ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
1
2{14/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 01/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
ނަން: ޢަލީ އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A061850
* ދާއިމީ އެޑްރެސް: ޖޯޖެޓްވިލާ ގއ. ކޮނޑޭ
ވަލީކު:
ކު: އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒު (ޕްރެކްސިސް ލޯ ފަރމް ލިލިޕީ)
0
މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
ވަލީކު: އަލްއުސްތާޛާ މަރްޔަމް ޙަނީފާ ޚާލިދު
* .އުމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ)މާލެ
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީއުލްއާޚިރު 1435
12 ފެބްރުއަރީ 2014
• ނިމުނު ތާރީޚް: 20 ރަބީއުލްއާޚިރު 1435
20 ފެބްރުއަރީ 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-I-SH/01
މައްސަލާގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)
ދަށުން، 18 ޖެނުއަރީ 2014 ވަނަ ދުވަހު، މުޅި ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބޭއްވި އިންތިޚާބުގައި ވޯޓު
ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ދާންދޫގައި ބެހެއްޓިފައިވާ ނަންބަރު P02.05.2
ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ކޮނޑޭއާގޭ، މޫސާ ޢީސާއަށް، އެވޯޓު ފޮއްޓާ
ޙަވާލުވެތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން، އެހެން ދާއިރާއެއްގެ ވޯޓު ކަރުދާސްކޮޅެއް ދިނުމުގެ
ސަބަބުން، ގއ. ކޮނޑޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުން މޫސާ ޢީސާ މަޙުރޫމްވެފައިވާތީއާއި،
ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ނެގުނު ވޯޓުގައި މޫސާ ޢީސާގެ ވޯޓު ގުނިފައިނުވުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، 231 ވަނަ މާއްދާއާއި، ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 36 ވަނަ މާއްދާއާ ޚިލާފު
ކަމެއްކަމަށްވާތީއާއި، މޫސާ ޢީސާގެ ވޯޓަކީ މި އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ އިންތިޚާބީ
ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ވޯޓެއްކަމަށްވާތީ، އިންތިޚާބުތަކައި ބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ
މާއްދާގެ ދަށުން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް 18 ޖެނުއަރީ 2014 ގައި
ބޭއްވުނު ވޯޓު ބާތިލްކޮށްދިނުމަށްއެދި، ގއ. ކޮނޑޭޑްޖޯޖެޓްވިލާ، ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމު ބެލެވިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
ފާހަގަކުރެވުނު
4,113
1. ގއ. ކޮނޑޭ ;ޖޯޖެޓްވި، ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްއޯޓީގެ އައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8 42
2014/HC-I-SH/1
3 ޤަޟިއްޔާ ނިމުނު
کی عمری
19ނށ ލވނތ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
26
އިންތިޚާބުތަކުގައާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓު ދިނުމުގެ
ޙައްޤަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްގެއްކަމަށް ޤާނޫނުއަސާސީގެ
26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އަދި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު
މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި
ބައިވެރިވުމުގެ ޙައްޤަކީވެސް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމަށާއި،
އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމަނަންވާނީ ހަމައެކަނި އެކައުންސިލް
ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ
މެންބަރުންކަމަށް ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް
އިންތިޚާބުކުރުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ، އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުންކަމަށާއި، ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުމުގެ ޤާނޫނުގެ ދަށުން ބާއްވާ އިންތިޚާބަކީވެސް،
އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޚާއްޞަ ޤާނޫނުގެ އިތުރުން، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާ އެއްގޮތަށް ބާއްވަންޖެހޭ އިންތިޚާބެއްކަމަށާއި، އަދި
އެއިންތިޚާބަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިޚާބެއްކަމަށްވާތީ، އެކަން ކުރުމަށް
ޤާނޫނުއަސާސީން މަތިކޮށްފައިވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަންކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ
މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ޢާންމު ވޯޓު
ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި ބެލެހެއްޓުމާއި، އެކަންތައްތަކަށް
ދިވެހިރާއްޖެ
ހަޢީ28
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 |
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
4 ޤަޟިއްޔާ ނިމުނު 1
2{014/HC-I-SH/01
0244 9ދު
މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް
ހިންގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަގަޅު ނުފޫޒެއް، އަދި
ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން
ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި
އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ
މީހުންގެ ރަޖިސްޓްރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓްރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި،
ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމާ ބެހޭގޮތުން
ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަކީވެސް އިލެކްޝަންސް ކޮމިޝަންގެ
މަސްޢޫލިއްޔަތެއްކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށާއި، ވީމާ،
ވޯޓުލުމުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ހިންގާންވާނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ
ވޯޓުލުމުގެ ޙައްޤުންނާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު
މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި
ބައިވެރިވުމުގެ ޙައްޤުން މަޙްރޫމްނުވާނެ ގޮތަށްކަން އެނގޭކަމަށާއި،
އިންތިޚާބުތަކުގައި ވޯޓު ދޭންވާނީ، އެ މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައިކަމަށް ބަޔާންކުރުމަށްފަހު،
އެ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ވޯޓު ކަރުދާހުގައި، އެއީ ކޮން އިންތިޚާބެއްގެ ވޯޓު
ކަރުދާހެއްކަން އެނގެން އޮންނަން ވާނެކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާއިރު، އެ އިންތިޚާބެއްގައި ވޯޓުލުމަށް ބޭނުންކުރަންވާނީ އެ އިންތިޚާބަކަށް
ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހެއްގައިކަމަށާއި، އެގޮތުން އެ އިންތިޚާބަކަށް ޚާއްޞަ ވޯޓު
ކަރުދާސް ނޫން އެހެން ވޯޓު ކަރުދާހެއް އެ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [33147
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ
8, q3
38 3
میں نمی کی مری
2014/HC-I-SH/tg1
2x32
22
22
2 ދ ތ
ދޭކަށްގެންނުވާނެކަން،
މި މާއްދާއަށް ބެލުމުން އެނގޭކަމަށާއި، ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ވޯޓު
ކަރުދާސް ނޫން އެހެން ވޯޓު ކަރުދާސްކޮޅެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި އިންތިޚާބުގައި
ވޯޓުލުމަށް ދިޔަ މީހަކަށް ދޫކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން، ކޮނޑޭ ކައުންސިލްގެ
އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާކަމަށާއި، ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބާ ނުބެހޭ ކޮންމެ
ވޯޓު ކަރުދާސްކޮޅެއްވެސް، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް
އެންމެހާ ކަންކަމުގެ ބޭނުމަށް ބެލެވެނީ، ޞައްޙަ ނޫން ކަރުދާސްކޮ
ސްކޮޅެއްގެ ގޮތުގައިކަމަށާއި، އެހެންކަމުން،
އެއީ ޤާނޫނުގައި ބުނެފައިވާފަދަ ވޯޓު ކަރުދާސްކޮޅެއް ނޫންކަމަށާއި،
22 202c
24
9އވާ 89
ހހހ2 2
0.
2x 8
އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް، އެޤާނޫނުގެ 64 ވަނަ
މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
ސަބަބެއް މެދުވެރިވެގެން ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް
ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު
އަތުވެދާނެކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެ އައްދެއްގެ އިންތިޚާބު ބާޠިލްކޮށް އަލުން
އިންތިޚާބު ބާއްވަންވާނެކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި
.ކަމަށާއި، އަދި އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި، އެޤާނޫނު ނުވަތަ އެޤާނޫނުގެ
ދަށުން ހަދާ ޤަވާޢިދާއި، ނުވަތަ އެ އިންތިޚާބަކާއިބެހޭ ޚާއްޞަ ޤާނޫނާއި، ނުވަތަ އެޤާނޫނުގެ ދަށު
ދަށުން ހަދާ
ޤަވާޢިދުތަކާ ޚިލާފަށް ޢަމަލުކުރުމަކީ އިންތިޚާބު ބާޠިލްކުރެވިދާނެ ކަމެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި،
ސަރަޙައެއ
ބ 2
0
0x
2
ގއ. ކޮނޑޭ ކައުންސިލް އިންތިޚާބުކުރުމަށް ނެގުނު ވޯޓުގައި ވޯޓުލާންދިޔަ،
ކޮނޑޭ!އާގެ، މޫސާ ޢީސާއަށް ޞައްޙަ ނޫން ވޯޓު ކަރުދާސްކޮޅެއް ދިނުމާ ގުޅިގެން، ގއ. ކޮނޑޭއަށް
ނިސްބަތްވާ ކޮންމެ މީހަކަށްވެސް، ޤާނޫނުއަސާސީން ލިބިފައިވާ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ
މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުން އޭނާ މަޙްރޫމް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 30/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ބޭ
2{14/HC-I-SH/01
6 ޤަޟިއްޔާ ނިމުނު
کی عمری
=32
ވެފައިވާކަމަށާއި، ވޯޓުލުމަށް ރަޖިސްޓްރީކުރި މީހަކަށް ނުބައި ވޯޓު ކަރުދާސްކޮޅެއް ދޫކުރުމަކީ ޤާނޫނާ
ޚިލާފު ޢަމަލެއްކަމަށާއި، އަދި ގއ. ކޮނޑޭ ކައުންސިލް އިންތިޚާބުގައި މޫސާ ޢީސާގެ ވޯޓު ނުލެވުމަކީ
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ އެކަށީގެންނުވާ އަސަރެއް ފޯރުވާކަމެއްކަން އެނގޭކަމަށާއި،
އެއީ، މިއިންތިޚާބަކީ ގއ. ކޮނޑޭ ކައުންސިލަށް 5 (ފަހެއް) މެންބަރުން އިންތިޚާބުކުރުމަށް ބޭއްވުނު
އިންތިޚާބެއް ކަމަށްވީއިރު، އަދި މިއިންތިޚާބުގައި، ފަސްވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ 2 (ދޭއް)
ކެންޑިޑޭޓުންނަށް ކަމަށްވީއިރު، އަދި އެއިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިފައިވަނީ 88 (އަށްޑިހައަށެއް)
ވޯޓު ކަމަށްވީއިރު، މި އިންތިޚާބުގެ ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން ހަވަނައަށް އެންމެ ގިނަ ވޯޓު
ލިބުނު ކެންޑިޑޭޓަކަށް ލިބިފައިވަނީ 87 (އަށްޑިހަހައެއް) ވޯޓުކަމުން، މިއިންތިޚާބުގައި ހަވަނައަށް އެންމެ
ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް ލިބިފައިވާ ވޯޓާއި ފަސްވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުންނާ
ދޭތެރޭ ހުރި ވޯޓުގެ ފަރަޤެކީ 1 (އެކެއް) ވޯޓު ކަމަށްވެފައި، އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރި
ގޮތުގެ ސަބަބުން މަދުވެފައިވާ ވޯޓުގެ ޢަދަދަކީ، މި އިންތިޚާބުގައި ހަވަނައަށް އެންމެ ގިނަ ވޯޓު ލިބުނު
ކެންޑިޑޭޓަށް ލިބިފައިވާ ވޯޓާއި ފަސްވަނައަށް އެންމެ ގިން ވޯޓު ލިބުނު ކެންޑިޑޭޓުންނާ ދޭތެރޭ ހުރި
ވޯޓުގެ ފަރަޤަށް ބަދަލު އަތުވެދާނެފަދަ ޢަދަދަކަށްވުމުގެ އިތުރުން މޫސާ ޢީސާގެ ވޯޓަކީ ފަސްވަނައަށް
އެންމެ ގިނަ ވޯޓު ލިބުނު 2 (ދޭއް) ކެންޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ލިބުނު
ވޯޓުގެ ޢަދަދަށް ބަދަލު އަތުވެދާނެ ކަމެއްކަމަށްވާއިރު، ސުވާލުއުފެދިފައިވާ ވޯޓުގެ ޢަދަދަކީ ކެންޑިޑޭޓެއްގެ
ވޯޓުގެ ފަރަޤަށް ބަދަލުއައުމުގެ ސަބަބުން ވޯޓުގެ ފައިނަލް ނަތީޖާއަށް އަސަރުކުރާނެ ޢަދަދެއްނަމަ،
އެއިންތިޚާބު ޞައްޙަކަމަކު
ފެބެލެވޭނެކަން
ކުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 42/SC
-
C/2013
ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމަށް، ޢަލީ އިބްރާހީމްގެ ފަރާތުން ބަޔާންކޮށްފައިވާކަމާއި،
2c22
އުމަށް ނުބަލަ
އަދި މީގެއިތުރުން، މި މައްސަލާގައި ބަޔާންކޮށްފައިވާ މޫސާ ޢީސާއަށް ނުބައި ވޯޓު
ކަރުދާސްކޮޅެއް ދިނުމުގެ ސަބަބުން ދިމާވި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި،
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ
ނިމުނު
44 35 33
=32
2014/HC-I-SH/tg1
تمسي کې مړی
އެޝަކުވާ ހުށަހެޅީ
ގއ. ކޮނޑޭ އިންޑިއާ ޖިހާދު ރާމިޒް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A118866) ކަމަށާއި، ޖިހާދު ރާމިޒް ހުށަހެޅި ޝަކުވާއާ ގުޅިގެން، ވޯޓު ބާޠިލްކުރަންޖެހޭ
ޤާނޫނީ ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަންބަރު 2014
/
9/NECB
/
LC
/
SJ (29 ޖެނުއަރީ
2014) ގެ "ޝަކުވާގެ ޖަވާބު" އިން ޖިހާދު ރާމީޒަށް އަންގާފައިވާކަމަށްވެސް ޢަލީ އިބްރާހީމްގެ ފަރާތުން
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
OXO
24
2. ގއ. ކޮނޑޭ:ޖޯޖެޓްވިލާ، ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި
ދާންދޫގައި ބެހެއްޓުނު ނަންބަރު P02.05.2 ވޯޓު ފޮށީގެ ކިއު ނަންބަރު ދޫކުރެވިފައިވާ ލިސްޓުން
ކޮނޑޭއާގެ، މޫސާ ޢީސާ ވޯޓު ލާފައިވަނީ ތިންވަނައަށްކަން، އެފޮށްޓަށް ވޯޓުލުމަށް
ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓުންނާއި، ކާކުކަން އަންގައިދޭ ލިޔުން ބަލާ ޗެކްކުރެވި ކިޔު ނަންބަރު
ދެވުނު ލިސްޓުން އެނގެން އޮތްކަމަށާ ދާންދޫގައި ބެހެއްޓުނު ނަންބަރު P02.05.2 ވޯޓު ފޮށީގެ
ވޯޓުލުން ހަމަޖެހިފައިވާ ގަޑިއަކީ ހެދުނު 7:30 ން 16:00 އަށްކަމަށާއި، އެފޮށީގެ ވޯޓުލާން ފެށިފައިވަނީ
ހެދުނު 7:35 ގައިކަން، "ކަންހިނގާދިޔަގޮތުގެ ރިޕޯޓު" އިން އެނގެން އޮތްކަމަށާއި، މޫސާ ޢީސާ
ވޯޓުލާފައިވަނީ ވަރަށް ހެދުނާކަން އެނގެން އޮތްއިރު، މޫސާ ޢީސާ ދީފައިވާ ބަޔާނުން އެނގޭގޮތުގައި
02 0
2ވ މ ގތ
ދޓ 2
02x
کر مل کر میری
ހަޢީ#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
8
83
2{014/HC-I-SH/01
ޤަޟިއްޔާ ނިމުނު
0x ފ ދ
މޫސާ ޢީސާއަށް ވޯޓު ލެވުނީ ދާންދޫ ދާއިރާގެ ކަރުދާހެއްގައިކަން އެނގުނީ، ގއ. ދާންދޫ ބްލޫހެވަން،
މުޙައްމަދު އާސިފް ގޮސް އެވާހަކަ އޭނާގާތު ބުނުމުން ކަމަށާއި، އޭރު އެއީ މޫސާ ޢީސާ ވޯޓުލާނިމިގެން
އައިތާ ގަޑިއެއް ހައިއިރު ފަހުން ކަން އެނގެން އޮތްކަމަށާއި، ދާންދޫގައި ބެހެއްޓުނު ނަންބަރު
P02.05.2 ވޯޓު ފޮށި ބަންދުކުރެވިފައިވަނީ 16:00 ގައިކަން އެނގެން އޮތްއިރު، މޫސާ ޢީސާ
ވޯޓުލުމުގެ ޙައްޤު ގެއްލިގެން ޝަކުވާ އުފުލާފައި ނުވާކަން މޫސާ ޢީސާގެ ބަޔާނުން އެނގެން
ންނަކަމަށާއި،
އެހެންކަމުން، ގއ. ކޮނޑޭ ދާއިރާއަށް ކުރިމަތިލީ 18 (އަށާރަ) ކެންޑިޑޭޓުންނަށް
ވޯޓުލުމުގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި އިންތިޚާބެއް ބާޠިލް ކުރެވިދާނެފަދަ އެއްވެސް ކަމެއް
ހިނގާފައި ނުވާތީއާއި، ގއ. ކޮނޑޭ)އާގޭ، މޫސާ ޢީސާގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން އޭނާ އެއްވެސް
ޝަކުވާއެއް ކޮށްފައިނުވާ ޙާލަތުގައި ޖަމާޢީ މަސްލަޙަތަށް ބަލާ މިމައްސަލާގައި ޙުކުމް ނެރެދިނުމަށް
އެކޮމިޝަނުގެ
ޝަނުގެ ފަރާތުން އެދިފައިވާކަން އެނގޭކަމެވެ
ވުމެވެ.
3. މިމައްސަލައާ ގުޅިގެން، މައްސަލަ ހުށަހަޅަމުން ގއ. ކޮނޑޭ(ޖޯޖެޓްވިލާ، ޢަލީ
އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، މިގޮތުގެމަތިން ލެވޭ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވުމުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
316471 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
،
4 3
2{14/HC-I-SH/1
9 ޤަޟިއްޔާ ނިމުނު 1
کی عمری
ދެވެ
ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް، ނުވަތަ
އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި
ބައިވެރިވުމަކީ، (ޤާނޫނޫއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތްތަކުގައި) އުމުރުން އަށާރަ
އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤެއްކަން
އެނގެންއޮތްއިރު، އެމާއްދާގައި ޙަވާލާދެވިފައިވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތައް ނެގުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި،
އެކަންތައްތަކަށް މަގުފަހިކުރުމާއި، އަދި އިންތިޚާބުތަކާއި ޚިޔާލުހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް
ހިންގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ކޮރަޕްޝަނެއް ނެތި، މިނިވަންކަމާއެކު ރައްޔިތުންނަށް
ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ، ޤާނޫނުއަސާސީގެ 167 ވަނަ
މާއްދާގެ ދަށުން އުފެދިފައިވާ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ޤާނޫނުއަސާސީގެ 170
ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި،
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހިންގައި
ބަލަހައްޓާންޖެހޭ އެންމެހާ އިންތިޚާބުތަކާބެހޭ ޢާންމު އުސޫލުތަކާއި ކަންކަން ބަޔާންކުރާ، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ބަލާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ
ދީމިޤްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން،
އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރަނިވި ގޮތުގެމަތިން ބާއްވާ އިންތިޚާބުތަކެއްކަން
އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންޖެހޭކަން، އެޤާނޫނުގެ 2 ވަނަ މާއްދާއަށް ބެލުމުން
އެނގޭކަމާއި، އަދި، އެއިންތިޚާބަކަށް ޚާއްޞަކުރެވިގެން ފާސްކުރެވިފައިވާ ޤާނޫނެއްގައި އެހެންގޮތަކަށް
ބުނެފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް
ކަނޑައަޅާނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުންކަން އެޤާނޫނުގެ 3 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު 1
2014/HC-I-SH/tg1
کی مرکی
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމާއި، އިދާރީ
ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް
ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތިން، ސިއްރުވޯޓަކުން އިންތިޚާބުކުރާ
މެންބަރުންކަމާއި، އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ
ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެކަމަށް، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)
އާއި 231 ވަނަ މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައި އޮތްއިރު، އަތޮޅު ކައުންސިލްތަކާއި ސިޓީ
ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވާ އަދި
އެއިންތިޚާބުގެ އެންމެހާ އުޞޫލުތަކާ ކަންކަން ކަނޑަޅާ ބަޔާންކުރާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން
ފާސްކޮށްފައިވާކަމާއި، އެއީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)
ކަމާއި، އެޤާނޫނުގައި ބަޔާންކޮށްފައިނުވާ ނުވަތަ އެޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް
ބަޔާންކޮށްފައިނުވާ އެންމެހާ އުޞޫލުތަކާއި ކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނީ އިންތިޚާބުތަކާބެކޭ
ޤާނޫނާ
ގޮތުގެމަތިންކަން އެޤާނޫނުގެ
ވަނަ މާއްދާގެ (ށ) އަށް ބެލުމުން
އެނގެންއޮންނަކަމާއި
ކަމާއި،
ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމުގައި ޤާނޫނުއަސާސީގެ
268 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުގެ އިތުރުން، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ
ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު
ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި،
ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، އެންމެހައި ރައްޔިތުން، ޤާނޫނުއަސާސީއަށް ޢަމަލު ކުރަން
ޤާނޫނުއަސާސީގައިވާ އެންމެހައި
ކަންތައްތަކަށް ފުރިހަމަޔަށް ކިޔަމަންވެ
ޢަމަލުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 298 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި،
/ ބ 2
(ޓހ ނށް
04
xތ ދު
رہ کر فرم
2
ފެށުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{014/HC-I-SH/01
کی مرکی
ދެވެ
11 ޤަޟިއްޔާ ނިމުނު 1
އެހެންކަމުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކާއި
ޚިޔާލުހޯދުމުގެ ޢާންމު ވޯޓުތައް ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަންޖެހޭނީ،
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި
ލިބިދެވޭނެ ގޮތެއްގެމަތިން، އެއިންތިޚާބަކަށް ޙާއްޞަކޮށްގެން އެކުލަވާލެވިފައިވާ ޤާނޫނުގެ އިތުރުން
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގޭކަމެވެ.
ec ou
ބައަވާ
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގައި އިންތިޚާބުތަކުގައި ބޭނުންކުރެވޭ ވޯޓު
ކަރުދާހުގައި ހުރުން ލާޒިމު ސިފަތަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާއިރު، އެސިފަތަށް ފުރިހަމައަށް އެކުލެވިފައިނުވާ ކޮންމެ ވޯޓު ކަރުދާހަކީ އޭގެޒާތުގައި
ބާޠިލު އެއްޗަކަށްވާނޭކަމާއި، އިސްވެމިދެންނެވުނު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އިންތިޚާބުތަކުގައި ވޯޓުދޭންވާނީ، އެއީ ކޮން އިންތިޚާބެއްގެ ވޯޓު ކަރުދާހެއްކަން
އެނގެން އޮންނަ ވޯޓު ކަރުދާހެއްގައިކަމަށް އެއަކުރުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން ލޯކަލް އިންތިޚާބުގެ ޤާނޫނުގެ ދަށުން ބޭއްވޭ ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ
ޙައްޤުލިބިފައިވާ ފަރާތްތަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރަންވާނީ އެމީހަކަށް ވޯޓުލުމަށް
ޙައްޤުލިބިފައިވާ ކައުންސިލަކަށް މެންބަރުން އިންތިޚާބުކުރުމަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވިފައިވާ
ވޯޓު ކަރުދާސްކަން އެނގޭކަމާއި،
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން، 18 ޖެނުއަރީ 2014 ވަނަ
ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ލެވުނު ވޯޓުގައި، އެރަށު
ކައުންސިލަށް މެންބަރުން ހޮވުމަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން،
ދާންދޫގައި ބެހެއްޓިފައިވާ ނަންބަރު P02.05.2 ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
12 ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-I-SH/tg1
0
<< O
ކޮނޑޭ އާގޭ، މޫސާ ޢީސާ، އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި، ގއ. ދާންދޫގައި ބެހެއްޓިފައިވާ
ނަންބަރު P02.05.2 ވޯޓު ފޮއްޓަށް ވޯޓުލާން ދިޔުމުން، އެފޮށި ބެލެހެއްޓުމާ ޙަވާލުވެތިބި،
އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ، ވޯޓުނެގުމުގެ ކަންތައްތައް ހިންގާ ބަލަހައްޓަން ތިބި
މީހުން، އޭނާ ވޯޓުލުމަށް ދޫކޮށްފައިވަނީ ދާންދޫ ދާއިރާގެ ރަށު ކައުންސިލާއި އެދާއިރާގެ އަތޮޅު
ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާހުގެ ތެރެއިން ދެކަރުދާސްކަމާއި،
އެހެންކަމުން އޭނާ ފާހަގަ ޖެހުމަށްފަހު ވޯޓު ފޮށްޓަށް ވައްޓާލާފައިވަނީ މިދެންނެވި ދެކަރުދާސްކަމާއި،
ދާންދޫގައި ބެހެއްޓިފައިވާ ނަންބަރު P02.05.2 ވޯޓުފޮށި ބެލެހެއްޓުމާ ޙަވާލުވެތިބި،
އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ، ވޯޓުނެގުމުގެ ކަންތައްތައް ހިންގާ ބަލަހައްޓަން ތިބި
މީހުންގެ ތެރެއިން ޒޫނާ އިބްރާހީމަށް އެދުވަހު ހެނދުނު
8:40 ހާކަންހާއިރު އެކަން
ފާހަގަކުރެވިފައިވާކަން، މިމައްސަލާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، ދާންދޫގައި ބެހެއްޓުނު ނަންބަރު P02.05.2
ވޯޓުފޮށްޓާއި ގުޅޭ "ކަންހިނގާދިޔަގޮތުގެ ރިޕޯޓް" އަށް ބެލުމުން އެނގެން އޮންނައިރު، އެދުވަހުގެ އެހާ
ހެނދުނުގެ ވަގުތެއްގައި، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެކަން ފާހަގަކުރެވިފައި
ވީނަމަވެސް، އެކަން ފާހަގަކުރެވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެކަން އޭނާއަށް
އަންގާފައިވާކަން ނުވަތަ އެކަން އިސްލާޙުކުރުމަށްޓަކައި އެކޮމިޝަނުގެ ފަރާތުން އެއްވެސް ފިޔަވަޅެއް
އަޅާފައިވާކަން އެނގެން ނެތްކަމާއި،
ދާންދޫގައި ބެހެއްޓިފައިވާ ނަންބަރު P02.05.2 ވޯޓު ފޮއްޓަށް މޫސާ ޢީސާ،
ލާފައިވަނީ، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި
ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުދިނުމަށް އިލެކްޝަންސް ކޮމިޝަނުން
ތައްޔާރުކޮށްފައިވާ ވޯޓުކަރުދާހެއްކަމަށް ވީނަމަވެސް، އެކަރުދާހަކީ އޭނާއަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ
ކައުންސިލަށް މެންބަރުން ހޮވުމުގެގޮތުން ވޯޓުލުމަށް އެކޮމިޝަނުން
ގއ
83
ސޭންޑީ
ހޓ 3 *0
ތައްޔާރުކޮށްފި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 8316471 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު
2014/HC-I-SH/01
گمرکی
=32
2 3ތ 2
2 4ތ
ومع مما ترتر
ރުދާހެއް ނޫންކަމާއި، އެހެން
މިހެންކަމުން، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް
ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މޫސާ ޢީސާއަށް
އެކޮމިޝަނުން ދޫކޮށްފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސިފަތަށް ފުރިހަމަވެފައިވާ ވޯޓުކަރުދާހެއްކަމަށް ނުބެލެވޭނޭކަމާއި، އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިފަތަށް ފުރިހަމަވެފައިނުވާ
ވޯޓުކަރުދާހެއް، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކަށް އިލެކްޝަންސް ކޮމިޝަނުން ދޫކުމަކީ، އަދި
އެކަން އެގޮތަށް ހިނގާފައިވާކަން އެނގޭ ހިސާބުން ފެށިގެން އެކަން އިސްލާޙުކޮށް، ޞައްޙަނޫން
ކަރުދާހެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދޫކުރުމުން އެކަރުދާހުގައި ވޯޓު ލާފައިވަނީ ކާކުކަން
ސާފުކޮށް އެނގެން އޮންނަ ޙާލަތުގައި، އޭނާގެ ފަރާތުން އިސްވެ ޝަކުވާއެއް ކޮށްފައިނުވިނަމަވެސް،
ޞައްޙަ ވޯޓުކަރުދާހެއްގައި ވޯޓުލުމުގެ ފުރުޞަތު އެމީހަކަށް ނުދިނުމަކީ، ނުވަތަ އެފުރުޞަތު އެމީހަކަށް
ލިބިގެންވާކަން އެމީހަކަށް އެންގުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ނުކުރުމަކީ، ޤާނޫނުއަސާސީގެ 26
ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤުން އެމީހަކު މަޚްރޫމްކުރެވުންކަމަށް ބަލަންޖެހޭކަމެވެ.
کم. سره
(ނ) ތިންވަނަ ކަމަކީ، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް
ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން،
ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ނެގުނު ވޯޓުގައި، އެރަށު ކައުންސިލަށް މެންބަރުން
ހޮވުމަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ދާންދޫގައި ބެހެއްޓިފައިވާ
ނަންބަރު P02.05.2 ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ، ގއ. ކޮނޑޭއާގޭ، މޫސާ
ޢީސާއަށް، ދާންދޫ ކައުންސިލް އަދި ގއ. އަތޮޅު ކައުންސިލްގެ ދަންދޫ ދާއިރާގެ ވޯޓުކަރުދާސް
"އޮޅުމަކުން" ދެވި، މޫސާ ޢީސާ އެކަރުދާހުގައި ފާހަގަޖަހައި ވޯޓުލާފައިވުމުން،
Oox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެރީތައް
44 35 23
14 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/01
و مری
ދެލި
2014 ގައި،
ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ލިބެންޖެހޭ އިންތިޚާބުގެ ޞައްޙަމަކާއި ސާފުކަން
ކަށަވަރުނުވާކަމަށާއި، ކެންޑިޑޭޓުންނަށް ލިބޭނޭ ޖުމްލަ ސާފު އަދަދު އެނގި ކަށަވަރުނުވާތީ،
ކައުންސިލާއި، ގެމަނަފުށީ ދާއިރާ އަތޮޅު ކައުންސިލްގެ ކޮނޑޭ ރަށްވެހިންގެ ވޯޓު ބާޠިލުކޮށް،
އަލުން އިންތިޚާބު ކުރިއަށް ގެނދިއުމަށް އެދި، ކޮނޑޭ !އިންޑިއާ، ޖިހާދު ރާމީޒާއި، ގއ.
ރާމިޒާއި
ކޮނޑޭ1ވައިލެޓްވިލާ، ސާޖިދާ މުޙައްމަދާއި، ކޮންޑޭ)ނޮވެމްބަރު، އާޞިފް ނަސީމް، 26 ޖެނުއަރީ
ގއ. އަތޮޅު ކޮންޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން، އިލެކްޝަންސް
ކޮމިޝަނުން ޤާއިމުކޮށްފައިވާ ޤައުމީ އިލެކްޝަންސް ކޮންޕްލެއިންޓްސް ބިއުރޯއިން އެޝަކުވާތަށް
ބެލުމަށްފަހު، " ގއ. ކޮނޑޭ ކައުންސިލާއި، ގެމަނަފުށީ ދާއިރާގެ އަތޮޅު ކައުންސިލް ހޮވުމަށްޓަކަ
ކޮނޑޭ ރަށްވެހިންލީ ވޯޓު ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން
ނިންމާފައިވާކަމުގައި" 29 ޖެނުއަރީ 2014 ގައި އެފަރާތްތަކަށް، އެބިއުރޯއިން އަންގާފައިވީނަމަވެސް،
ކޮނޑޭއާގެ، މޫސާ ޢީސާއަށް ނުބައި ވޯޓުކަރުދާހެއް ދީފައިވުމުގެ ސަބަބުން،
ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ ޖުމްލަ ޢަދަދުގެ ޞައްޙަކަން ޤާއިމު
ނުވާކަމަށާއި، އިލެކްޝަންސް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ދާންދޫބީޗްވިލާ، ޝިމްނާ
ޙުސައިން ބަލަންވާވަރަށް ނުބަލާ މޫސާ ޢީސާއަށް ނުބައި ވޯޓުކަރުދާހެއް ދީފައިވާތީ އޭނައާމެދު
އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އެޅުމަށް ދެންނެވުމަށާއި، އަދި ގއ. ކޮނޑޭ ކައުންސިލް
އިންތިޚާބުގެ ނަތީޖާގައި ވޯޓުގެ އަދަދު އެއްވަރުވެ ފަސްވަނައަށް ދެ ކެންޑިޑޭޓަކު އައިސްފައިވާއިރު،
ހަވަނައަށް އައި ކެންޑިޑޭޓާއި ފަސްވަނައަށް އައި ކެންޑިޑޭޓުންނާ ދެމެދުގައި ހުރީ 1 (އެކެއް) ވޯޓުގެ
ފަރަޤެއްކަމަށްވާތީއާއި، ގއ. ކޮނޑޭ(އާގެ، މޫސާ ޢީސާއަށް ގއ. ކޮނޑޭ ކައުންސިލަށް ވޯޓުލުމުގެ
ފުރުޞަތު ލިބުނުނަމަ، އެދާއިރާގެ ނަތީޖާ ބަދަލުވުމުގެ ފުރުޞަތު އޮތަތީ، އެދާއިރާގެ އިންތިޚާބު
ބާޠިލުކޮށް، އެއިންތިޚާބު އަލުން ބޭއްވުމަށް އެބިއުރޯގެ އިއްތިފާޤުން ނިންމާފައިވާކަން، މިމައްސަލައާ
2 2x
15
13
20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A1647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު
2014/HC-I-SH/1
کی عمری
ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ޤައުމީ އިލެކްޝަންސް
ކޮމްޕްލެއިންޓްސް ބިއުރޯގެ "ޝަކުވާ ނިމުނުގޮތުގެ ރިޕޯޓު" އިން އެނގެން އޮންނަކަމެވެ.
45
ކޮނޑޭ
(ރ) ހަތަރުވަނަ ކަމަކީ، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް
ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން،
ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ލެވުނު ވޯޓުގެ ރަސްމީ ނަތީޖާއަށް ބަލާއިރު،
އެކައުންސިލަށް ކުރިމަތިލާފައިވާ 18 (އަށާރަ) ކެންޑިޑޭޓުންގެ ތެރެއިން އެއްވަނައަށް ގޮސްފައިވާ
ކެނޑިޑޭޓަށް ލިބިފައިވަނީ 111 (ސަތޭކައެގާރަ) ވޯޓުކަމާއި، ދެވަނައަށް ގޮސްފައިވާ ކެނޑިޑޭޓަށް
ލިބިފައިވަނީ 98 (ނުވަދިހައަށެއް) ވޯޓުކަމާއި، ތިންވަނައަށް ގޮސްފައިވާ ކެނޑިޑޭޓަށް ލިބިފައިވަނީ 91
(ނުވަދިހައެކެއް) ވޯޓުކަމާއި، ހަތަރުވަނައަށް ގޮސްފައިވާ ކެނޑިޑޭޓަށް ލިބިފައިވަނީ 89
(އަށްޑިހަނުވައެއް) ވޯޓުކަމާއި، ފަސްވަނައަށް ދެ ކެންޑިޑޭޓަކު ގޮސްފައިވާކާއި، އެ ދެ
ކެންޑިޑޭޓުންނަށްވެސް ލިބިފައިވަނީ 88 (އަށްޑިހައަށެއް) ވޯޓުކަން، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު
2014143-A
)
CA) އިޢުލާނުން އެނގެން އޮތްއިރު، އެއިންތިޚާބުގައި ހަވަނައަށް އެންމެ ގިނައިން ވޯޓު
ލިބިފައިވާ ކެންޑިޑޭޓަށް ލިބިފައިވަނީ 87 (އަށްޑިހަހަތެއް) ވޯޓުކަންވެސް އެއިޢުލާނުން އެނގޭކަމާއި، މިއީ
ފަސްވަނައަށް ގޮސްފައިވާ ދެ ކެންޑިޑޭޓުންނާ 1 (އެއްކެއް) ވޯޓުގެ ފަރަޤެއްކަމާއި،
އިންތިޙާބެއްގެ ރަސްމީ ނަތީޖާ އިޢުލާނުކޮށްފައިވަނިކޮށް، އެޤާނޫނުގެ 64 ވަނަ
މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
މެދުވެރިވެގެން ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް
ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު
އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލްކޮށް އަލުން
އިންތިޚާބު ބާއްވަންވާނެކަމަށް، އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި
ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
2{014/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ
16 ޤަޟިއްޔާ
ނަންބަރުގައި
3 2 04c
.
ގއ. ކޮނޑޭއާގޭ،
ބަޔާންކޮށްފައިވާކަމާއި، އަދި އެޤާނޫނު ނުވަތަ
އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި، ނުވަތަ
އެއިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި، ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާއި ޚިލާފަށް
ޢަމަލުކުރުމަކީ އިންތިޚާބު ބާޠިލްކުރެވިދާނެ ކަމެއްކަމަށް އެއަކުރުގެ ތިންވަނަ
ބަޔާންކޮށްފައިވާކަމާއި،
ގއ. ކޮންޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ގައި
އިންތިޚާބުގައި ކަންހިނގާފައިވާ ގޮތާއި، އެއިންތިޚާބުގެ ނަތީޖާގެ މައްޗަށް، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، ޖުމްލަގޮތެއްގައި ބަލާއިރު،
ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ނެގުނު ވޯޓުގައި، އެރަށު ކައުންސިލަށް
މެންބަރުން ހޮވުމަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގއ. ދާންދޫގައި
ބެހެއްޓިފައިވާ ނަންބަރު P02.05.2 ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ،
މޫސާ ޢީސާއަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ދޫކޮށްފައިވާ ވޯޓު ކަރުދާހަކީ، އޭނާއަށް
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ދާއިރާއަށް ވޯޓުލުމަށް ތައްޔާރުކުރެވިފައިވާ ވޯޓުކަރުދާސް ނޫންކަމުން،
އެކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާއާ
ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާކަމެއްކަމަށް ބަލަންޖެހޭކަމާއި، އަދި، އޭނާގެ ފަރާތުން
އިސްވެ ޝަކުވާއެއް ކޮށްފައިނުވީނަމަވެސް، އެކަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް
ފާހަގަކުރެވުނު ހިސާބުން، އެކަން އިސްލާޙުކޮށް، ޞައްޙަ ވޯޓުކަރުދާހެއްގައި ވޯޓުލުމުގެ ފުރުޞަތު
ދީފައިވާކަން، ނުވަތަ އެފުރުޞަތު އޭނާއަށް ލިބިގެންވާކަން އޭނާއަށް އެންގުމަށްޓަކައި އެއްވެސް
މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާކަން އެނގެން ނެތުމުން، ޤާނޫނުއަސާސީގެ 26
ވަނަ މާއްދާއިން މޫސާ ޢީސާއަށް ކަށަވަރުކޮށްދީފައިވާ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤުން އޭނާ މަޚްރޫމްކުރެވިފައިވާކަމަށް ބަލަންޖެހޭކަމާއި،
OX >
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު
2014/HC-I-SH/01
و مری
OLC
ﷲއ.
د. سری
ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ލެވުނު ވޯޓުގެ
ރަސްމީ ނަތީޖާއަށް ބަލާއިރު، އެކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު
ފަސްވަނައަށް ގޮސްފައިވާއިރު، ހަވަނައަށް އެންމެގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ފަސްވަނައަށް އެންމެ
ގިނައިން ވޯޓުލިބިފައިވާ ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަޤަކީ 1 (އެކެއް) ވޯޓުކަމުން، ގއ.
ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވުނު ވޯޓުގައި ބައިވެރިވުމަށްޓަކައި، އޭނާ ދިރިއުޅޭ
ދާންދޫގައި ބެހެއްޓިފައިވާ ނަންބަރު P02.05.2 ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވުމަށްފަހު، ވޯޓުލީ
ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ވޯޓުލާން ހާޒިރުވެފައިވާ މޫސާ ޢީސާއަށް،
ކައުންސިލަށް ވޯޓުލުމުގެ ފުރުޞަތު ލިބުނުނަމަ، އެދާއިރާގެ ނަތީޖާ ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް
ޤަބޫލުކުރެވޭކަމާއި،
މިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، 18 ޖެނުއަރީ
2014 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ނެގުނު ވޯޓުގައި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކޮށްފައިވާކަމާއި، އަދި
އެކަމުގެ ސަބަބުން އެއިންތިޚާބުގެ ނަތީޖާއަށް އަކަށީގެންނުވާ އަސަރެއް ފޯރާ، އިންތިޚާބުގެ ނަތީޖާއަށް
ބަދަލުއަތުވެދާނެފަދަ ޙާލަތެއް ވުޖޫދުވެފައިވާކަމަށް ބަލަންޖެހޭކަމެވެ.
4 · ބ ގ 2
2
އެހެންކަމުން،
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތައް ހުރުމުން، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ
މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މިމައްސަލާގައި، މައްސަލަ ހުށަހެޅި ގއ.
ނޑޭފޓޯޖެޓްވިލާ، ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ ކަންކަމަށާއި،
އެކަންކަމުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 316471+
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު
2014/HC-I-SH/tg1
همسر کی مری
ދެވެ
ކަންކަމަށާއި، ޤާނޫނުއަސާސީއަށާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އިސްވެދެންނެވިފައިވާ
ކަންކަމަށް ބަލާއިރު، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި
ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން
ހޮވުމަށް ބޭއްވުނު އިންތިޚާބަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ބާޠިލު
އިންތިޚާބެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅަންޖެހޭކަމަށެވެ.
ouc
4 ﷲ4
0
2 / ތފ2 24
3
އިސްވެފާހަގަކުރެވުނު
22
2 ދ9 ހ
/ރކު 1.3
01ރވަން
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، 18 ޖެނުއަރީ 2014 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި
ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް
މެންބަރުން އިންތިޚާބުކުރުމަށްޓަކައި ނެގުނު ވޯޓުގައި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) ގެ 36 ވަނަ މާއްދާއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކޮށްފައިވާކަމަށާއި،
އެކަމުގެ ސަބަބުން ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ނެގުނު ވޯޓުގައި
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮނޑޭ(އާގޭ، މޫސާ ޢީސާއަށް ޤާނޫނުއަސާސީގެ 26 ވަނަ
މާއްދާއިން ލިބިދީފައިވާ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު
ދިނުމުގެ ޙައްޤުން އޭނާ މަޚްރޫމްކުރެވުމުގެ އިތުރުން، އެއިންތިޚާބުގެ ނަތީޖާއަށް އަކަށީގެންނުވާ އަސަރެއް
ފޯރާ، އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަތުވެދާނެފަދަ ޙާލަތެއް ވުޖޫދުވެފައިވުމާއެކު، 18 ޖެނުއަރީ 2014
ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ތެރެއިން، ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބަކީ،
13
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
2{14/HC-I-SH/1
ޤަޟިއްޔާ ނިމުނު ގޮތުގެ
ޤަޟިއްޔާ
F
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ބާޠިލު އިންތިޚާބެއްކަމަށް، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، 18 ޖެނުއަރީ
2014 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބަކީ ބާޠިލު
އިންތިޚާބެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި،
ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)
އާއި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާ އެއްގޮތްވާ
Ox04
ގޮތުގެމަތިން، އަލުން އިންތިޚާބު
ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
ދިx99
އަމުރުކޮށް،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ވިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
،ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv