލާތްތައް ސާބިތުކުރުމަށް ވަކިގޮތަކަށް ހެކި ލިބިފައިވުން
ބޭނުންވާނެކަމަށް ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ފަދަ މުޢާމަލާތެއް ނޫންކަމާއި، މިދެފަރާތުގެ
ދެމެދުގައި ހިނގާފައިވަނީ މަދަނީ މުޢާމަލާތަކަށްވާއިރު، މިމުޢާމަލާތް ސާބިތުކުރުމަށް ޝަރީޢަތް ހުއްދަކުރާ
އެންމެހައި ހެކި ޤަރީނާތައް ހުށަހެޅުމުގެ ފުރުސަތަކީ ޢަބްދުﷲ މުޙައްމަދަށް ލިބި އޮތް ފުރުސަތެއްކަމާއި،
މިގޮތުން މިދަޢުވާ ސާބިތުކުރުމަށް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކަކީ،
-/
550,000ރ. (ފަސްލައްކަ ފަންސާސްހާސްރުފިޔާ) 22 ޖެނުއަރީ 2013 ގައި ޢަބް
ޢަބްދުﷲ މުޙައްމަދަށް ނެގޭ
ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކުގައި މުޙައްމަދު އަސްލަމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް ނަންބަރު
99010110009571100 އިން ދޫކޮށްފައިވާ ނަންބަރު 0000033 ޗެކާއި، މިޗެކަށް ފައިސާލިބިފައި
ނުވާކަން އަންގައިދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރިޓާރން މެމޯއަކާއި، މިފައިސާ ޢަބްދު
މުޙައްމަދުގެ އަތުން މުޙައްމަދު އަސްލަމް ނެގިކަން ސާބިތުކޮށްދިނުމަށް ހެއްކެއްގެ ގޮތުން މ.ފުންފިނި
އިސްމާޢީލް ނަސީރުއާއި، މ.ގްރީން އިބްރާހީމް ނަސީމް ކަން އެނގޭކަމާއި،
.
ދަޢުވާ ސާބިތުކުރުމަށްޓަކައި ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ
ޗެކަށް ބަލާއިރު އެޗެކަކީ މުޙައްމަދު އަސްލަމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ އެކައުންޓް
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާދީވާ ޣާއްޖެޑީ 332529، ފެކްސް:3316471
އީމެއިލް [email protected]ވެބަwww.highcourt.gov.mv .a
6
2014/HC-A/316
ނަންބަރު 99010110009571100 ގެ ޗެކެއްކަން އެނގެން އޮންނަކަމާއި، ބުނެވިދިޔަ ޗެކް ޢަބްދު
މުޙައްމަދަށް މުޙައްމަދު އަސްލަމްގެ ފަރާތުން ދޫކުރިކަމަށް މުޙައްމަދު އަސްލަމް ދަށުކޯޓުގައި
އިންކާރުނުކުރާކަމާއި، އަދި މިޗެކް ދޫކުރުމަށްފަހު މިޗެކް ކެންސަލްކޮށްދިނުމަށް އެދި މުޙައްމަދު އަސްލަމް
މޯލްޑިވްސް އިސްލާމިކް ބޭންކަށް 11 މާރޗް 2013 ގައި ސިޓީއެއް ފޮނުވިކަން ލިޔުންތަކުން އެނގެން
އޮތްއިރު، އެކަމާއި މެދުވެސް މުޙައްމަދު އަސްލަމް އިންކާރުކޮށްފައިނުވާކަން އެނގެން އޮތް އިރު، މިއީ ކޮން
މުޢާމަލާތަކާއި ގުޅިގެން މުޙައްމަދު އަސްލަމްގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް ދޫކުރަން ޖެހުނު ޗެކެއްކަން
މުޙައްމަދު އަސްލަމްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދިން ބަޔާންތަކުގައި އެއްވެސް ވަރަކަށް
ފާހަގަކޮށްފައިވާކަން އެނގެން ނެތްކަމާއި،
މިމައްސަލައާއި ގުޅިގެން ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ފަރާތްތަކުގެ ތެރެއިން އިސްމާޢީލް
ނަސީރު ދީފައިވާ ހެކިބަހަށް ބަލާއިރު، އޭނާގެ ހެކިބަހުގައި 2013 ޖެނުއަރީ ކުރީކޮޅު މުޙައްމަދު އަސްލަމް،
ޢަބްދުﷲ މުޙައްމަދުގެ ގެއަށް އައިސް -/550,000ރ. (ފަސްލައްކަ ފަންސާސްހާސް ރުފިޔާ) 15 ދުވަސް
ތެރޭގައި އަނބުރާ ދައްކާގޮތަށް ދަރަންޏެއް ދިނުމަށް އެދުމުން ޢަބްދުﷲ މުޙައްމަދު، މުޙައްމަދު އަސްލަމަށް
އެޢަދަދަށް ފައިސާ ދިނުމުން އެފައިސާ ގުނައި ލިބިއްޖެކަމަށް ބުނެ މުޙައްމަދު އަސްލަމްގެ ޖީބުން ޗޮކެއް
ޢަބްދުﷲ މުޙައްމަދުގެ އަތަށް ދިނީ އިސްމާޢީލް ނަސީރުގެ ޙާޟިރުގައި ކަމަށް ހެކިބަސްދީފައިވާކަމާއި، އަދި
މިޢަދަދަށް މުޙައްމަދު އަސްލަމް، ޢަބްދުﷲ މުޙައްމަދުގެ އަތުން ފައިސާ ދަރަންޏަށް ނެގިކަން އެނގޭކަމަށް ބުނެ
ހެކިންގެ ތެރެއިން އިބްރާހިމް ނަސީމް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާކަން އެނގެން
އޮންނައިރު، ހެކިން ދީފައިވާ މިހެކިބަސްތަކާއި ގުޅިގެން އެހެކިބަސްތަކާއި ގުޅޭގޮތުން މުޙައްމަދު އަސްލަމްގެ
ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު މުޙައްމަދު އަސްލަމަށް ދެވިފައިވާކަން މިމައްސަލައާއި އެކު ހުށަހެޅުނު
ދަށުކޯޓުގެ ބަޔާންތަކުން އެނގޭކަމާއި، މިގޮތުން 27 މާރިޗު 2014 މިތާރީޚުގައި މުޙައްމަދު އަސްލަމްގެ
ބަދަލުގައި ޙަސަން ޣައްސާން ވަނީ ހެކިންގެ ހެކިބަހާއި ގުޅިގެން އެފަރާތުން ދެކޭ ގޮތް ބަޔާންކޮށްފައިކަމާއި،
ހަމަ އެގޮތަށް 05 މެއި 2014 މިތާރީޚުގައިވެސް މުޙައްމަދު އަސްލަމްގެ ބަދަލުގައި ޙަސަން ޣައްސާންވަނީ
އެފަރާތުން ހުށަހެޅި ޚުލާސާ ބަޔާނުގައިވެސް ހެކިބަހާއި ގުޅޭގޮތުން އެފަރާތަށް ފެންނަ ކަންކަން
ހާމަކޮށްފައިކަމާއި، މިހެންކަމުން ހެކިބަސް ނަފީކުރުމުގެ ފުރުސަތު މުޙައްމަދު އަސްލަމަށް ނުލިބޭ ކަމަށް
މިމައްސަލަ އިސްތިއުނާފު ކުރަމުން ހުށަހެޅި ފުރަތަމަ ނުކުތާގައި މުޙައްމަދު އަސްލަމްގެ ފަރާތުން ބުނާބުނުމަކީ
ހަރުދަނާ އަސާސެއްގެ މައްޗަށް ބުނާ ބުނުމެއްކަމުގައި ބެލެވެން ނެތްކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާދިވެރާއްޖެ 3323829، ފެކްސް: 3316471
އީމެއިލް [email protected]ވެ
www.highcourt.gov.it
ދިވެހިރާއްޖޭގެ ހައިކޯޓް
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/316
ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ހުށަހެޅި އެފަރާތުގެ ހެކިންގެ ހެކިބަސް ނަފީކުރުމުގެ ގޮތުން މުޙައްމަދު
އަސްލަމްގެ ފަރާތުން ހުށަހެޅި ބަޔާންތަކަށް ބެލުމުން ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ހުށަހެޅި
އިޝާރާތްކުރެވުނު ހެކިންގެ ހެކިބަސް ނަފީކުރެވޭ މިންވަރަށް އަދި އެހެކިބަހަކީ ޝަރުޢީ މިންގަނޑުން ބަލައި،
އެހެކިބަސްތަކުގެ މައްޗަށް ބުރަދަނެއް ދޭންނުޖެހޭފަދަ މިންވަރަކަށް އޮތް ހެކިބަހެއްކަމަށް ބެލެވޭފަދަ އެކަށީގެންވާ
ޙުއްޖަތްތަކެއް މުޙައްމަދު އަސްލަމްގެ ފަރާތުން ދަށުކޯޓަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާކަން
އެނގޭކަމެވެ.
އަސާސެއްކަމަށް
ސޮއެކަމަށް ނފނނކމށް ދި
ބަޔާންކުރައްވާފައިވާކަން
ނއހއނeގއި
އިންސް
(ށ) ހަތަރުވަނަކަމަކީ، އެއްފަރާތުން އަނެއް ފަރާތަށް ފައިސާ ނުވަތަ ޗެކެއް ދީފައިވާކަން ސާބިތުވާ
ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއް
ކަމަށްވެސް އަދި ހަމަ އެފަދައިންމެ އެއީއަކީ އިތުރު ޤަރީނާތަކާނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް
އެޗެކްގައިވާ ޢަދަދަށް ސާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ބެލެވެން ޖެހޭފަދަ ހަރުދަނާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 48/SC-A/2011 މިޤަޟިއްޔާގައި
ކަނޑައަޅައި
ފަކަން އެނގޭކަމާއި، މީގެ އިތުރުން އުންޓުގައި ފައިސާނެތި ޗެކް ދޫކުރުމުގެ
ސަބަބުން
ސްވެފައިވާ ޗެކަކީ އޭގެ ޒާތުގައި އަނބުރާ ދައްކާގޮތަށް ދަރަންޏަށް ފައިސާ ނަގާފައިވާކަން
ނުވަތަ ދަރަނި ސާބިތުވާނެ ފަދަ ދަލީލެއްގެ ގޮތުގައި ބެލެވޭނެ މުސްތަނަދެއް ނޫންކަމަށް
ބައުންސްވުމާއި ގުޅިގެން ޗެކް ދޫކުރިފަރާތަށް ފޮނުވާ ސިޓީއާއި، ޗެކް ރިޓަރން މެމޯއަކީ އަނބުރާ ދައްކާގޮތަށް
ފައިސާ ނަގާފައިވާކަން ސާބިތުވާނެ ލިޔުންތަކެއް ނޫންކަން އެނގެން އޮން. ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 12/HC-A/2011 މިޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުސޫލަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާތަކުގައި
ޤާއިމުކުރެވިފައިވާ އުސޫލަށް ބެލުމުން، އެއުސޫލުތަކުގައި ބަޔާންވެގެން އެވަނީ އިތުރު ހެކިތަކާއި ޤަރީނާތަކެއް
ނެތި ހަމަ އެކަނި ޗެކެއް އޮންނަ ޙާލަތުގައި އެޗެކެއް އޮންނަ އޮތުމުގެ މައްޗަށް އެކަނި ބިނާކޮށް، އެއީ ފައިސާ
ދައްކަންޖެހޭކަމުގެ ހަރުދަނާ ޙުއްޖަތެއް ނޫންކަމަށް ކަނޑައެޅި އޮންނަ އުސޫލުކަމާއި،
85c ހއދވ
އަނެން ކަމަށް
OCCO
ބަޔާން31
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2277 ޤަޟިއްޔާގައި ކަން
ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު އަސްލަމްގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް -/
550,000ރ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާމިދިވޭތީއެއެވެ. 3323829، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt.gov.in
8
2014/HC-A/316
(ފަސްލައްކަ ފަންސާސްހާސްރުފިޔާ) ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުން
ނިންމަވާފައިވަނީ ހަމައެކަނި އެޢަދަދަށް ފައިސާ އޮންނަ ޗެކެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ނޫންކަމާއި،
އެއާއި ޚިލާފަށް މިއަދަދަށް މުޙައްމަދު އަސްލަމް ޢަބްދުﷲ މުޙައްމަދުގެ އަތުން ފައިސާ ނެގިކަން އަދި މިފައިސާ
ނެގީ އެމީހެއްގެ ޙާޟިރުގައި ހުރެގެންކަމަށް ބުނެ ހެކިބަސްދީފައިވާ ހެއްކެއްގެ ހެކިބަހާއި، މިކަން މިގޮތަށް
ހިނގިކަން އެނގޭކަމަށް ބުނެ ދީފައިވާ ހެއްކެއްގެ ހެކިބަސް މިމައްސަލައިގައި ލިބިފައި އޮތް އިރު، މިގޮތަށް
މިޢަދަދަށް ފައިސާ ހިމެނޭ ޗެކެއް މުޙައްމަދު އަސްލަމްގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް ދޭންޖެހުނު އިތުރު
އެހެން އެއްވެސް ސަބަބެއް ދަށުކޯޓުގައި މުޙައްމަދު އަސްލަމަށް ބުނެދެވިފައި ނެތުމުގެ އިތުރަށް މިޗެކް މިގޮތަށް
ދޫކުރެވުނުކަމާއި، ޗެކް ބައުންސްވިކަމާއި، ޗެކްގައިވާ ޢަދަދަށް މުޙައްމަދު އަސްލަމްގެ ފަރާތުން ފައިސާ
ދައްކާފައިނެތްކަން ދެފަރާތުންމެ ދެއްކި ވާހަކަތަކުން އެނގެން އޮތް އިރު، މިމައްސަލައިގައި ސިވިލް ކޯޓުން
ޙުކުމް ކުރައްވާފައިވަނީ މިއެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިގެންކަން އެނގެން އޮންނަކަމާއި،
މިހެންކަމުން ސިވިލް ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
12/HC-A/2011 ޤަޟިއްޔާގައި ޗެކާއި ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމުގައި
ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު
22 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން
/00އފަ
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2277 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މުޙައްމަދު
އަސްލަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވހީރޯ
ރޯފޯން 335029، ފެކްސް 3316471
އީމެއިލް: highcourt.gov.mv@ވާwww.highcourt.g wif
9
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/316
2277/Cv-C/2013
ގެންނާނެތަނެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv