ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/139 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 139/HC
-
A/2007
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުލްމުހުސިނު އަޙްމަދު
އައިޑީ ކާޑު ނަންބަރ: A283489
ދާއިމީ އެޑްރެސް: ރަތްބަގީޗާގެ/ އދ. މަހިބަދޫ
މިހާރުގެ އެޑްރެސް: މ. ކޮންކޯލިއާ
ox
• އިސްތިއުނާފު ރައްދުވި ފަރާތް:
ދާއިމީ
* ނަން: 1- މަރިޔަމްޢަލީ އދ. މަހިބަދޫ ރަންބުސްތާނުގެ
2- ޢަލީ މުޙައްމަދު އދ. މަހިބަދޫ/ ނޫރީގެ
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ރަޖަބު 1428
18 ޖުލައި 2007
* ނިމުނު ތާރީޚް: 16 މުޙައްރަމް 1431
31 ޖެނުއަރީ 2010
ނިންމެވީކޯޓް:
މަހިބަދޫކޯޓު
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 79/C-41
/
1-13
ޤަޟިއްޔާގެ ބާވަތް: ހިބައިން ދިނުން •
ހުށަހެޅުނުތާރީޚް: 1979-12-02
ނިމުނު ތާރީޚް: 1979-12-02
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ،
7 އޯގަސްޓް 2008 ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި
ޢަމަލުކުރަމުންދާ
2 / 2
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، 1998/1/1 ދުވަހުން
ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދިޔަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށް
ޢަމަލުކުރެވެމުން ދަނިކޮށް 1979/12/02 ގައި، އދ. މަހިބަދޫ ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު
79/I
-
13
-
C/41 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު
ކުރުމުން އދ. މަހިބަދޫ ރަތްބަގީޗާގެ ޢަބްދުލްމުޙުސިނު އަޙްމަދު 08 ޖުލައި 2007 ދުވަހުން ފެށިގެން 90
ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައިފިނަމަ އެޤަޟިއްޔާ ބަލައިދޭން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 195/2007/37 ޕީ.އާރު.އެސް-1 (8 ޖުލައި 2007) ގެ ސިޓީން
ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގަވާފައިވަނިކޮށް އެޤަޟިއްޔާ އިސްތިއުނާފު ކޮށްދެއްވުންއެދި އދ. މަހިބަދޫ
ރަތްބަގީޗާގެ ޢަބްދުލްމުހުސިނު އަޙްމަދު 7/18!2007 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އޭރު ޢަމަލު
ކުރެވެމުންދިޔަ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ހައިކޯޓުގެ އިސްތިއުނާފަށް ބަލައިގަނެވި، މިކޯޓުން
ބެލެވިފައިވާ ޤަޟިއްޔާއެކެވ.
oxo
ފާހަގަވެގެން ނުކުތާތައް:
22 22
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، އިސްތިއުނާފު މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި
އަދި މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ލިބިފައިވާ ރަސްމީ މަޢުލޫމާތު ތަކުގެ މައްޗަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ހ) ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފު މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ ނަންބަރު
79/I
-
13
-
C/41 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ޢަބްދުލްމުޙުސިނު އަޙްމަދުގެ ފަރާތުން
ހުށަހެޅި އިސް އިޝާރާތް ކުރެވުނު ނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުލްމު
ބްދުލްމުހުސިނު
އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޢަބްދުލްމުޙުސިނު އަޙްމަދު އިސްތިއުނާފު މިކުރާ އދ.
މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ޢަބްދުލްމުޙުސިނު
އަޙްމަދު ހިތްހަމަނުޖެހިގެން ކޮށްފައިވާ ޝަކުވާއަކީ އެޤަޟިއްޔާގެ ދަށުން ޢަބްދުލްމުހުސިނު އަޙްމަދުގެ ބައްޕަ
ހިބައިން ދިންތަންތަނުގެ ތެރޭގައި ޢަބްދުލްމުހުސިނު އަޙްމަދުގެ ބައްޕަގެ ގެދޮރު ކަމުގައިވާ އދ. މަހިބަދޫ
ރަންބުސްތާނުގެ ކަނޑައަޅާފައިނެތަސް އެޤަޟިއްޔާގެ ދަށުން އެގޭ މަރިޔަމް ޢަލީއަށް މިލްކުކޮށް ރަޖިސްޓްރީ
ކުރެވޭ ގޮތަށް އެޤަޟިއްޔާގައި ޢަމަލުކޮށްފައި އޮތުންކަމަށްބުނެ ޢަބްދުލްމުހުސިނު އަޙްމަދު ކުރާ ޝަކުވާކަމާއި
ޢަބްދުލްމުޙުސިނު އަޙްމަދުގެ ބައްޕަގެ ގޯތިގެދޮރު ފިޔަވައި، އެޤަޟިއްޔާގެ ދަށުން ޢަބްދުލްމުހުސިނު އަޙްމަދުގެ
ބައްޕަ ދިންކަމަށްބުނާ ތަކެތިދިންދިނުމާމެދު ޢަބްދުލްމުހުސިނު އަޙްމަދުގެ އެއްވެސް ޝަކުވާއެއް ނެތްކަމާއި
މިކަންކަން މައްސަލައާއި ގުޅިގެން ޢަބްދުލްމުހުސިނު އަޙްމަދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވިފައި ވެއެވެ.
(ނ) ޢަބްދުލް މުޙުސިނު އަޙްމަދު، މިއިސްތިއުނާފުކުރާ އދ.
މަހިބަދޫ ކޯޓުގެ
ނަންބަރު
79/I
-
13
-
C/41 ގެ ޤަޟިއްޔާގައި މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދު (ކެޔޮޅުގޭ އަޙްމަދު) އޭނާގެ
ކާފަދަރި މަރިޔަމް ޢަލީއާއި، މި މަރިޔަމް ޢަލީގެ ފިރި މަހިބަދޫ ނޫރީގޭ ޢަލީ މުޙައްމަދާއި ދެމަފިރިންނަށް
ކޮށްފައިވާ ހިބައިގެ ޓީޝާއަށް ބަލާއިރު، އެޓީޝާގައިވަނީ އޭނާގެ މިލްކުގައިވާ ފޯދުނު22 ރުކާއި، ނުފޯދޭ
ދޮޅަހަކަށް ރުކާއި، 2 ތެއްޔާއި، 1 ރުބައާއި، 2 އަށްޓާއި، ދެންވެސް ހުރިނަމަ ހުރިއެއްޗެއް އޭނާގެ މިލްކުން
ކަނޑައި އޭނާގެ ކާފަދަރި މަރިޔަމް ޢަލީއާއި އަދި އޭނާގެ ފިރި ޢަލީ މުޙައްމަދާއި ދެމަފިރިންނަށް ހިބައިން
ދިންކަމަށް ކަމުގައި ވުމުން މިޞީޣާއިން އދ. މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯއްޗެއްގައިވާ އަޙްމަދު
މުޙައްމަދުގެ މިލްކުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ މުދަލެއް އަޙްމަދު މުޙައްމަދު މިކުޅަކިބައިގައި ހިމަނާފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިޞީޣާއިން ކަނޑައެޅިގެން އެނގެން ނެތްކަމާއި އަދި އިސްވެއިޝާރާތް ކުރެވުނު ޤަޟިއްޔާއަކީ ޤާނޫނު
ނަންބަރު 9/68 (މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު) ވުޖޫދަށް އައުމުގެ މާފަހުން މަހިބަދޫ ކޯޓަށް
ހުށަހެޅިފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާ އެކޯޓަށް ހުށަހެޅުނު ތާރީޚް ކަމަށްވާ 1979/12/2 ގެ ތާރީޚަށް
ބެލުމުން އެނގެން އޮންނައިރު،
އިސްވެ އިޝާރާތް ކުރެވުނު ޤާނޫނުގެ 1 ވަނަމާއްދާގެ (ށ) ގައި މީސްމީހުންގެ އަމިއްލަބިމާއި
އެބިމުގައި ހުންނަ ޢިމާރާތްތައް ފިޔަވައި ރަޖިސްޓްރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން
ބަދަލު ކުރަނީނަމަ ރަޖިސްޓްރީ ދިންފަރާތުގެ އިޢުތިރާޒު އެކަމަށްނެތްކަމުގެ ރަސްމީލިޔުމެއް އޮތުން
ޝަރުތުކޮށްފައިވާއިރު، އދ. މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯއްޗަކީ ދައުލަތުން ކޮންފަރާތަކަށް ރަޖިސްޓްރީ
ކޮށްދެއްވާފައިވާ ގޯއްޗެއްތޯއާއި އަދި އެޤަޟިއްޔާގައި އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގެ ތެރޭގައި އދ.
މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ހިމެނޭ ކަމަށް އެކޯޓުން
އެޤަޟިއްޔާ ބެއްލެވުމުގެ
ލެވުމުގައި ފެނިވަޑައިގެން އެކަމުގެ މައްޗަށް ބުނެވުނު ޤާނޫނުގެ 1 ވަނަނަންބަރުގެ (ހ) ގެ
ދަށުން އެގޯއްޗަށް ރަޖިސްޓްރީދިންފަރާތުގެ އިޢުތިރާޒެއް އޮތްތޯ ނުވަތަ ނެތްތޯ އެޤަޟިއްޔާގެ ދަށުން އެއްވެސް
މިންވަރަކަށް ބައްލަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަމާއި
އަދި ހަމައެޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތުންވެސް އެޤަޟިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު
ކޮށްފައިވާ ހިބައިގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯއްޗެއްގައިވާ އެއްވެސް ޢިމާރާތެއް ނުވަތަ
ވަޅުފަދައެއްޗެއް ހިމެނިފައިވާކަން އެނގެންނެތްކަމާއި އަދި ހަމައެޤަޟިއްޔާގެ ޙުކުމުގެ ދަށުން އދ. މަހިބަދޫ
ރަންބުސްތާނުގެއެވެކިޔާ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް، އެޤަޟިއްޔާގައި އަޙްމަދު
މުޙައްމަދު ކޮށްފައިވާ ހިބައިގެ ދަށުން އަޙްމަދު މުޙައްމަދުގެ ކާފަދަރި މަރިޔަމްޢަލީއާއި އަދި އޭނާގެ ފިރި ޢަލީ
މުހައްމަދާއި މިދެމީހުންނަށް މިލްކުވެއްޖެކަމަށް ކަނޑައަޅުއްވާފައިވެސް ނުވާކަން އެޤަޟިއްޔާގެ ޙުކުމުން
Cox
އެނގެން އޮތުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެއިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަށުން އދ. މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ އެއްވެސް ބައެއް އެޤަޟިއްޔާގައި އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގައި
ހިމެނޭ ކަމަށް އދ. މަހިބަދޫ ކޯޓުން ބައްލަވައި އެފަދަ ހިބައަކާބެހޭ މައްސަލައެއް އެޤަޟިއްޔާގެ ދަށުން
އެއްވެސް މިންވަރަކަށް ބައްލަވާފައިވާކަން އެޤަޟިއްޔާގެ މުޅިރިޕޯޓުންނާއި ފާހަގަކުރެވުނު ނުކުތާތަކުންނާއި
ޙުކުމުން އެއްވެސް މިންވަރަކަށް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
(ނ) ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފު މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ ނަންބަރު
79/I
-
13
-
C/41 ގެ ޤަޟިއްޔާގައި އިޝާރާތް ކޮށްފައިވާ
ހިވާ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 2
/
75-I
-
C/56
ޤަޟިއްޔާއާއި އަދި މިފަހުގެ ޤަޟިއްޔާގައި އިޝާރާތް ކުރައްވާފައިވާ އަތޮޅު ކޯޓުގެ ނަންބަރު
171މ. ކ 50/2 ގެ ޤަޟިއްޔާއާއި މިދެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އދ. މަހިބަދޫ
ރަންބުސްތާނުގެއެވެކިޔާ ގޯއްޗަކީ ރަންބުސްތާނުގެ އަޙުމަދު މުޙައްމަދުއަށް ދޫކުރެވިފައިވާ ނުވަތަ އޭނާގެނަމަށް
ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްކަން އެނގެން ނެތްކަމާއި އަދި އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނަކީ
އަޙްމަދު މުޙައްމަދުގެ މިލްކުތަންތަންކަން އެނގޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ނެތްކަން އެނގެން އޮތުމުން
އިސްތިއުނާފު މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އެކޯޓުން ނިމުނުއިރު
އދ. މަހިބަދޫ ރަންބުސްތާނުގައެވެކިޔާ ގޯއްޗަކީ އަޙްމަދު މުޙައްމަދަށް ދައުލަތުން ދޫކުރައްވައި އޭނާގެ ނަމަށް
ރަޖިސްޓްރީ ކޮށްދެއްވާފައިވާ ގޯއްޗެއްކަމާއި އަދި އެގޯތީގައިވާ ޢިމާރާތްތަކަކީ މިއަޙްމަދު މުޙައްމަދުގެ މައްޗަށް
މިލްކުސާބިތުވެފައިވާ ތަންތަންކަމާއި މިކަންކަން އެއްވެސް މިންވަރަކަށް މިއިޝާރާތް ކުރެވުނު ދެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންވެސް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
(ރ) އދ. މަހިބަދޫ "ރަންބުސްތާނުގެ" އެވެކިޔާ ގޯއްޗަށް ކުރިން "މަސްފިހާގެ" ކިޔާކަމަށް
ޢަބްދުލްމުޙުސިނު އަޙްމަދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ އދ. މަހިބަދޫ "ރަންބުސްތާނުގެ"
އެވެކިޔާގޯތި "ރަންބުސްތާނުގެ" ނަމުގައި ނުވަތަ "މަސްފިހާގެ" ނަމުގައި އދ. މަހިބަދޫ ރަންބުސްތާނުގެ
އަޙްމަދު މުޙައްމަދާ ޙަވާލުކުރެވި، އޭނާގެ ނަމުގައި ދައުލަތުން އެގޯތި ރަޖިސްޓްރީ ކޮށްދެއްވާފައިވާނަމަ އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
22ބޚިވ
އެގެއެeށް
42 4 2 2 4
ނަމުގައި އެގޯތި ރަޖިސްޓްރީ ކުރެވުނީ ކޮންނަމެއްގައިތޯއާއި އަދި ކޮންތާރީޚެއްގައިތޯ ސާފުކުރުމުގެ ގޮތުން
މިކޯޓުން އދ. މަހިބަދޫ އޮފީހަށް ލިޔުމުން އޭގެ ޖަވާބުގައި އެއޮފީހުން މިކޯޓަށް ފޮނުއްވި، އެއޮފީހުގެ ނަންބަރު
2009
/
62/I
-
4C (8.9.2009) ގެ ލިޔުމުގައި މިއަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ
ހަދާދެވިފައިވާކަން އެނގެން ނެތްކަމަށް ބަޔާންކުރައްވާފައިވުމުން އިސްތިއުނާފު މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ
ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އެކޯޓުން ނިންމެވިއިރު، އދ. މަހިބަދޫ ރަންބުސްތާ
ގޯއްޗަކީ އަޙްމަދު މުޙައްމަދަށް ދައުލަތުން ދޫކުރައްވައި އަދި އޭނާގެ ނަމަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާ
ގޯއްޗެއްކަން ސާބިތުނުވާކަން އދ. މަހިބަދޫ އޮފީހުގެ މިޙަވާލާދެވުނު ލިޔުމުން އެނގެންއޮތުމުން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުގެ ދަށުން މަރިޔަމް ޢަލީއާއި އަދި އޭނާގެ ފިރި ޢަލީ މުޙައްމަދަށް އދ. މަހިބަދޫ
ރަންބުސްތާނުގައެވެކިޔާ ގޯތީގައި ހިމެނޭ އެއްވެސް ޢިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް މިލްކުވެގެން ހިގައިދާނެ
ނޭބުސްތާނުގެ އެވެކިޔާ
ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެއެވެ.
•) އދ. މަހިބަދޫ "ރަންބުސްތާނުގެ" އެވެކިޔާ ގޯއްޗަކީ އެއްވެސް އިރެއްގައި ޢަބްދުލްމުހުސިނު
އަޙްމަދުގެ ބައްޕަ އަޙްމަދު މުޙައްމަދަށް ދައުލަތުން ދޫކުރައްވައި، އޭނާގެ ނަމަށް ރަޖިސްޓްރީ ކުރެވިފައިވާ
ގޯއްޗެއްކަން އެނގޭ ރަސްމީލިޔުމެއް މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގެއެވެ.
(ޅ) މިމައްސަލައާއި ގުޅިގެން ޢަބްދުލްމުހުސިނުގެ ފަރާތުން 2007/11/8 ދުވަހު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް، ދީފައިވާ ބަޔާނުގައި ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފު
މިކުރެވޭ އދ. މަހިބަދޫ ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުންވެސް އަދި އެޤަޟިއްޔާގެ ޙުކުމުންވެސް
އެއްވެސް ގޯއްޗެއްގައި ހިމެނޭ ޢިމާރާތްތަކާ ވަޅުފަދަތަންތަން އެޤަޟިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު ކުރި
ހިބައިގެ ތެރޭގައި ނުހިމެނޭ ކަމަށް ޢަބްދުލްމުޙުސިނު އިޢުތިރާފުވެފައިވާކަން އެބަޔާނަށް ބެލުމުން އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
(ށ) މިމައްސަލައާއި ގުޅިގެން މަރިޔަމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި އދ. މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯއްޗަށް އދ. މަހިބަދޫ އަތޮޅުއޮފީހުން 2001/2/7
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގައި ހައްދަވާދެއްވާފައިވާ ނަންބަރު I417
/
2001
/
26 ގޯތީގެ ރަޖިސްޓްރީއަށް ބަލާއިރު އެގޯއްޗަކީ އދ.
މަހިބަދޫ ރަންބުސްތާނުގެ މަރިޔަމް ޢަލީއާ ދައުލަތުން ޙަވާލުކުރައްވާފައިވާ ބަންޑާރަ ގޯއްޗެއްކަމާއި އެގޯއްޗަކީ
އެއްވެސް އިރެއްގައި އދ. މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައް
ޙައްމަދުގެ ނަމުގައި ކުރިން ރަޖިސްޓްރީ
ކޮށްދެއްވާފައިވާ ގޯއްޗެއްކަން އެރަޖިސްޓްރީންވެސް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
(އ) އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ވިސްނައި ބަލާއިރު، ހައިކޯޓުގެ މިޤަޟިއްޔާގެ
ދަށުން ޢަބްދުލްމުހުސިނު އަޙްމަދު، އިސްތިއުނާފުކުރާ އިސް އިޝާރާތްކުރެވުނު އދ. މަހިބަދޫ ކޯޓުގެ
ޤަޟިއްޔާގެ ދަށުން ޢަބްދުލްމުހުސިނު އަޙްމަދުގެ ބައްޕަ އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގެ ތެރޭގައި އދ.
މަހިބަދޫ ރަންބުސްތާނުގެއެވެކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ އެއްވެސް މިންވަރެއް ހިމެނޭކަމަށް
އދ. މަހިބަދޫ ކޯޓުން ބައްލަވައި އެފަދަ ހިބައަކާބެހޭ މައްސަލައެއް އެޤަޟިއްޔާގެ ދަށުން އެއްވެސް
މިންވަރަކަށް ބައްލަވާފައިވާކަން އެޤަޟިއްޔާގެ މުޅިރިޕޯޓުންވެސް އަދި ފާހަގަކުރެވުނު ނުކުތާތަކުންވެސް އަދި
ޙުކުމުގެ ޢިބާރާތުންވެސް އެނގެންނެތްކަމާއި އަދި އެޤަޟިއްޔާ ނިމުނުއިރު މަހިބަދޫ
ގޯއްޗަކީ، ދައުލަތުން ޢަބްދުލްމުހުސިނުގެ ބައްޕަ އަޙްމަދު މުޙައްމަދަށް ދޫކުރައްވައި،
އޭނާގެ ނަމަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާ ގޯއްޗެއްކަންވެސް އެނގެންނެތްކަން ފާހަގަކުރެވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވަނީ އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމުގެ ނަމުގައި ޢަބްދުލްމުޙުސިނު އަޙްމަދު ހައިކޯޓުގެ މިޤަޟިއްޔާ ހުށަހެޅި އިސްތިއުނާފް ނުކުތާގައި
ކޮށްފައިވާ ޝަކުވާއަކީ އެޝަކުވާގެ މަޢުޟޫއާމެދު އިސްތިއުނާފުމިކުރެވޭ އދ. މަހިބަދޫ ކޯޓުގެ އިސްވެ
އިޝާރާތް ކުރެވުނު ޤަޟިއްޔާގައި އެއްވެސް މިންވަރަކަށް ބައްލަވައި، އެއާމެދު ފައިޞަލާކުރަނިވި ޙުކުމެއް
ކުރައްވާފައިވާ ޝަކުވާއެއްކަން ސާބިތުނުވާތީއާއި އަދި ދަށުކޯޓަކަށް ހުށަހެޅި، އެކޯޓުން އެއްވެސް މިންވަރަކަށް
ނުބައްލަވައި އޮތްދަޢުވާއެއް، ފުރަތަމަ ފަހަރަށް އިސްތިއުނާފް ކޯޓުން ބެލެވޭ ގޮތްވުމަކީ، ދަށުކޯޓުގެ ޤާނޫނީ
އިޚްތިޞާޞަށް ހުރަސްއެޅޭނެ ކަމެއް ކަމުގައިވާތީއާއި، އަދި ހަމައެހެންމެ ދަށުކޯޓަކުން ނުބައްލަވައި، މެދު
ހ 2030
2222
ރަންޓިސްޓުންގެ އެވާކަ1
22 / 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފައިސަލާކުރަނިވި ޙުކުމެއް ކުރައްވާފައިވާކަން އެނގެން ނެތްދަޢުވާއެއް އިސްތިއުނާއީ ކޯޓުން ފުރަތަމަ ފަހަރު
ބެލެވޭގޮތްވުމަކީ، ޤާނޫނުއަސާސީގެ 56 ވަނަމާއްދާގެ ދަށުން މީސްތަކުންނަށް ލިބިދީފައިވާ، މައްސަލަތައް
އިސްތިއުނާފު ކުރުމުގެ ޙައްޤަށްވެސް ހުރަސްއެޅޭނެ ކަމެއް ކަމަށްމެނުވީ ނުބެލެވޭނެ ކަމަށްޓަކައި، އދ. މަހިބަދޫ
ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ނަމުގައި ޢަބްދުލްމުޙުސިނު އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަށް ހުށަހެޅި އިސްތިއުނާފް ނުކުތާގައި ކޮށްފައިވާ މިޝަކުވާއަކީ
މައްސަލަތައް އިސްތިއުނާފު ކުރުމާބެހޭ ގޮތުންހުރި އިސްވެމިބަޔާންކުރެވުނު ޤާނޫނީ އުޞޫލުތައް ނިޔާކުރާ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ އިސްތިއުނާފް މަރްޙަލާގައި ބެލެވެންއޮތް
ޝަކުވާއެއް
2 4 2 2 4 2
ފެންކަމަ
ޙުކުމް
* 2
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު
ހިތްހަމަނުޖެހޭ ކަމަށްބުނެ އދ. މަހިބަދޫ ރަތްބަގީޗާގެ ކޮންކޯލިއާ ޢަބްދުލްމުޙުސިނު އަޙްމަދު ކޮށްފައިވާ
ޝަކުވާއަކީ އެޤަޟިއްޔާގެ ދަށުން ޢަބްދުލްމުހުސިނު އަޙްމަދުގެ ބައްޕަ އދ. މަހިބަދޫ ރަންބުސްތާނު
ތާނުގެ އަޙްމަދު
މުޙައްމަދު ހިބައިން ދިންތަންތަނުގެ ތެރޭގައި ޢަބްދުލްމުހުސިނު އަޙްމަދުގެ ބައްޕަގެ ގެދޮރުކަމުގައި
ޢަބްދުލްމުޙިސިނު އަޙްމަދުބުނާ އދ. މަހިބަދޫ ރަންބުސްތާނުގެ ހިމަނާފައިނެތަސް އެޤަޟިއްޔާގެ ދަށުން އެގެ
އދ. މަހިބަދޫ ރަންބުސްތާނުގެ މަރިޔަމް ޢަލީއަށް މިލްކުކޮށް ރަޖިސްޓްރީ ކުރެވޭގޮތަށް އެޤަޟިއްޔާގައި ޢަމަލު
ކޮށްފައި އޮތުންކަމަށްބުނެ ޢަބްދުލްމުހުސިނު އަޙްމަދު ކޮށްފައިވާ ޝަކުވާކަން މިމައްސަލައާއި ގުޅިގެން
ޢަބްދުލްމުޙުސިނު އަޙްމަދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮތްއިރު،
އިސްވެ އިޝާރާތްކުރެވުނު އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ގެ ޤަޟިއްޔާގެ
ދަށުން އދ. މަހިބަދޫ ރަންބުސްތާނުގެ އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގެތެރޭގައި އދ. މަހިބަދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2007/HC-A/139
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރެމުeހ
ގޮތުން ހުރި،
ރަންބުސްތާނުގެއެވެކިޔާ ގޯއްޗެއްގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ އެއްވެސް މިންވަރެއް ހިމެނޭކަމަށް
އދ. މަހިބަދޫ ކޯޓުން ބައްލަވައި، އެފަދަ ހިބައަކާބެހޭ މައްސަލައެއް އެޤަޟިއްޔާގެ ދަށުން އެއްވެސް
މިންވަރަކަށް ބައްލަވާފައިވާކަން ސާބިތުނުވާތީ މައްސަލަތައް އިސްތިއުނާފު
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުން ޢަބްދުލްމުހުސިނު
އަޙްމަދުގެ މިޝަކުވާއަކީ، ހައިކޯޓުގެ މިޤަޟިއްޔާގެ އިސްތިއުނާފް މަރްޙަލާގައި ބެލެވެންއޮތް
ޝަކުވާއެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cund
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
ޙަމީދު
،ފަނޑިޔާރު)
4 މީ
ވީހިރާއްޖޭގެ ވި
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv