ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/06 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-K06
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ. 06/HC
-
I
-
K/2011
މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• މައްސަލަ ރައްދުވި ފަރާތް:
ނަން: އަޙްމަދުﷲ ޖަމީލު
އައިޑީ ކާޑު ނަންބަރ: A119460
* ދާއިމީ އެޑްރެސް: ގއ. ދެއްވަދޫ ކާރިނޭޝަންގެ
މިހާރުގެ އެޑްރެސް: މއ. އިޒްމިޔާން
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 16 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011HC-I-K06
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، 5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011
ގައި ވޯޓު ލުމަށް ވިލާ ކޮލެޖުގައި ބަހައްޓާފައިވާ ގއ. އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަ
ޖެހުމަށްފަހު ފާހަގަ ޖެހިގޮތް އެނގޭނެ ގޮތަށް އަޙްމަދުﷲ ޖަމީލު ވޯޓު ކަރުދާސްކޮޅު ފޯނުން ވީޑިއޯ ކޮށްފައިވާ
ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 75 ވަނަ މާއްދާއާ ޙަވާލާދީ އެމާއްދާގެ
(ނ) ގެ ދަށުން ވޯޓުލާ ސަރަޙައްދުގައި ވީޑިއޯ ކުރުމުގެ ކުށުގެ ދަޢުވާ ގއ. ދެއްވަދޫ ކާރިނޭޝަންގެ
އަޙްމަދުﷲ ޖަމީލު (މއ. އިޒްމިޔާން) ގެ މައްޗަށް ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
#
ފާހަގަކުރެވުނު ނުކުތާތައް:
OLC
01-
5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި
ވޯޓު ލުމަށް ވިލާ ކޮލެޖުގައި ބަހައްޓާފައިވާ ގއ. އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަ
ޖެހުމަށްފަހު ފާހަގަ ޖެހިގޮތް އެނގޭނެ ގޮތަށް އަޙްމަދުﷲ ޖަމީލު ވޯޓު ކަރުދާސްކޮޅު ފޯނުން ވީޑިއޯ ކޮށްފައިވާ
ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ރ)
އަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 75 ވަނަ މާއްދާއާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން، ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން، ގއ. ދެއްވަދޫ! ކާރިނޭޝަންގެ އަޙްމަދުﷲ ޖަމީލު (މއ. އިޒްމިޔާން) ގެ މައްޗަށް
ވޯޓުލާ ސަރަޙައްދުގައި ވީޑިއޯ ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.
02- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ރ)
އަށް ބަލާއިރު، އެއަކުރުގައި ވޯޓުލާން އަންނަ މީހަކު ވޯޓުލާ ސަރަޙައްދުގައި އެއްވެސް ޙާލެއްގައި އަދި
އިއްވެސް ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެހެންވެސް ވަސީލަތެއް ބޭނުން
ކޮށްގެން ފޮޓޯ ނެގުމާއި މަންޒަރާއި އަޑު ރެކޯޑު ކުރުމަކީ މަނާކަމެކެވެ.] މިފަދައިން ބަޔާންކޮށްފައިވެއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K06
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
03- ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދުﷲ ޖަމީލުގެ މައްޗަށް ކުރި، ވޯޓުލާ
ސަރަޙައްދުގައި ވީޑިއޯ ކުރުމުގެ ކުށުގެ ދަޢުވާއަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސާފު ބަހުން
އަޙްމަދުﷲ ޖަމީލު އިޢްތިރާފުވެފައިވެއެވެ.
04- އަޙްމަދުﷲ ޖަމީލު ކޮށްފައިވާ ކަމަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ރ) އިން މަނާކޮށްފައިވާ ކަމަކަށްވެފައި، އެޤާނޫނުގެ 74 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، އެޤާނޫނުގައި ނުވަތަ އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނެއްގައި ކޮށްގެން
ނުވާނެ ކަމަށް ބުނެފައިވާ ކަމެއް ނުވަތަ ކުރުން މަނާ ކަމެއް ކޮށްފި މީހަކު، ނުވަތަ ވަކި ގޮތަކަށް ކުރުމަށް
ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު، ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރިވާނެ ކަމަށް
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާއިރު، މި މާއްދާގެ މި
އަކުރުގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 6
(ހައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 6000.00ރ.
(ހަހާސްރުފިޔާ) އާއި 24000.00 (ސައްވީސްހާސްރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުންކަން
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) އިން އެނގެން އޮވެއެވެ.
05- ޢުޤޫބާތެއްގެ ގޮތުން ކުރާ ޖޫރިމަނާއަކީ 1000.00ރ. (އެއްހާސް ރުފިޔާ) އަށްވުރެ ބޮޑު
ޢަދަދެއްނަމަ އެފައިސާ ދެއްކުމަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ޝަރީޢަތުން ކަނޑައެޅުމަށް
”ޝަރީޢަތް ކުރުމާބެހޭ ހެދިފައިވާ ގަވާއިދު 6] ގެ 63 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވެއެވެ.
ރުމާބެހޭގެތުން
09!
އެވެ
ދެންފަހެ، އިސްވެފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، 5 ފެބުރުއަރީ
2011 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ވޯޓު ލުމަށް ވިލާ ކޮލެޖުގައި
ބަހައްޓާފައިވާ ގއ. އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށްފަހު ފާހަގަ ޖެހިގޮތް
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-K06
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނގޭނެ ގޮތަށް ވޯޓު ކަރުދާސްކޮޅު ފޯނުން ވީޑިއޯ ކުރިކަން ގއ. ދެއްވަދޫ ކާރިނޭޝަންގެ އަޙްމަދު
ޖަމީލު (މއ. އިޒްމިޔާން) ގެ އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާ
މިބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 75 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަޙްމަދުﷲ ޖަމީލު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އަދަބެއްގެ ގޮތުން،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން،
އަޙްމަދުﷲ ޖަމީލު 12000.00ރ. (ބާރަހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު (2011 މާޗް
16 ވަނަ ދުވަހު) ން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ
ޚަލާޞްކުރުމަށް އަޙްމަދުﷲ ޖަމީލަށް އަންގާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv