ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/31 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3j
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 31/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ:
ދާއި އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* 1- ނަން: ޙުސައިން ރަޝީދު
ކާޑު ނަންބަރ: A058133
* ދާއިމީ އެޑްރެސް: ގ.މަޚްމާގެ/މާލެ
މިހާރުގެ އެޑްރެސް: ގ.މަޚްމާގެ/މާލެ
*
* 2- ނަން: އާމިނަތު ޢަލީ
އައިޑީ ކާޑު ނަންބަރ: A162724
* ދާއިމީ އެޑްރެސް: މަނާމް ހއ.ހޯރަފުށި
* މިހާރުގެ އެޑްރެސް: ބަގީޗާގެ ހއ.ހޯރަފުށި
k
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޞަފަރު 1431
01 ފެބްރުވަރީ 2010
ނިމުނު ތާރީޚް: 17 މުޙައްރަމް 1435
21 ނޮވެމްބަރު 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC/386
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ދިވެހިރާއްޖެއަށް އޮރިޔާންކާޑު އެތެރެކުރުމާއި، އަތުގައި ބެހެއްޓުމައި ވިއްކުން.
ހުށަހެޅި ތާރީޚް: 28 ފެބުރުވަރީ 2010 ނިމުނު ތާރީޚް: 14 ސެޕްޓެމްބަރު 2010
•މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20jj/HC-A/3j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެވެ ހު
ޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ގ.މަޚްމާގެ/މާލެ، ޙުސައިން ރަޝީދު އާއި، ހއ.ހޯރަފުށި/މަނާމް އާމިނަތު ޢަލީ
އެކެވެ.
އެވެ.
L
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގ.މަޚްމާގެ މާލެ، ޙުސައިން ރަޝީދު އާއި ހއ.ހޯރަފުށި(މަނާމް އާމިނަތު
ޢަލީ ގެ މައްޗަށް ހުށަހަޅާފައިވާ ދިވެހިރާއްޖެއަށް އޮރިޔާންކާޑު އެތެރެކުރުމާއި އަތުގައި ބެހެއްޓުމާއި ވިއްކުމުގެ
ކުށުގެ ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދަޢުވާ ހުށަހަޅަމުން ބުނެފައިވަނީ،
ގ.މަޚްމާގެ/މާލެ، ޙުސައިން ރަޝީދު އާއި ހއ.ހޯރަފުށި މަނާމް އާމިނަތު ޢަލީ އާއި ގުޅިގެން ހިންގާ
"ފަރިވާ ކޯނަރ" ފިހާރައިން އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ވިއްކާކަމުގެ މަޢުލޫމާތު ފުލުހުންނަށް
ލިބިގެން ފުލުހުން އެފިހާރަ ބަލާ ފާސްކުރިއިރު، އެފިހާރައިން އޮރިޔާން މަންޒަރު ދައްކުވައިދޭ 103
ފެނިފައިވާތީ، ޤާނޫނު ނަންބަރު:4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
(ނ) އާއި، އެޤާނޫނުގެ 9 ވަނަ މާއްދާއާއި ޙަވާލާދީ، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން
ޙުސައިން ރަޝީދު އާއި އާމިނަތު ޢަލީ ގެ މައްޗަށް ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި އަތުގައި
ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ ދަޢުވާ ކުރާ ކަމަށް ކަމާއި،
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3]
އެޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، ގ.މަޚްމާގެ ޙުސައިން ރަޝީދުއާއި
ހއ.ހޯރަފުށީ މަނާމް އާމިނަތު ޢަލީ އާއި ގުޅިގެން ހއ.ހޯރަފުށީގައި ހިންގާ "ފަރިވާކޯނަރ" ފިހާރައިން އޮރިޔާން
މަންޒަރު ދައްކުވައިދޭ ސީޑީ ވިއްކާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެ ފިހާރައަށް ގޮސް އެ
ފިހާރަ ބަލައި ފާސްކުރިއިރު އެފިހާރައިން އޮރިޔާން މަންޒަރު ދައްކުވައިދޭ 103 ސީޑީ ފެނިފައިވާކަމަށް ބުނެ
ޙުސައިން ރަޝީދުއާއި އާމިނަތު ޢަލީގެ މައްޗަށް ކޮށްފައިވާ ދިވެހިރާއްޖެއަށް އޮރިޔާންކާޑު އެތެރެކުރުމާއި،
އަތުގައި ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ހއ.ހޯރަފުށީގައި ހިންގާ
"ފަރިވާކޯނަރ" ފިހާރައަކީ ޢާމިނަތު ޢަލީ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި އެ ފިހާރައިގައި އިމްޕޯޓު
މުދާ ވިއްކުމުގެ ހުއްދަ ޙުސައިން ރަޝީދަށް ދޫކުރެވިފައިވާ ބުނެވުނު ދެފަރާތް ގުޅިގެން ވިޔަފާރި ހިންގަމުންދާ
ފިހާރައެއްކަން ދެފަރާތުގެ ބަހުން ޝަރީޢަތަށް އެނގެން އޮންނައިރު، ބުނެވުނު ފިހާރައިގައި އޮރިޔާން
މަންޒަރު ދައްކުވައިދޭ ސީޑީ ވިއްކާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެ ފިހާރައަށް ގޮސް
ފިހާރައިގެ ކައުންޓަރުގެ ބޭރުގައި ބަހައްޓާފައިހުރި އޮރިޔާންމަންޒަރު ދައްކުވައިދޭ ހުރިކަމުގެ މަޢުލޫމާތު
ލިބުނު ފޮށިގަނޑު ބަލާ ފާސްކުރިއިރު އެފޮށިގަނޑުން އޮރިޔާން މަންޒަރު ދައްކުވައިދޭ 103 ސީޑީ
ފެނިފައިވާކަން ހުށަހެޅުނު ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވެފައި، އެތަކެއްޗަކީ ރާއްޖޭގައި
އުފައްދާފައިވާ ތަކެތި ނޫންކަން ހުށަހެޅިފައިވާ ޤަރީނާއިން އެނގެން އޮތުމުން އެތަކެއްޗަކީ ރާއްޖެ
އެތެރެކޮށްފައިވާ ތަކެތިކަން ސާބިތުވިނަމަވެސް ގ.މަޚްމާގޭ ޙުސައިން ރަޝީދު މިކަމުގައި ޒިންމާވާންޖެހޭނެކަމަށް
ހުށަހެޅިފައިވަނީ އެފަދަ ތަކެތި ޢާއްމުކޮށް އެފިހާރައަށް ފޮނުވަނީ އޭނާ ކަމުގައި ޙުސައިން ރަޝީދު ބުނެފައިވާ
ބުނުމާއި، ފަރިވާކޯނަރ" ފިހާރައަށް ސީޑީ ފޮނުވަނީ ޙުސައިން ރަޝީދު ކަމަށް އާމިނަތު ޢަލީ ބުނެފައިވާ
ބުނުމާއި، އެ ފިހާރައިގައި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދޫކުރެވިފައިވަނީ ޙުސައިން ރަޝީދަށް ކަމުގައިވެފައި
އެ ފިހާރައި ހުރި ބުނެވުނު ސީޑީ ތަކުން އޮރިޔާން މަންޒަރު ފެނިފައިވުމުން ކަމަށްވާއިރު، ބުނެވުނު ސީޑީތައް
ފޮނުވީ ޙުސައިން ރަޝީދު ކަމަށް އޭނާ އިންކާރުކޮށްފައިވާތީއާއި، ޙުސައިން ރަޝީދު ދުވަހަކުވެސް އެފަދަ -
ފޮނުވާފައިނުވާކަމުގައި އާމިނަތު ޢަލީ ބުނެފައިވުމުން ސީޑީ ތަކަކީ ޙުސައިން ރަޝީދު ފޮނުވާފައިވާ ތަކެތިކަން
ގެ ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3j
4
COX >
ޝަރީޢަތަށް ސާބިތުނުވާތީއާއި، ފިހާރައިން އެއްވެސް ސީޑީ އެއް ވިއްކާފައިވާކަން ޝަރީޢަތަށް
ސާބިތުނުވާތީކަމާއި، މިކަމުގައި އާމިނަތު ޢަލީ ޒިންމާވާންޖެހޭނެކަމަށް ހުށަހެޅިފައިވަނީ އާމިނަތު ޢަލީގެ ނަމުގައި
ރަޖިސްޓްރީކޮށް ޙުސައިން ރަޝީދުއާއި ގުޅިގެން އާމިނަތު ޢަލީ ހިންގަމުން ގެންދާ ފިހާރައަކުން ބުނެވުނު
ސީޑީތައް ފެނިފައިވާތީކަމަށްވާއިރު، "ފަރިވާކޯނަރ" ފިހާރަ ހއ.ހޯރަފުށީގައި ހިންގަމުން ގެންދާތީ އެކަމާ
ޙަސަދަވެރިވެ ތަފާތު ދުއްތުރާތައް ކުރަމުން ގެންދާކަމަށާއި، ދެފަހަރެއްގެމަތިން ފިހާރަ ފަޅާލާފައިވާކަމަށް
ދަޢުވާލިބޭ ދެފަރާތުން ބުނެފައިވާއިރު، ފިހާރައިން އޮރިޔާން މަންޒަރު ދައްކުވައިދޭ އެއްވެސް
ވިއްކާފައިވާކަން ސާބިތުކޮށްދެވިފައިނުވާތީއާ ސުވާލު އުފެދޭ ފޮށިގަނޑު ހުރީ ކައުންޓަރުގެ ބޭރުގައިކަން
ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ ބުނެވުނު ފޮށިގަނޑަކީ ފިހާރައިގައި އާމިނަތު ޢަލީ
ބަހައްޓާފައިވާ އާމިނަތު ޢަލީގެ ޙިޔާޒަތުގެ ދަށަށް އައިސްފައިވާ ފޮށިގަނޑެއްކަމާމެދު ސުވާލު އުފެދޭތީއާއި،
ފިހާރައިގެ އެނޫން އެއްވެސް ތަނެއްގައިހުރި އެއްވެސް ސީޑީއެއް ޗެކްކުރެވި އެއިން ސީޑީއަކުން އޮރިޔާން
މަންޒަރެއް ފެނިފައިނުވާއިރު، ފުލުހުން ބަލާފައިވަނީ ހަމައެކަނި އެފޮށިގަނޑުކަން އެނގެން އޮންނާތީއާއި،
"ފަރިވާކޯނަރ" ފިހާރައިގެ ވަކި ފޮށިގަނޑެއްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ހުރިކަން ބަޔަކަށް
އެނގެންޖެހޭ ގޮތެއް ބަޔާންކޮށްދެވިފައިނުވާތީ ފުލުހުން ބަލާފަސްކޮށްފައިވާ ސީޑީތަކަކީ ޙުސައިން ރަޝީދު
ނުވަތަ އާމިނަތު ޢަލީ ދިވެހިރާއްޖެއަށް އެތެރެކޮށް "ފަރިވާކޯނަރ" ފިހާރާގައި ބަހައްޓާފައިވާ ތަކެތިކަމާއި،
އެއިން އެއްވެސް ސީޑީއެއް ވިއްކާފައިވާކަން އެކަށީގެންވާ މިންވަރަށް ޝަރީޢަތަށް ސާބިތުނުވާތީ،
ދައުލަތުގެ ފަރާތުން ގ.މަޚްމާގޭ ޙުސައިން ރަޝީދުއާއި، ހއ.ހޯރަފުށީމަނާމް އާމިނަތު ޢަލީގެ މައްޗަށް
ކޮށްފައިވާ ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި، އަތުގައި ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02 ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 4 ނުކުތާއެއް
އެނުކުތްތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
.
OcOCO
fi
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3j
3 ދ 01
ނަވާކަމަށް
• ފުރަތަމަ ނުކުތާއަކީ: ދައުލަތުގެ ފަރާތުން ގ.މަޚްމާ މާލެ، ޙުސައިން ރަޝީދު އާއި
ހއ.ހޯރަފުށި(މަނާމް އާމިނަތު ޢަލީ ގެ މައްޗަށް ކޮށްފައިވާ ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި
އަތުގައި ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ހުށަހެޅުނު ހެކީންގެ ހެކިބަހުން މިދެމީހުން
ބައިވެރިވެގެން ހއ.ހޯރަފުށީގައި ހިންގާ "ފަރިވާ ކޯނަރ" ފިހާރައިން އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ
ފެނުނުކަން އެނގޭއިރުވެސް، މިދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމަވާފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މައްސަލައާ ގުޅިގެން ދައުލަތުން ދައްކާފައިނުވާ ވާހަކަތަކެއް ދެއްކިކަން
ދޭހަވާގޮތަށް މައްސަލާގެ ލިޔުންތަކުގައި ހިމަނުއްވައި، އެކަންކަމުގެ މައްޗަށް ރިޢާޔަތްކުރައްވާ ދަޢުވާ ސާބިތު
ނިންމަވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: "ފަރިވާ ކޯނަރ" އިން ފެނުނު އޮރިޔާން މަންޒަރު ދައްކުވައިދޭ
ސީޑީ ތަކަކީ މިދެމީހުން ޒިންމާވާންޖެހޭ މިދެމީހުންގެ ޙިޔާޒަތުގެ ދަށުގައިވާ އެއްޗެއް
ނިންމަވާފައިވާއިރު، އެނިންމެވުން ޝަރުޢީ އަދި ޤާނޫނީ އުޞޫލެއްގެ މައްޗަށް ބިނާކުރައްވާފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ
• ހަތަރުވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ކުރެވެއެ
ނޫންކަމަށް
ނުކުތާއެވެ.
ވ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3j
އޮގ
6
14 2
3.1- ފުރަތަމަ ކަމަކީ ޤާނޫނު ނަންބަރު 4/75 ( ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ
ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) އާއި، އެޤާނޫނުގެ 9 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 13 ވަނަ
މާއްދާގެ (ރ) ގެ ދަށުން ޙުސައިން ރަޝީދު އާއި އާމިނަތު ޢަލީގެ މައްޗަށް ދިވެހިރާއްޖެއަށް އޮރިޔާން ކާޑު
ރެކުރުމާއި އަތުގައި ބެހެއްޓުމާއި ގެންގުޅުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386
ޤަޟިއްޔާ ގައި ކުރުމުން، އެދެމީހުންވެސް އެދަޢުވާއަށް އިންކާރު ކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެދެމީހުން އެދަޢުވާއަށް އިންކާރު ކުރުމުން ދަޢުވާ ސާބިތު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީ، ގއ.ވިލި-ދގިލިނޫރު މަންޒިލް ޙަސަން މޫސާ އާއި މޯލްޑިވްސް
ޕޮލިސް ސަރވިސް ގެ ލާންސް ކޯޕްރަލް މުޙައްމަދު އަސްލަމް އާއި، އަޙްމަދު ރިފާއު އާއި މިތިން މީހުންކަމާއި،
އޭގެ އިތުރުން އެފިހާރައިން ފެނުނު ކަމަށް ބުނާ ސީ.ޑީތައް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ގ.މަޚްމާގެ/މާލެ، ޙުސައިން ރަޝީދު ގެ މައްޗަށާއި ހއ.ހޯރަފުށި މަނާމް
އާމިނަތު ޢަލީގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާ ގައި ކޮށްފައިވާ ދަޢުވާއަށް
މި ދެމީހުން އިންކާރު ކުރުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ
ހެކިބަހަށް ބަލާއިރު، އޭގެ ތެރެއިން ގއ.ވިލިނގިލިނޫރު މަންޒިލް ޙަސަން މޫސާ ގެ ހެކިބަހުގެ
ހެކިބަހުގައި، ފުލުހުންނަށް
ލިބުނު ރިޕޯޓަކާ ގުޅިގެން ހއ.ހޯރަފުށީގައި ހިންގާ "ފަރިވާ ކޯނަރ" ފިހާރައަށް ފުލުހުން އައި އިރު މި ޙަސަން
މޫސާ ހުރީ އެފިހާރަ ކައިރީގައި ކަމާއި، އެފިހާރައިން ފުލުހުން ގެންދިޔަ ފޮށިގަނޑުގައި ސީޑީ ހުރި ކަމާއި،
ފުލުހުންނާއެކު ޕޮލިސްޓޭޝަނަށް ޙަސަން މޫސާ ދިޔައީ އާމިނަތު ޢަލީ އެދިގެންކަމާއި، ފުލުހުން ޗެކްކުރި ސީޑީ
ތަކުގެ ތެރޭގައި އޮރިޔާން މަންޒަރު ފެންނަ ސީޑީ ތަކެއް ހުރިކަމަށް ޙަސަން މޫސާ ބުނެފައިވާކަން އެނގެން
އޮންނަކަމާއި،
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް މުޙައްމަދު އަސްލަމް
(ސ.ނަންބަރު:260 ) އާއި، އާއި ލާންސް ކޯޕްރަލް އަޙްމަދު ރިފާޢު ޝަރީޢަތަށް ދީފައިވާ ބަޔާންގައި
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3]
4
ހއ.ހޯރަފުށީގައި ހިންގާ "ފަރިވާ ކޯނަރ" ފިހާރާ އަށް ފުލުހުންގެ ފަރާތުން ގޮސްފައިވަނީ ޢާންމު ފަރާތުން
ކުރި ރިޕޯޓަކާއި ގުޅިގެންކަމާއި، އެމީހުންނަށް މަޢުލޫމާތު ލިބިފައިވަނީ ފިހާރައިގެ ކައުންޓަރުގެ ބޭރުގައި ހުރި
ސީދާ ވަކި ފޮށިގަނޑެއްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ހުރި ކަމަށްކަމާއި، އެހެންކަމުން އެމީހުން
ޗެކްކުރީވެސް އަދި ޕޮލިސްޓޭޝަނަށް ގެންދިޔައީވެސް ސީދާ މަޢުލޫމާތު ލިބުނު ފޮށިގަނޑު އެކަނިކަމަށް
މިދެމީހުންގެ ބަޔާނުންވެސް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ރަށްރަށުގައި ހުންނަ ބައެއް ފިހާރަތަކަކީ އެފިހާރަ ހުޅުވާފައި އެފިހާރަ
ތެރޭގައި ސޭޓަކު އެތެރޭގައި އަބަދު އިންނަ ފިހާރަތަކެއް ނޫންކަމާއި، އެފަދަ ފިހާރައަކުން މީހަކު އެއްޗެއް
ގަންނަން ދާއިރު، އެފިހާރައެއްގެ ތެރޭގައި ފިހާރަ ބެލެހެއްޓުމަށްޓަކައި ވަކި މީހަކު ނުހުންނަ ފަހަރުތައް
ދިމާވުމަކީ މަދުންނަމަވެސް ހިނގަމުން އަންނަކަންތައްތައް ކަމާއި، އެގޮތުން އެފިހާރައަށް ފުލުހުން ދިޔައިރު،
އެފިހާރައިގެ ތެރޭގައި އެވަގުތުވެސް ސޭޓަކު ނުވަތަ އެނޫންވެސް މީހަކު އިންކަން ކަނޑައެޅިގެން އެނގެން
ނެތްކަމާއި، ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ ހއ.ހޯރަފުށީގައި ހިންގާ "ފަރިވާ ކޯނަރ" ފިހާރައިގެ ވަކިތަކު
ވަކި ފޮށިގަނޑެއްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ތަކެއް ހުރިކަމަށް ކަމާއި، އަދި ފުލުހުން
އެފިހާރައަށް ގޮސް ބަލާ ފާސްކޮށްގެން އެއްޗެއް ހޯދާފައިނުވާކަމާއި، ފުލުހުން އެފިހާރައަށް ދިޔައިރު، އެބުނާ
ސީޑީ ތަކެއް ހުރީ ފޮށިގަނޑެއްގައި ކަމާއި، އަދި އެފޮށި ގަނޑު ހުރީ ކޮންތާކުކަންވެސް ސާފުކޮށް އެމީހުންނަށް
ކުރިން އެނގިފައިވާކަމާއި، އަދި އެފިހާރަ ހިންގާ ފަރާތުން އެފިހާރަ އެކުގައި ޗެކް ކޮށްދިނުމަށް އެދުމުންވެސް
ފުލުހުން ހަމައެކަނި ބަލާފައިވަނީ އެފޮށިގަޑު އެކަނިކަމާއި،
މިޙާދިސާއާއި ގުޅިގެން އެދެމީހެއްގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވާ ޙުސައިން ރަޝީދު
އާއި ޢާމިނަތު ޢަލީގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އެދެމީހުން އެރަށުގައި އެފިހާރަ ހިންގާތީ
އެކަމާ ޙަސަދަ ވެރިވާ ބަޔަކު އުޅޭކަމާއި، އެގޮތުން އޭގެ ކުރިން ދެފަހަރެއްގެ މަތިން އެފިހާރަ ފަޅާލައި އެތަކެއް
ހާސް ރުފިޔާގެ ގެއްލުން ދީފައިވާކަމަށް އެދެމީހުންވެސް ބުނެފައިވާކަމާއި، އެފިހާރައިގެ ކައުންޓަރުން ބޭރުން
ފުލުހުންނަށް ފެނިފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ހުރި ފޮށިގަނޑަކީ އެހެން މީހަކު، އާމިނަ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3j
މެނަށް ލަނޑެއް ދިނުމަށް އެފިހާރަ ތެރޭގައި ބެހެއްޓި ފޮށިގަނޑެއްކަމަށް ޤަބޫލުކުރެވޭކަމަށް އާމިނަތު ޢަލީ އާއި
ޙުސައިން ރަޝީދުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭއިރު، ޑޮމެސްޓިކް ސާރވަންޓެއްގެ ގޮތުގައި
ހއ.ހޯރަފުށިމަނާމް އަށް ގެނެސްފައިވާ ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ރަކިބުލް ޙަސަން
(ޕާސްޕޯޓް ނަންބަރު: V0136608) މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، އެފިހާރާގައި ސީޑީ ވިއްކަން
ހުންނަ ކަމަށާއި، އޭގެ ތެރޭގައި ހުންނަނީ ހިންދީ، އިނގިރޭސި، ތަމަޅަ، ސިންގަޅަ، ދިވެހި ފިލްމް ސީޑީ
ކަމަށާއި، އަދި ސީޑީ ގަންނަން އަންނަ މީހުންނަށް ސީޑީ ވިއްކުމުގެ ކުރިން ޗެކް ކުރުމަށް އާމިނަތު ޢަލީ
އަންގާފައިވާތީ، ސީޑީ ވިއްކުމުގެ ކުރިން ބައެއް ފަހަރު ޗެކް ކުރަމުން ގެންދާ ކަމަށާއި، އަދި އެފަދައިން
ޗެކްކުރާ އެއްވެސް ފަހަރަކު ވެސް އެފިހާރާގައި ވިއްކުމަށް ބަހައްޓާފައި ހުންނަ އެއްވެސް ސީޑީއަކުން އޮރިޔާން
މަންޒަރު ފެނިފައި ނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ
ސީޑީ ތަކާއި ގުޅިގެން ޙުސައިން ރަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވާ ސަބަބަކީ ހއ.ހޯރަފުށީގައި،
އެރަށު މަނާމް އާމިނަތު ޢަލީ އާއެކު ޙުސައިން ރަޝީދު ހިންގާ ފިހާރައަށް އާންމުކޮށް މުދާ ފޮނުވާ ފަރާތަކީ
ޙުސައިން ރަޝީދު ކަމުގައިވާތީއާއި، އެފިހާރާގެ ވިޔަފާރި ހުއްދަ އޮންނަނީ އޭނާގެ ނަމުގައި ކަމަށްވާތީއާއި،
އެފިހާރައަށް ފޮނުވާ ސީޑީ ގިނަފަހަރަށް ފޮނުވަނީ ޙުސައިން ރަޝީދު ކަމަށް ޙުސައިން ރަޝީދު
އެއްބަސްވެފައިވާތީއާއި، އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ތަކުގެ ކަވަރު ހުރީވެސް އާންމުކޮށް ފަރިވާ ގެ
ފިހާރަތަކުގައި ވިއްކަން ހުންނަ ސީޑީގެ ކަވަރުތަކާއި އެއްގޮތަށް ކަމުގައިވާތީކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކައިން އެނގެން އޮންނައިރު، އެފިހާރައަކީ އާމިނަތު ޢަލީ އާއި ބައިވެރިވެގެން ޙުސައިން
ރަޝީދު ހިންގާ ފިހާރައެއް ކަމުގައި ވިޔަސް، އަދި އެފިހާރައަށް ފޮނުވާ ގިނަ މުދާތަކަކީ ޙުސައިން ރަޝީދު
ފޮނުވާ މުދާ ކަމުގައި އެނގެން އޮތް ކަމުގައިވިޔަސް، އެފިހާރައިގަ ހުރި ފޮށިގަނޑެއްގެ ތެރެއިން ފުލުހުންނަށް
ފެނިފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ތަކަކީ ޙުސައިން ރަޝީދު ފޮނުވި ސީޑީ
ޙުސައިން ރަޝީދު އިންކާރުކޮށްފައިވާއިރު، އަދި އާމިނަތު ޢަލީ ވެސް އަދި އެނޫން އެހެން
ތަކެއްކަމަށް
ތިބޭކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3]
O OCCC
ސީޑީ ތަކަކީ ޙުސައިން ރަޝީދު ފޮނުވި ސީޑީ ތަކެއްކަމަށް ބުނެފައި ނުވާއިރު، އަދި ޙުސައިން ރަޝީދު ފޮނުވާ
މުދާ ނޫން އެހެން މުދަލެއް ނުވަތަ އެހެން އެއްޗެއް އެފިހާރާގައި ހުރުން މަނާކުރާ އެއްވެސް ސަބަބެއް
ނެތްއިރު، އަދި އެފިހާރާގައި ހުންނަ ކޮންމެ މުދަލަކީ ނުވަތަ ފިހާރާގެ ތެރެއިން ފެންނަ ކޮންމެ އެއްޗަކީ
ޙުސައިން ރަޝީދު ޒިންމާވާންޖެހޭ އެއްޗެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން ނެތްއިރު،
އެފިހާރައަކީ ޙުސައިން ރަޝީދު އާއި އާމިނަތު ޢަލީ ބައިވެރިވެގެން ހިންގާ ފިހާރައަކަށްވާތީ، ނުވަތަ އެފިހާރަ
އިން ފެނުނު ސީޑީ ގެ ކަވަރުތައް ހުރީ ޙުސައިން ރަޝީދު ހިންގާ އެފަދަ އެހެން ފިހާރަތަކުގައިވެސް ވިއްކާ
ތަކުގެ ކަވަރު ހުންނަ ގޮތަށް ކަމަށްވާތީ، އެސަބަބަށްޓަކައި އެސީޑީ ތަކުގެ ޒިންމާ ޙުސައިން ރަޝީދު
އުފުލަން ޖެހޭނެކަމަށް ޝަރީޢަތަށް ނުފެންނަ ކަމާއި،
މީގެ އިތުރުން ޢާންމުކޮށް މީހުން ވަދެ ނުކުމެ އުޅޭ، ނަމަވެސް އެތަން ބެލެހެއްޓުމަށްޓަކައި
ހުރިހާ ވަގުތެއްގައި މީހުން ނުތިބޭ ތަނެއްގައި ހުންނަ އެއްޗަކުން ފެންނަ ތަކެއްޗަކީ އެތަނެއްގެ ވެރިފަރާތުގެ
ނުވަތަ އެތަނެއް ހިންގުމާ ޙަވާލުވެ ހުރިފަރާތުގެ ހިޔާޒަތުގައި ހުރި، އެފަރާތަކުން އެތަކެތީގެ ޒިންމާ އުފުލަންޖެހޭ
ތަކެތި ކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަނޑައެޅިދާނެތޯ ވިސްނާ ބަލާއިރު، އެމީހަކު
ކުށެއްކޮށްފައިވާކަން އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާ މިންވަރަށް ހެކި ނުވަތަ ޤަރީނާ ލިބިފައިނެތީސް،
އަދި އެމީހަކު އެކުށެއް ކޮށްފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޙާލަތެއްގައި، މީހެއްގެ
މައްޗަށް ކުށް ޘާބިތުވާކަމަށް ބެލުމަކީ ޝަރީޢަތާއި ޤާނޫނުހުއްދަކުރާ ކަމަކަށްނުވާތީ، ހއ.ހޯރަފުށީ ގައި ހިންގާ
"ފަރިވާ ކޯނަރ" އަކީވެސް އެތަން ހުޅުވާފައި ހުންނަ ހުރިހާ ވަގުތުތަކެއްގައި، އެތަނުގެ އެތެރޭގައި އެތަން
ބެލެހެއްޓުމަށްޓަކައި އި މީހަކު ހުންނަ ތަނަކަށް ނުވާއިރު، އަދި އެތަނުން ފުލުހުން ގެންދިޔަ ސީޑީތައް ހުރީ އެފަދަ
ސިއްރުން ގެންގުޅެ އެފަދަ ތަކެތި ވިއްކުމުގައި އާންމުކޮށް މީހުން ޢަމަލުކުރަމުން އަންނަ ގޮތާއި ޚިލާފަށް
އެންމެނަށް ފެންނަ ހާމަކަން ބޮޑުތަނެއްގައި ކަމުން، އެސީޑީ ތަކަކީ އެފިހާރަ ހިންގަމުންދާ އާމިނަތު ޢަލީ އަށް
އެނގިގެން އެތަނުގައި ވިއްކުމަށް ބަހައްޓާފައި ހުރި އެއްޗެއް ކަމުގައި ބެލުމަށްވުރެ ބޮޑަށް އެ ސީޑީ ތަކަކީ
ބަޔަކު ނުވަތަ މީހަކު އާމިނަތު ޢަލީ މެނަށް ލަޑެއް ދިނުމުގެ ބޭނުމުގައި އެތަނުގައި ބަހައްޓާފައި
#
6
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/3]
ކަމުގައި ބެލުމުގެ ފުރުޞަތު އޮތްކަމަށް ފެންނާތީ، އެތަކެއްޗާ އާމިނަތު ޢަލީ ޒިންމާވާންޖެހޭނެ ކަމަށް
ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވެން އޮތް ކަމެއްކަމަށް ނުފެންނަކަން
ފާހަގަކުރެވެއެވެ.
ނަކީ 0ކށް
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް
ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާ ބައްލަވައި، އެޤަޟިއްޔާގައި ދައުލަތުން ގ.މަޚްމާގެ|މާލެ،
ޙުސައިން ރަޝީދު އާއި ހއ.ހޯރަފުށި މަނާމް އާމިނަތު ޢަލީ ގެ މައްޗަށް ކޮށްފައިވާ ދިވެހިރާއްޖެއަށް އޮރިޔާން
ކާޑު އެތެރެކުރުމާއި އަތުގައި ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
UCO
cc
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި އަތުގައި
ބެހެއްޓުމާއި، ވިއްކުމުގެ ކުށުގެ ދަޢުވާ ގ.މަޚްމާގެ/މާލެ، ޙުސައިން ރަޝީދު އާއި ހއ.ހޯރަފުށި/މަނާމް އާމިނަތު
ޢަލީ ގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/JC/386 ޤަޟިއްޔާގައި
ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބެލޭނެ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް
މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv