ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/89 ޤަޟިއްޔާގެ ޙުކުމް
l
2{015/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ﷲގަނތަ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 89/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޒާހިރު އާދަމް
ކާޑު ނަންބަރު: A043491
ދާއިމީ އެޑްރެސް
އެޑްރެސް: ދަފްތަރު ނަންބަރު 1578
މިހާރުގެ އެޑްރެސް: މއ.
.. އާޕިއާ / ކ. މާލެ
44
#
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކ. ގުރައިދޫ ކައުންސިލްގެ އިދާރާ
*ރަޖިސްޓްރީ ނަންބަރު
ބަރު-
*ދާއިމީ އެޑްރެސް:ކ. ގުރައިދޫ ކައުންސިލްގެ އިދާރާ
*މިހާރުގެ އެޑްރެސް ކ.ގުރައިދޫ ކައުންސިލްގެ އިދާރާ
• ރަޖިސްޓްރީ ތާރީޚް: 12 ޖުމާދަލްއާޚިރު 1436"
02 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 27 މުޙައްރަމް 1439
17 އޮކްޓޯބަރު 2017
•
ގުރައިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު
4
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:
2013/H-13-C/11 ޤަޟިއްޔާ
• ނިންމެވި ފަރާތް: ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 18.02.2013
ނިމުނު ތާރީޚް: 11.08.2014
ދިވެހިރާއްޖެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިސްފަނޑިޔާރު އަބްދުﷲ ދީދީ
(ރިޔާސަތު)
ދިވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ;
.
މިއީ، ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H
-
13
-
C/11 ޤަޟިއްޔާ، އެ ކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 1578، ޒާހިރު އާދަމްގެ
ފަރާތުން ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު
744
ޤަޟިއްޔާއެކެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. ގުރައިދޫ ކައުންސިލްގެ އިދާރާއެވެ.
...ދ
ވެސް4
[1
#
އިސްތިއުނާފު ކުރެވޭ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/H
-
13
-
C/11 ޤަޟިއްޔާގައި ގުރައިދޫ ކުރީގެ ރަށު އޮފީހުން (މިހާރު ކައުންސިލްގެ އިދާރާއިން)
މ. ބީޗްކޯނަރ ޒާހިރު އާދަމްއަށް އޮޑި، ދޯނި، ބޯޓު ފަހަރު ބަނދެ، މަރާމާތުކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގެ
އެގްރީމަންޓްގެ މުއްދަތު 14 ސެޕްޓެމްބަރު 2003 އަކަށް ހަމަވުމާއި ގުޅިގެން އެ ބިން ހުސްކޮށް އެ ބިން
ކައުންސިލްގެ އިދާރާއަށް ޙަވާލުނުކޮށް ކުލި ބޮޑުކުރުމުން ކުލިވެސް ނުދައްކައިގެން 2011 ޖޫން 1 ން ފެށިގެން
(ބޮޑުކުއްޔާއެކު) އެހާތަނަށް މި ބިމުގެ ކުލީގެ ފައިސާ ޒާހިރު އާދަމް އަތުން ކ. ގުރައިދޫ ކައުންސިލްގެ
އިދާރާއަށް ލިބިދިނުން އެދި ކ. ގުރައިދޫ ކައުންސިލްގެ އިދާރާއިން ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "އިސްވެދިޔަ ވާހަކަތަކާއި ނުކުތާތަކަށް ރިޢާޔަތްކުރާއިރު
ގުރައިދޫ ކައުންސިލްގެ އިދާރާއިން ދައުވާކުރާ ކ. ގުރައިދޫ ކައުންސިލްގެ އިދާރާއިން މ. ބީޗްކޯނަރ ޒާހިރު
އާދަމް ކުއްޔަށް ހިފާފައިވާ ބިމު ކުއްޔަށް މިހާތަނަށް ބޮޑުކުރި އަދަދާއިއެކު ދައްކަންޖެހޭ (ކުލި ނުދައްކައިގެންވާ
ޖޫރިމަނާއާ އެއްކޮށް ދައްކަންޖެހޭ) ޖުމްލަ -/
2778075ރ. (ދެމިލިއަން ހަތްލައްކަ ހަތްދިހަ އަށްހާސް
ފަސްރުފިޔާ) އަކީ މ.
ބީޗްކޯނަރ ޒާހިރު އާދަމް ކ. ގުރައިދޫ ކައުންސިލްގެ އިދާރާއަށް ދައްކަ
#
$?
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
.ވެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/89
ފައިސާއެއްކަމަށް ކަނޑައަޅައި މި ފައިސާ 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ކ. ގުރައިދޫ ކައުންސިލްގެ
އިދާރާއަށް ދައްކާ ޚަލާސްކުރުމަށާއި، 2014 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ގުރައިދޫ ކައުންސިލްގެ
އިދާރާއިން އެ ބިމާއި ޙަވާލުވުމަށް ކ. ގުރައިދޫ ކައުންސިލްގެ އިދާރާއަށް އަންގާ ޙުކުމްކޮށް..." މައްސަލަ
ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/R
-
13
-
C/11 ޤަޟިއްޔާ، އެ
ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 1578، ޒާހިރު
އާދަމްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
0 ދ ތ07
ނޭނ00ނ
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން
އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އަދާކޮށް ޚަލާސްކުރަންޖެހޭ ފައިސާގެ
އަދަދުތެރެއަށް ކ. ގުރައިދޫ ކައުންސިލްގެ އިދާރާއިން އިސްތިއުނާފުކުރާ ފަރާތް ކުއްޔަށް ހިފާފައިވާ (ބިމުގެ) ބިމު
މިހާނަތަށް ބޮޑުކުރި އަދަދު އަދި ޖޫރިމަނާ ހިސާބުކޮށް ފައިސާއަކީ އިސްތިއުނާފުކުރާ
ފަރާތުން އަދާކޮށް ޚަލާސްކުރަންޖެހޭ ފައިސާއެއްކަމަށް އެއްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
22 ހއ
އެއްކޮށް
ޑތ ތ 30 ފ
އެއްބަސްވުމުގެ
ދެވަނަ ނުކުތާއަކީ، counter offer ގެ ޤާނޫނީ މަދައު އާއި އެއްބަސްވުމުގެ ދަށުން
މުގައި ހިމެނޭ ފަރާތްތައް އަމަލުކުރުމުން (implied acceptance) ގެ ޤާނޫނީ މައްދައަށް
ރިޢާޔަތްކުރުމެއް ނެތި ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އަމަލުން ރުހުން
ދެއްކިފައިވާކަމަށް ނިންމަވާ ހުކުމްކުރައްވާފައިކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2{15/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(3
OU OO
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H
-
13
-
C/11
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި
މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޒާހިރު އާދަމްއާއި ގުރައިދޫ އޮފީހާ ދެމެދު އޮޑި ދޯނި، ޔޮޓް، ބޯޓު
ފަހަރު ބަނދެ މަރާމާތުކުރުމާއި، އެ މަސައްކަތަށް ބޭނުންވާ ވާރކް ޝޮޕާއި، އެ މަސައްކަތުގައި އުޅޭ މީހުން
އުޅުމަށްޓަކައި 1998 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މީލާދީ 05 (ފަހެއް)
އަހަރުގެ މުއްދަތަކަށް ކ. ގުރައިދޫން ބިމެއް ކުއްޔަށް ދިނުމަށްޓަކައި އެއްބަސްވުމެއްވެފައިވާކަމާއި، ބުނެވުނު
އެއްބަސްވުމުގެ މުއްދަތު 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް
ހަމަވެފައިވުމާއެކު، ބިން ހުސްކޮށްދިނުމަށް އެދި ކ. ގުރައިދޫ އޮފީހުން ޒާހިރު އާދަމްއަށް އެތައް ފަހަރެއްގެ
މަތިން އަންގާފައިވާކަމާއި،
ނަމަވެސް، ޒާހިރު އާދަމްގެ ފަރާތުން ބުނެވުނު އެންގުންތަކަށް އިޖާބަދީފައިނުވާތީ، އެ ކަން
ބަލައިދިނުމަށް އެދި މަދަނީ ކޯޓުގެ 2008/MC/239 ޤަޟިއްޔާއިން ދަޢުވާކުރުމުން ދެ ފަރާތު ދެމެދުގައިވާ
އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަމާއި، އަދި ބުނެވުނު ހުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 220/HC
-
A/2008 ޤަޟިއްޔާއިން ތާއީދު ކުރައްވައި މައްސަލަ
ނިންމަވާފައިވާކަން އެނގެންއޮންނަކަމާއި،
ޒާހިރު އާދަމްގެ ފަރާތުން ބުނެވުނު ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު
ކުރިކަމާއި، އިޝާރާތްކުރެވުނު އެ ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދަނިކޮށް މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ
ނަންބަރު 2011
/
04-338 ޤަރާރުން އެ އިދާރާއާއި ބިން ހަވާލުކުރަންދެން 2011 ޖޫން 01 ވަނަ ދުވަހުން
ފެށިގެން ކޮންމެ މަހަކު އާދަމް ޒާހިރު ކުއްޔަށް ހިފާފައިވާ ބިމުގެ އަކަފޫޓަކަށް -/3ރ. (ތިނެއް ރުފިޔާ)
ރޭޓުން 22500 އަކަފޫޓަށް މަހަކު -/67500ރ. (ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) ގެ
ދިވެހިރާއްޖޭގެ
&&
8g
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{015/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިސާ ދަންކަންޖެހޭނެކަމަށާއި، އެ މަހެއްގެ ފައިސާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން
ދައްކަންވާނެކަމަށާއި، އެ ފައިސާ ނުދައްކައިފިނަމަ ދެން އެ ފައިސާ ބަލައިގަނެވޭނީ ކޮންމެ މަހަކު ދައްކަންޖެހޭ
ޖުމްލަ ފައިސާގެ %10 ޖޫރިމަނާއާ އެކުގައިކަމަށާއި، އަދި އެހާތަނަށް ޒާހިރު އާދަމް ނުދައްކާ ހުރި މަހު ކުލީގެ
ފައިސާއާއި ޖުރިމަނާ ފައިސާއަށް -/
30825ރ. (ތިރީސްހާސް އަށް ސަތޭކަ ފަންސަވީސް ރުފިޔާ) 01 ޖުލައި
2011 ގެ ކުރިން އެ އިދާރާއާ ޙަވާލުކުރުމަށް ޒާހިރު އާދަމްއަށް އެންގުމަށް ކައުންސިލްގެ އިއްތިފާޤުން
ފާސްކޮށްފައިވާކަން އެނގެންއޮންނަކަމާއި،
އަދި އެކަން އަންގައި މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 338
/
2011
/
02-C
(15 މެއި 2011) ސިޓީ ޒާހިރު އާދަމްއަށް ފޮނުވާފައިވާކަން އެނގެންއޮންނަކަމާއި، އެހެންނަމަވެސް، ބިން
ކައުންސިލްގެ އިދާރާއާ ޙަވާލުކޮށްފައިނުވާތީއާއި ބިމުގެ ކުލި ބޮޑުކުރުމުން ކުލީގެ ފައިސާވެސް ދައްކާފައިނުވާތީ،
2011 ޖޫން 01 ން ފެށިގެން ބިމުގެ ކުލި ގުރައިދޫ ކައުންސިލްގެ އިދާރާއަށް ލިބިދިނުމަށްއެދި
އިސްތިއުނާފުކުރެވޭ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/R-13-C/11 ޤަޟިއްޔާގައި ޒާހިރު
އާދަމްގެ މައްޗަށް ކ. ގުރައިދޫ ކައުންސިލްގެ އިދާރާއިން ދައުވާކޮށްފައިވާކަން އެނގެންއޮންނަކަމާއި، އަދި އޭގެ
ފަހުން 02 ޖޫން 2011 ގައި ޒާހިރު އާދަމްގެ ފަރާތުން އިސްތިއުނާފު ކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 22/SC
-
A/2010 ޤަޟިއްޔާގައި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމަވާފައިވާކަން
#
އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ
މުއްދަތު 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިފަހުން، އެ ބިން
ހުސްކޮށްދިނުމަށް އެދި ކ. ގުރައިދޫ އޮފީހުން ޒާހިރު އާދަމްއަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން
އަންގާފައިވީނަމަވެސް ޒާހިރު އާދަމްގެ ފަރާތުން ގުރައިދޫ އޮފީހުގެ އެއްވެސް އެންގުމަކަށް އީޖާބަނުދީ
މުއްދަތު ހަމަވެފައިވާ 1998 ގެ އެއްބަސްވުމުގައިވާ ކުލި 8 (އަށެއް) އަހަރަށްވުރެ ގިނަ ދުވަސްވަރެ
ދައްކަމުން އައިސްފައިވާކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/89
ޒާހިރު އާދަމްގެ ފަރާތުން ބުނެވުނު އެއްވެސް އެންގުމަކަށް އިޖާބަ ދީފައިނުވާތީ، މާލެއަތޮޅު
ގުރައިދޫ ކައުންސިލްގެ ނަންބަރު 2011
/
04-338 ޤަރާރުން އެ އިދާރާއާއި ބިން ހަވާލުކުރަންދެން
2011 ޖޫން
01 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު ޒާހިރު އާދަމްއަށް ކުއްޔަށް މަހަކު -/
67500ރ. (ފަސްދޮޅަސް
ހަތްހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން ފައިސާ ދަންކަންޖެހޭނެކަމަށާއި، އެ މަހެއްގެ ފައިސާ ޖެހިގެން އަންނަ
މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ އެ ފައިސާ ބަލައިގަނެވޭނީ ކޮންމެ މަހަކު ދައްކަންޖެހޭ ޖުމްލަ
ފައިސާގެ %10 ޖޫރިމަނާއާއެކު ކަމަށް ނިންމަވާ، އެކަން ޒާހިރު އާދަމްއަށް
ހޯދަމްއަށް އަންގާފައިވާކަން
ގެންއޮންނައިރު،
އަނގނހރނނއރ،
ބުނެވުނު އެންގުމަކީ
?/4(02 ހދ#
ހނހޅު9އކެP
OX OLC
90
198
އެކަމަށާއި، އަދި އެ ހުށަހެޅުމަށް ޒާހިރު އާދަމްގެ ފަރާތުން
އިންކާރުކޮށް ނެގޯޝިއޭޓްކޮށްފައިވާކަމަށް ޒާހިރު އާދަމްގެ ފަރާތުން ބުނެފައިވީނަމަވެސް، ބުނެވުނު އެ ނިންމުމަކީ
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ ނަންބަރު 2011
/
04-338 ޤަރާރުން ނިންމި ނިންމުމެއްކަމާއި، އެ ނިންމުމަކީ
ހުށަހެޅުމެއްނޫންކަން ބުނެވުނު ނިންމުމަށް ބެލުމުން އެނގެންއޮންނައިރު، 15 މެއި 2011 ގައި މާލެއަތޮޅު
ގުރައިދޫ ކައުންސިލްގެ އިދާރާއިން ޒާހިރު އާދަމްއަށް ފޮނުވި ސިޓީއަކީ އެ ނިންމުމަށް އަމަލުކުރުމަށް އަންގާ
ފޮނުވި ސިޓީއެއްކަން އިޝާރާތްކުރެވުނު އެ ސިޓީއަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި ޒާހިރު އާދަމްގެ
ފަރާތުން ބުނާ ފަދައިން އެއްވެސް އިޚްތިޔާރެއް ދީފައިވާކަން ބުނެވުނު ނިންމުމަށް ބެލުމުން އެނގެންނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2010
ޤަޟިއްޔާގައި ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދެވިފައިވާ މުއްދަތު ހަމަވުމާއި
ގުޅިގެން އެގްރިމަންޓް ނިމުމަކަށް އައިސްފައިވާކަމަށާއި، އެ ތާރީޚުން ފެށިގެން އެ ބިމުގައި ޒާހިރު އާދަމްއަށް އޮތް
ޙައްޤު ނިމުމަކަށް އަންނާނެކަމަށް ޙުކުމްކުރައްވާފައިވާކަން އެނގެންއޮތްނަމަވެސް، ބުނެވުނު ހުކުމަށްފަހުވެސް
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއި ބިން ހަވާލުނުކޮށް ޒާހިރު އާދަމް އެ ބިން ބޭނުންކުރަމުން
އައިސްފައިވާކަމާއި،
2 4ތ3x
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2015/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Oxo
ޒާހިރު އާދަމްގެ ފަރާތުން އެ ބިމަށް ދައްކަންޖެހޭ ކުއްޔަކީ 1998 ގައި ވެވުނު އެއްބަސްވުމުގެ
ދަށުން ދައްކަންޖެހޭ ކުލި ކަމަށާއި، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއިން އެ ކުލަ ބަލައި ގަންނަމުން
އައިސްފައިވާތީ ދެ ފަރާތު ދެމެދު އެއްބަސްވުމެއް ވެވިފައިވާކަމަށް ބުނެފައިވީނަމަވެސް، ކުރިންވެސް
ޝާރާތްކުރެވުނު ފަދައިން ޒާހިރު އާދަމްގެ ފަރާތުން އެ ބިން ބޭނުންކުރަމުން އައީ ކ. ގުރައިދޫ އޮފީހުން އެ
ބިން ހުސްކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިޖާބަ ނުދީ އެ ފަރާތުގެ ނުރުހުމުގައިކަން
އެނގޭކަމާއި، އަދި އެއިން ހަވާލުނުކޮށްގެން މައްސަލަ ކޯޓަށް ހުށަހެޅުމުން 1998 ގެ އެއްބަސްވުމުގެ ދަށުން
ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވެފައިވާކަމަށާއި، އަދި ޒާހިރު އާދަމްގެ ހައްޤެއް އެ ހިސާބުން އެ ބިމުގައި
ނެތްކަމަށް ޙުކުމްކުރައްވާފައިވާކަން އެނގެންއޮންނަކަމާއި،
ޒާހިރު އާދަމްގެ ފަރާތުން މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާ ބިން ހަވާލުނުކޮށް އެ ބިން
ބޭނުންކުރަމުންދާތީ، އެ އިދާރާއާ ބިން ހަވާލު ކުރަންދެން 2011 ޖޫން 01 ވަނަ ދުވަހުން ފެށިގެން ކޮންމެ
މަހަކު ޒާހިރު އާދަމް ކުއްޔަށް މަހަކު -/67500ރ. (ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން
ފައިސާ ދަންކަންޖެހޭނެކަމަށާއި، އެ މަހެއްގެ ފައިސާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން
ނުދައްކައިފިނަމަ އެ ފައިސާ ބަލައިގަނެވޭނީ ކޮންމެ މަހަކު ދައްކަންޖެހޭ ޖުމްލަ ފައިސާގެ %10 ޖޫރިމަނާއާއެކު
ކަމަށް 15 މެއި 2011 ގައި އަންގާ ޒާހިރު އާދަމްއަށް މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއިން
އަންގާފައިވީނަމަވެސް، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއިން ދެއްކުމަށް ޒާހިރު އާދަމްއަށް އެންގި
އަދަދާއި އަދި ޖޫރިމަނާ ފައިސާ ޒާހިރު އާދަމްގެ ފަރާތުން ދައްކާފައިނުވާކަން އެނގެންއޮންނަކަމާއި،
ޒާހިރު އާދަމްގެ ފަރާތުން 15 ސެޕްޓެމްބަރު 1998 ގައި ސޮއިކުރެވުނު އެއްބަސްވުމުގައި
އެއްބަސްވެފައިވާ ކަންތައްތަކަށް ބަދަލުގެނެސް އަލުން އެހެން އެއްބަސްވުމެއް ހަދާފައިނުވާކަމަށާއި، އެހެން
އެހެންކަމުން،
2003 ސެޕްޓެމްބަރު މަހުން ފެށިގެން 2013 ނޮވެމް
ވެމްބަރު މަހާ ހަމައަށް ޒާހިރު އާދަމްގެ ކިބައިން ނެގޭނެ މަހު
ކުއްޔަކީ 15 ސެޕްޓެމްބަރު 1998 ގައި ސޮއިކުރެވުނު އެއްބަސްވުމުގައިވާ ކުލިކަމަށް ބުނެފައިވީނަމަވެސް،
2003 ގައި ވެވުނު ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ދެ ފަރާތު ދެމެދު ވެފައިވާ އެއްބު
ނިމުމަކަށް އައިސްފައިވާއިރު، އަދި މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއިން ބިން ހުސްކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/89
ފަހަރަކު ޒާހިރު އާދަމްއަށް އަންގާފައިވީއިރު، ކައުންސިލްގެ އެއްވެސް އެންގުމަކަށް އިޖާބަނުދީ ތަން
ބޭނުންކުރަމުންދާ ހާލަތުގައި ބަދަލެއްގެ ގޮތުން އަދަދެއް ދެއްކުމަށް ނިންމާފައިވާއިރު، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ނަންބަރު 2016
/
703/B-32 ސިޓީގައި މާލެ އަތޮޅު ގުރައިދޫއިން އެއް ރުފިޔާ ފަންސާސް ލާރިއިން
ފެށިގެން ތިން ރުފިޔާއާ ހަމައަށް އެކި ރޭޓުތަކުގައި ބިން ކުއްޔަށްދޭކަމަށާއި، އަގުތަކުގައި ތަފާތުތަކެއް އުޅެނީ
ބިން އޮންނަ ސަރަޙައްދެއްގެ ގޮތުންކަމަށާއި، އަކަފޫޓަކަށް ތިން ރުފިޔާގެ ރޭޓުން ކުއްޔަށް ދޫކޮށްފައިވަނީ
ބަނދަރުމަތީ ސަރަޙައްދުތަކުގައި ހުރި ބިންކަމަށާއި، ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ބިމަކީ ބަނދަރު
ސަރަޙައްދުގައި އޮތް ބިމެއްކަމަށް މާލެއަތޮޅު ގުރައިދޫ ކައުންސިލުން މައުލޫމާތުދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު،
މާލެއަތޮޅު ގުރައިދޫއިން ޢާންމު އުޞޫލެއްގެ ގޮތުން ބިން ކުއްޔަށް ދޭ ރޭޓުން އަގެއް ކަނޑައަޅާ
އެ އަދަދު ދެއްކުމަށް މާލެއަތޮޅު ގުރައިދޫ ކައުންސިލުގެ އިދާރާއިން ނިންމި ނިންމުން ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފްވެފައިވަނީ ކިހިނަކުންކަން ޒާހިރު އާދަމްއަށް ބުނެދެވިފައިނުވާކަމާއި، އެހެންކަމުން، ޒާހިރު
އާދަމްގެ ފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއަށް މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ
އިދާރާއިން ބޮޑުކުރި އަދަދާއި ޖޫރިމަނާ ހިސާބުކޮށްފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް
2
4
2 ބ 02 ހ 24
ވންނަންޗކެމެވެ
ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފުކުރެވޭ މާލެއަތޮޅު ގުރައިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/R
-
13
-
C/11 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލަކާ ޚިލާފަށްކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/R
-
13
-
C/11 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙުކުމްކޮށްފިމެވެ.
0 0
<< O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv