ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/337 ޤަޟިއްޔާގެ ޙުކުމް
9
1
2015/HC-A/331
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 337/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ނަޒީރު މުޙައްމަދު
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު
* އައިޑީކާޑު ނަންބަރު: A431256
މިހާރުގެ އެޑްރެސް: ހ. ރެމްސިސް/ މާލެ
3033/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އާދަމް
* ދާއިމީ އެޑްރެސް: ފެއަރީޓޭލް ނައިފަރު
* އައިޑިކާޑު ނަންބަރު: A032406
މިހާރުގެ އެޑްރެސް: މ. ލަންސިމޫގެއާގެ/ މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 އޮކްޓޯބަރު 2015
ނިމުނު ތާރީޚް: 17 އޮކްޓޯބަރު 2016
0
އިސްތިއުނާފް ކުރެވުނު ޤާޟިއްޔާ
ނަންބަރު: 2014/Cv-C/1982
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 28 ސެޕްޓެންބަރު 2014
* ނިމުނު ތާރީޚް: 17 އޯގަސްޓް 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަލީ ·
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2015/HC-A/331
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
.ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަފްތަރު ނަންބަރު 3033/ ނަޒީރު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
4
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޅ. ނައިފަރު ފެއަރީޓޭލް، މުޙައްމަދު އާދަމްއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާކީ ނަޒީރު މުޙައްމަދު 26 ޖޫން 2011 ވަނަ ދުވަހު، މުޙައްމަދު އާދަމްގެ
އަތުން އަނބުރާ ދައްކާގޮތަށް -/500,000ރ (ފަސްލައްކަ ރުފިޔާ) ނެގުމަށް ފަހު، އެ ފައިސާ ނަޒީރު
މުޙައްމަދުގެ އަތުގައި ހުންނަހާ ދުވަހަކު ޢިނާޔަތެއްގެ ގޮތުގައި ދައްކަންޖެހޭ %3 ގެ ތެރެއިން ޖޫން 2012
އިން އެ މައްސަލަ ކޯޓަށް ހުށަހެޅި ދުވަހާ ހަމައަށް ދައްކާފައިނުވާ -/
390,000ރ (ތިންލައްކަ ނުވަދިހަހާސް
ރުފިޔާ) އާއެކު ޖުމްލަ -/
890,000ރ. (އަށްލައްކަ ނުވަދިހަހާސް ރުފިޔާ) ނަޒީރު މުޙައްމަދުގެ އަތުން ހޯދުމަށް
އެދި މުޙައްމަދު އާދަމްގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ލިޔެކިޔުންތަކަށާއި،
ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މުޙައްމަދު އާދަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ
ގައި ހުޅުވާފައި އޮންނަ ނަންބަރު 101-102365-7701 އެކައުންޓަށް 2011 ޖޫން 26 ވަންގެ ދުވަހު
ނަންބަރު 000052 ޗެކުން -/500,000ރ (ފަސްލައްކަ ރުފިޔާ) މުޙައްމަދު އާދަމްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2015/HC-A/331
ޤަޟިއްޔާ ނިމުނު
کمر کی تشر
އުނިކުރެވިފައިވާކަން ނަންބަރު 101-102365-7701 އެކައުންޓުގެ "އެކައުންޓް ސްޓޭޓްމަންޓް" އަށް ބެލުމުން
އެނގެން އޮންނަކަމާއި، އަދި ބުނެވުނު މުޙައްމަދު އާދަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި
ހުޅުވާފައި އޮންނަ ނަންބަރު 101-102365-7701 އެކައުންޓުން ދޫކޮށްފައިވާ 5 ލައްކަ ރުފިޔާގެ ނަންބަރު
000052 ޗެކުވަނީ ނަޒީރު މުޙައްމަދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކްގައި ހުޅުވާފައި އޮންނަ
ނަންބަރު 001-250403-7704 އެކައުންޓަށް 26 ޖޫން 2011 ގައި ޖަމާކުރެވިފައިވާ ކަމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކގެ ނަންބަރު 2015
/
49/BML
/
LEGAL (21 ޖަނަވަރީ 2015) ސިޓީއަށްބެލުމުން
އެނގެން އޮންނާތީ، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަނބުރާ ދައްކާގޮތަށް -/500,000ރ
(ފަސްލައްކަ ރުފިޔާ) ދިންކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައި ވީނަމަވެސް، ބުނެވުނު -/500,000ރ
(ފަސްލައްކަ ރުފިޔާ) އަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަން
މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލައި މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާފަރާތަށް ލިބިދިނުމުގެ ގޮތުން މިއަދު ( 17 އޮގަސްޓް 2015) އިން
ފެށިގެން 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން
ޢަދަދެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ހ.ރެމްސިސް ނަޒީރު މުޙައްމަދަށް އަންގަވައި،
މިދަޢުވާގައި ޢިނާޔަތެއްގެ ގޮތުގައި ދައްކަން ދަޢުވާލިބޭ ފަރާތުން އެއްބަސްވެފައިވާކަމަށް
ދަޢުވާކުރާ ފަރާތުން ބުނާ %3 އަށްވާ -/
390,000ރ. (ތިންލައްކަ ނުވަދިހަހާސް ރުފިޔާ ދެއްކުމާ ގުޅޭ
ގޮތުން، އެފަދަ އެއްބަސްވުމެއް ދަޢުވާކުރާ ފަރާތާ ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާކަމަށް ދަޢުވާ ލިބޭ ފަރާތުން
އިންކާރުކޮށްފައި ވާކަމާއި، ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައި ވާއިރު، އެކަން ސާބިތުކުރެވޭނެ މިންވަރަށް
ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ރާފީ ހެކި ހުށަހަޅާފައިނުވާތީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ޢިނާޔަތެއްގެ ގޮތުގައި -/390,000ރ (ތިންލައްކަ ނުވަދިހަހާސް ރުފިޔާ) ދެއްކުމަށް އަންގާނެ ތަނެއް
ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2 32
r 3
2{15/HC-A/337
ޤަޟިއްޔާ ނިމުނު
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދަފްތަރު ނަންބަރު 3033/ ނަޒީރު މުޙައްމަދުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެ ނުކުތާއާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ނުކުތާއަކީ:
މ 4
2
2
4
ކަނޑައެޅުމުގެ
މުޙައްމަދު އާދަމްގެ އިޢުތިރާފުން ދަރަންޏަށް ދިން ފައިސާގެ ޖުމްލަ -/180,000ރ (އެއް
ލައްކަ އަށްޑިހަ ހާސް ރުފިޔާ) ކަމާއި -/500,000ރ (ފަސްލައްކަ ރުފިޔާ) ގެ %3 އަށް ވާވަރު 12
މަސްދުވަހުގެ ތެރޭ -/180,000ރ (އެއް ލައްކަ އަށްޑިހަ ހާސް ރުފިޔާ) ދަރަނިވެރިޔާގެ އަތުން
ލިބިފައިވާކަމަށް ޢިއުތިރާފު ވެފައިވާއިރު ދަރަންޏަށް ދިން، ;
500,000ރ (ފަސްލައްކަ ރުފިޔާ) ގެ ތެރެއިން
ލިބުނު މިންވަރު އުނިކުރުމުން ބާކީވާ -/320,000 (ތިން ލައްކަ ވިހި ހާސް ރުފިޔާ) ދޭންޖެހޭކަމަށް
މިމުގެ ބަދަލުގައި ދަރަންޏަށް ދިންކަމުގައި ބުނާ -/
500,000ރ. (ފަސްލައްކަ ރުފިޔާ) އެކުގައި
ދޭންޖެހޭކަމަށް ކަނޑައެޅުމަކީ ޝަރީޢަތާ ޚިލާފަށް ކަނޑައެޅި ކަޑައެޅުމެއް ކަމަށާއި، އެއީ -/180,000ރ (އެއް
ލައްކަ އަށްޑިހަ ހާސް ރުފިޔާ) ދެވިފައިވަނިކޮށް ދަރަންޏަށް ދިންކަމުގައި ބުނެ ދަޢުވާކުރާ ޖުމްލަ ޢަދަދު
-/
500,000ރ (ފަސްލައްކަ ރުފިޔާ) ދޭންޖެހޭނަމަ -/680,000 (ހަ ލައްކަ އަށްޑިހަ ހަ ހާސް ރުފިޔާ)
ލިބިދެވުނީ ކަމަށާއި، އެހެންކަމުން ޝަރީޢަތާ ޚިލާފަށް ދަރަންޏަށް ދިން ޢަދަދުގެ އިތުރަށް ރިބާގެ ގޮތުގައި
-/
180,000ރ. (އެއް ލައްކަ އަށްޑިހަ ހާސް ރުފިޔާ) ޝަރީޢަތުން ގަދަކަމުން ޝަރީޢަތާ ޚިލާފަށް ނަގައިދެވޭ
ދިނުމަކީ އިސްލާމް ދީނާއި ޚިލާފަށް ނަގައިދެވޭ ރިބާގެ ފައިސާއަކަށް ވާނެތީ ޝަރީޢަތާއި ޚިލާފު ކަމެއްކަމަށް
ބުނެ ހުށަހެޅި ނުކުތާ
22
07*
کر مرس
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަފްތަރު ނަންބަރު 3033/ ނަޒީރު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެ ނުކުތާއާ ގުޅޭ
ނަޒީރު މުޙައްމަދުއާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ޅ. ނައިފަރު ފެއަރީޓޭލް، މުޙައްމަދު ބިލާޖަމް
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{15/HC-A/337
ޤަޟިއްޔާ ނިމުނު
کمد ام مشعر
ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ދަފްތަރު ނަންބަރު
3033/ މާލެ، ނަޒީރު މުޙައްމަދުގެ މައްޗަށް ޅ. ނައިފަރު ފެރީޓޭލް، މުޙައްމަދު އާދަމްގެ ފަރާތުން
ދަޢުވާކޮށްފައިވަނީ މުޙައްމަދު އާދަމުގެ އަތުން ފަހުން އަނބުރާ ދައްކާގޮތަށް -/500,000ރ (ފަސް ލައްކަ
ރުފިޔާ) ނެގުމަށް ފަހު، އެ ފައިސާއާއި އަދި އެ ފައިސާ ނަޒީރު މުޙައްމަދުގެ އަތުގައި ހުންނަހާ ދުވަހަކު
ޢިނާޔަތެއްގެ ގޮތުގައި ދައްކަންޖެހޭ %3 ގެ ތެރެއިން ޖޫން 2012 އިން މައްސަލަ ހުށަހެޅި ދުވަހާ ހަމައަށް
ދައްކާފައިނުވާ -/390,000ރ (ތިން ލައްކަ ނުވަދިހަހާސް ރުފިޔާ) އާ އެކުޖުމްލަ -/890,000ރ (އަށް ލައްކަ
ނުވަދިހަހާސް ރުފިޔާ) ނަޒީރު މުޙައްމަދުގެ އަތުން ހޯދުމަށް އެދިގެންކަން އެނގޭއިރު،
ޅ. ނައިފަރު ފެއަރީޓޭލް، މުޙައްމަދު އާދަމްގެ އަތުން އަނބުރާ ދައްކާ ގޮތަށް -/500,000ރ
(ފަސް ލައްކަ ރުފިޔާ) ދަރަންޏަށް ނަގާފައިވާކަމަށް ދަޢުވާކުރާ ނަޒީރު މުޙައްމަދު އިންކާރުކޮށްފައިވާއިރު،
ޅ.ނައިފަރު ފެއަރީޓޭލް، މުޙައްމަދު އާދަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ ނަންބަރު
7701-102365-101 އެކައުންޓުން ދޫކޮށްފައިވާ -/500,000ރ (ފަސް ލައްކަ ރުފިޔާ) ގެ ނަންބަރު
000052 ޗެކް، ނަޒީރު މުޙައްމަދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު
7704-250403-001 އެކައުންޓަށް 26 ޖޫން 2011 ގައި ޖަމާކޮށްފައިވާކަން ބޭންކް އޮފް މޯލްޑިވްސްގެ
ނަންބަރު 2015
/
49/BML
/
LEGAL ސިޓީއަށް ބެލުމުން އެނގޭކަމާއި އިސްވެ ބުނެވުނު
ފައިސާ މުޙައްމަދު
އާދަމްގެ ފަރާތުން ލިބިއްޖެކަމަށް ނަޒީރު މުޙައްމަދު ސޮއި ކޮށްފައިވާކަން ސިވިލްކޯޓުގެ ނަންބަރު -Cv/1982
2014/C ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި، އިސްވެ ބުނެވުނު
-/500,000ރ (ފަސްލައްކަ ރުފިޔާ) އަކީ ނަޒީރު މުޙައްމަދަށް ދަރަންޏެއްގެ ގޮތުން ދޫކޮށްފައިވަސިފާސާކަން
މުޙައްމަދު އާދަމް މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ooec
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{15/HC-A/337
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
(ނ) ދެވަނަ ކަމަކީ: މުޙައްމަދު އާދަމްގެ އަތުން ނަޒީރު މުޙައްމަދު އަނބުރާ ދައްކާ ގޮތަށް
-/500,000ރ (ފަސް ލައްކަ ރުފިޔާ) ނެގިކަމަށް ނަޒީރު މުޙައްމަދު އިންކާރު ކޮށްފައި ވީނަމަވެސް، ބުނެވުނު
ފައިސާއަކީ، މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މުޙައްމަދު އާދަމުގެ އަތުން ނަޒީރު
މުޙައްމަދަށް ;
500,000ރ (ފަސްލައްކަ ރުފިޔާ) ލިބިފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުން
ޝަރީޢަތަށް ސާބިތުވާން އޮންނަކަމާއި،
އަދި އެދަޢުވާގައި ބުނެފައިވާ ފައިސާގެ ތެރެއިން -/180,000 (އެއް ލައްކަ އަށްޑިހަހާސް
ރުފިޔާ) ނަޒީރު މުޙައްމަދުގެ ފަރާތުން މުޙައްމަދު އާދަމްއަށް ލިބިފައިވާކަމަށް މުޙައްމަދު އާދަމް ޝަރީޢަތުގެ
މަޖިލީހުގައި އެއްބަސްވެ، އޭނާއަށް ލިބިފައިވާ ފައިސާއަކީ އެދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ
ދަށުން އިނާޔަތުގެ ގޮތުގައި ދޭންޖެހޭ %3 އަށް ވާ ފައިސާގެ ތެރެއިން ދީފައިވާ ފައިސާކަމަށް މުޙައްމަދު
އާދަމް ބުނި ނަމަވެސް، އެކަމަށް ނަޒީރު މުޙައްމަދު އިންކާރުކޮށްފައިވާތީ، އެ ފައިސާއަކީ އިނާޔަތުގެ ގޮތުގައި
ދިން ފައިސާކަން ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މުޙައްމަދު އާދަމް
ކަމުގައިވާއިރު، އެކަން ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރުގެ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް މުޙައްމަދު
އާދަމުގެ ފަރާތުން ހުށަހެޅިފައިނުވާތީ، އިސްވެ ބުނެވުނު ގޮތުގެމަތިން ނަޒީރު މުޙައްމަދުގެ ފަރާތުން މުޙައްމަދު
އާދަމަށް ދައްކާފައިވާ -/180,000 (އެއް ލައްކަ އަށްޑިހަހާސް ރުފިޔާ) އަކީ ދަރަނި އަދާކުރުމުގެ ގޮތުން
ނަޒީރު މުޙައްމަދުގެ ފަރާތުން މުޙައްމަދު އާދަމަށް ދައްކާފައިވާ ފައިސާކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލަންޖެހޭ ކަމެވެ.
/ ތތ
(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާގައި ޙުކުމް
އިއްވުމުގައި ނަޒީރު މުޙައްމަދުގެ ފަރާތުން މުޙައްމަދު އާދަމަށް -/180,000ރ (އެއް ލައްކަ އަށްޑިހަހާސް
ރުފިޔާ) ލިބިފައިވާކަމަށް މުޙައްމަދު އާދަމް އެއްބަސްވެފައިވާ ފައިސާ އުނި ނުކުރައްވައި، މުޙައްމަލު
މ 04
33
ކުރެއޅުޚު ޤާ3
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
1
23
ޤަޟިއްޔާ ނިމުނު
2015/HC-A/337
އަތުން ނަޒީރު މުޙައްމަދު ނަގާފައިވާ -/
500,000ރ (ފަސްލައްކަ ރުފިޔާ) އެއްކޮށް ދެއްކުމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމެވެ.
<< O
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/1982 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ޙުކުމް.
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ފަހުން އަނބުރާ
ދައްކާ ގޮތަށް މުޙައްމަދު އާދަމުގެ އަތުން ނަޒީރު މުޙައްމަދަށް -/500,000ރ (ފަސްލައްކަރުފިޔާ)
ލިބިފައިވާކަމާއި އަދި އެފައިސާ ދެއްކުމުގެ ގޮތުން ނަޒީރު މުޙައްމަދުގެ ފަރާތުން މުޙައްމަދު އާދަމަށް
-/
180,000ރ (އެއް ލައްކަ އަށްޑިހަހާސް ރުފިޔާ) ލިބިފައިވާކަމަށް މުޙައްމަދު އާދަމް އެއްބަސްވެފައިވުމުން
އެފައިސާއަކީ މުޙައްމަދު އާދަމް، ނަޒީރު މުޙައްމަދަށް ދީފައިވާ -/
500,000ރ (ފަސްލައްކަރުފިޔާ) ގެ
ތެރެއިން އުނި ކުރެވެންޖެހޭނެ ފައިސާކަމަށް ކަނޑައަޅައި، މުޙައްމަދު އާދަމުގެ އަތުން ނަޒީރު މުޙައްމަދު
ނަގާފައިވާ -/500,000ރ (ފަސްލައްކަރުފިޔާ) ގެ ތެރެއިން މުޙައްމަދު އާދަމަށް ނަޒީރު މުޙައްމަދު ދައްކާފައިވާ
-/180,000ރ (އެއް ލައްކަ އަށްޑިހަހާސް ރުފިޔާ) ކެނޑުމުން މުޙައްމަދު އާދަމަށް ނަޒީރު މުޙައްމަދު މިހާރު
ދައްކަންޖެހޭ މިންވަރަކީ -/300,000ރ (ތިންލައްކަ ވިހިހާސް ރުފިޔާ) ކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެ ފައިސާ މިއަދު 17 އޮކްޓޯބަރު 2016 އިން ފެށިގެން
12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ މިންވަރަށް ވުރެ މަދުނޫން ޢަދަދެއް
ފައިސާ މުޙައްމަދު އާދަމަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދައްކައި އެ ދަރަނި ޚަލާޞްކުރުމަށް
މުޙައްމަދަށް އަންގައި، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު ps3cy
-
e2014
264 0 2 0.
ގައިމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2015/HC-A/337
33
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ބާޠިލްކޮށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv