ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2013/SC-A/18 ޤަޟިއްޔާ
COCO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
.ރާއްޖޭގެ ސުލްޑީ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތް
• ޤަޟިއްޔާ ނަންބަރު:
2013/SC-A/18
ދައުވާކުރާ ފަރާތް:
{
ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް | އެޓަރނީ ޖެނެރަލްގެ
އޮފީސް)
މުޙައްމަދު
ދު އިބްރާހީމް، ޖަހާމުގުރިގެ، ގއ.ދާންދޫ (ދ.ރ.ކާޑު ނަންބަރު
• ދަޢުވާލިބޭ ފަރާތް:
(A040240
2.22
OLC
މައްސަލައިގެ ބާވަތް: ފައިސާހޯދުން
• މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ތާރީޚު: 19 މާރިޗު 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚު: 09 އޭޕްރިލް 2013
• ނިމުނު ތާރީޚު:
23 ޖުލައި 2020
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުއޫދު
0
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2012/HC-A/148
ހުށަހެޅުނު ތާރީޚު: 20 މެއި 2012
• ނިމުނު ތާރީޚު: 06 ނޮވެންބަރު 2012
ނިންމި ކޯޑު:
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male’| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax| ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 1
ފަނޑިޔާ، ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް
ސުޢޫދު ތާއީދު ކުރައްވާފައި)
....
.1
{
ނަމަށް
ގއ.ދާންދޫ / ޖަހާމުގުރިގެ، މުޙައްމަދު އިބްރާހީމް (ދ.ރ. ކާޑު ނަންބަރު A040240) (މީގެ ފަހުން
"އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު އިބްރާހީމް") ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
"ޕާޓް އެކްސްޗޭންޖް"
ކިޔާ ފިހާރައިގެ ފަރާތުން، ނަންބަރު MSCUBK098255 ބިލް އޮފް
ލޭންޑިންގް (މީގެ ފަހުން "ބީ.އެލް") ގެ ދަށުން ގެނެސްފައިވާ ސައިކަލު ޝިޕްމަންޓެއްގެ އަގު
ފާސްކުރުމަށް ނަންބަރު 008/2010 (05 ފެބުރުވަރީ 2010) އިންވޮއިސް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހަޅާފައިވެއެވެ. އެ އިންވޮއިސްގައި ބަޔާންކޮށްފައިނުވާ އަދި އެތެރެކޮށްފައިވާ މޮޑެލްގެ
މުދަލާއި ފިޒިކަލީ ދިމާނުވާ މުދާތަކެއް އެ އިންވޮއިސްއާއެކު ހުށަހަޅާފައިވާ ބެލެންސް ނޯޓެއްގައި
ހިމެނިފައިވާތީ، އެ ބެލެންސް ނޯޓުގައިވާ އަގުތަކުގެ މައްޗަށް ބަލައި، އިސްވެދެންނެވުނު އިންވޮއިސްގައިވާ
އަގުތަކަކީ އެ މުދަލުގެ ހަމައަގަށްވުރެ ދަށް އަގެއްކަމަށް ސާބިތުވާކަމަށް ބުނެ، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ފަރާތުން 214,511
/
58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ / ފަންސާސް
އަށް ލާރި) އިން ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމް ޖޫރިމަނާކޮށްފައިވެއެވެ.
6
12t4
.2
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިސްވެ ބަޔާންކުރި ފަދައިން ކަނޑައެޅުމުގެ ސަބަބުން، އިމްޕޯޓު
ޑިއުޓީގެ ގޮތުގައި އިތުރަށް 583,425
/
35ރ (ފަސްލައްކަ އަށްޑިހަ ތިންހާސް ހަތަރު ސަތޭކަ
ފަންސަވީސް ރުފިޔާ | ތިރީސް ފަސް ލާރި) ޕާޓް އެކްސްޗޭންޖް | މުޙައްމަދު އިބްރާހީމް
ދައްކަންޖެހިފައިވާތީ އާއި މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލަކަށް ޚަރަދުކުރަންޖެހުނު
-/
40,000ރ. (ސާޅީހާސް ރުފިޔާ) އާއެކު ޖުމްލަ 837936
/
93ރ. (އަށްލައްކަ ތިރީސް ހަތްހާސް
ނުވަ ސަތޭކަ ތިރީސް ހަރުފިޔާ / ނުވަދިހަ ތިން ލާރި) އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ މައްޗަށް މުޙައްމަދު އިބްރާހީމް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
ދިވެ*
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 2
މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާއިން ބަލައި،
ޙުކުމްކޮށްފައިވަނީ މުޙައްމަދު އިބްރާހީމް އާ އެއްކޮޅަށެވެ.
.3
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާގެ ޙުކުމް ދައުލަތް
(މޯލްޑިވްސް ކަސްޓަމްސް ސަރވިސް | އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުން އެ ކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާ
ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ގަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަޔާންކޮށް ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި
އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ގަޟިއްޔާއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
11
.5
OX
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާގައި ވަނީ، ބީ.އެލް
ނަންބަރު MSCUBK098255 ގެ ދަށުން ގެނެސްފައިވާ ޝިޕްމަންޓާ ގުޅުންހުރިކަމަށް ތުހުމަތު
ކުރެވޭ ބެލެންސް ނޯޓަކީ، އެ ލިޔުމާމެދު މުޙައްމަދު އިބްރާހީމް އިންކާރުކޮށްކޮށް ހުއްޓައި ހަމައެކަނި އެ
ލިޔުމުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 31/97 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު)
ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޙައްމަދު އިބްރާހީމްއާމެދު ފިޔަވަޅު އެޅުމަށްޓަކައި ފުދޭ
ލިޔުމެއްކަމުގައި ބެލެވެން ނެތަތީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު" ގެ 14 ނަ މާއްދާގެ
(ބ) ގެ ދަށުން ކުރެވުނު ޖޫރިމަނާއާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާފައިވާ
4 22 6
1
ޤާނޫނު ނަންބަރު 31/97 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 3
ecco
214,511
/
58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ / ފަންސާސްއަށް ލާރި) އާއި ވަކީލު
ފީގެ ގޮތުގައި -/1,800ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) އަކީ މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސް އިން ދައްކަންޖެހޭ ފައިސާ ކަމަށާއި، މި މައްސަލައަކީ އިމްޕޯޓް ޑިއުޓީ އަލުން
ކަނޑައަޅަންޖެހޭ މައްސަލަ އެއް ކަމުގައިވާތީ، އިމްޕޯޓް ޑިއުޓީ އަލުން ކަނޑައަޅާއިރު، އެ ޝިޕްމަންޓަށް
އިމްޕޯޓް ޑިއުޓީގެ ގޮތުގައި އިތުރަށް ދެއްކިފައިވާ ފައިސާއަކީ ވެސް މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއިން އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި އެންމެހައި
ފައިސާ 25 ޑިސެންބަރު 2011 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މުޙައްމަދު
އިބްރާހީމް އާ ޙަވާލުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައި، އަލުން ޑިއުޓީ
ކަނޑައަޅާއިރު ޑިއުޓީގެ މިންވަރާ މެދު މުޙައްމަދު އިބްރާހީމް ޤަބޫލުނުކުރާ ކަމެއް އޮވެއްޖެނަމަ، އެކަމާއި
ގުޅިގެން ދަޢުވާކުރުމަކީ ވަކި މައްސަލައެއްކަން މުޙައްމަދު އިބްރާހީމް އަންގައި ޙުކުމް ކޮށްފައެވެ.
.6
އިސްވެ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް
ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
.6.1
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ ނަމުގައި މުޙައްމަދު
އިބްރާހީމް ރާއްޖެ އެތެރެކުރި ސައިކަލު ޝިޕްމަންޓުގެ އިންވޮއިސް ކަމުގައި މުޙައްމަދު
އިބްރާހީމްގެ ފަރާތުން ބުނާ ނަންބަރު 008/2010 (05 ފެބުރުވަރީ 2010 އިންވޮއިސްއަށް
ބެލްންސް ނޯޓުގައި ޙަވާލާދީފައިވާ ހިނދު، އެ ބެލެންސް ނޯޓުގައިވާ މުދަލުގެ ކުއަންޓިޓީއާއި،
މުދަލުގެ ތަފްޞީލާއި، ކޮންސައިނީ އަދި ކޮންސައިނަރއާއި މިހުރިހާ މަޢުލޫމާތެއް ނަންބަރު
008/2010 (05 ފެބުރުވަރީ 2010) ގެ އިންވޮއިސްގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ
ދިމާވިނަމަވެސް މޮޑެލް ނަންބަރުގައި އޮޅުންތަކެއް ހުރިކަން މޯލްޑިވްސް ކަސްޓްމަސް
ސަރވިސްއިން ވެސް ޤަބޫލުކުރާކަން؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24
3
4
.6.2
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެކޮށްފައިވާ މުދަލަކީ ފައިސާ
ދައްކާފައިވާ މުދަލެއް ނޫންކަމަށް މުޙައްމަދު އިބްރާހީމް ބުނިނަމަވެސް، ނަންބަރު 008/2010
(05 ފެބުރުވަރީ 2010) ގެ އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓުގައި އެ މުދަލުގެ
އަގުގެ ތެރެއިން 536,156.34 (ފަސްލައްކަ ތިރީސް ހަހާސް އެއްސަތޭކަ ފަންސާސް ހައެއް
ޕޮއިންޓް ތިނެއް ހަތަރެއް ތައި ބާތު) 05 ފެބުރުވަރީ 2010 ވަނަ ދުވަހު ޑިޕޮޒިޓް
ކޮށްފައިވާކަމަށް ބަޔާންކޮށް، އަދި ބާކީ ހުރި 1,316,318.36 (އެއްމިލިޔަން ތިންލައްކަ
ސޯޅަހާސް ތިންސަތޭކަ އަށާރަ ޕޮއިންޓް ތިނެއް ހައެއް ތައި ބާތު) ދެބަޔަކަށް ބަހައި ފުރަތަމަ
ޕޭމަންޓުގެ ގޮތުގައި 8900,343.66 (ނުވަލައްކަ ތިންސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ހައެއް
ހައެއް ތައި ބާތު) އާއި، ދެވަނަ ޕޭމަންޓުގެ ގޮތުގައި 415,974.70 (ހަތަރުލައްކަ ފަނަރަހާސް
ނުވަސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް އައި ބާތު)، ޖޭން އިންޓަރޓްރޭޑް
(ތައިލެންޑް) ކޯ. ލިމިޓެޑުގެ ނަމުގައި ބެންކޮކް ބޭންކް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުގައި
ހުޅުވާފައިވާ ނަންބަރު 8388
300
058 އެކައުންޓަށް ޓްރާންސްފަރ ކުރުމަށް ބަޔާންކޮށް،
އެގޮތުގެމަތީން 17 ފެބްރުވަރީ 2010 ވަނަ ދުވަހު ފައިސާ ދައްކައި ނިމިފައިވާ ކަމަށް "ޕެއިޑް"
ތައްގަނޑު ޖަހާފައިވާތީ، ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެ
ކުރި މުދަލަކީ ފައިސާ ދައްކައި ނިމިފައިވާ މުދަލެއްކަން ބެލެންސް ނޯޓުން ސާފުވާކަމަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނިންމާފައިވާއިރު، އެ ބުނާ ގޮތަށް އެ ފައިސާ
ދައްކާފައިވޭތޯ މޯލްޑިވްސް ކަސްޓްމްސް ސަރވިސް އިން ބަލާފައިވާކަން އެނގެން ނެތުން؟
.6.3
17 ފެބްރުވަރީ 2010 ގައި ފައިސާ ދައްކާ ނިމިފައިވާކަމަށް "ޕެއިޑް" ތައްގަނޑު ޖަހާފައިވާ
ބެލެންސް ނޯޓަކީ ރަނގަޅު ލިޔުމެއް ނޫންކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވާތީ،
އެ ބެލެންސް ނޯޓުގައި ބުނާގޮތަށް ފައިސާ ދައްކާފައިވޭތޯ ބެލުމުގެ ގޮތުން، ޖޭން
Jan Intertrade (Thailand) Co. Ltd 2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
6 ބޭންކއި
2013/SC-A/18
ސަފްޙާ 24 ގެ 5
އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުގެ ނަމުގައި ބެންކޮކް ބޭންކް ޕަބްލިކް ކޮމްޕެނީ
ލިމިޓެޑުގައި ހުޅުވާފައިވާ ނަންބަރު 8388
300
058 އެކައުންޓަށް 05 ފެބްރުވަރީ 2010
އިން 18 ފެބްރުވަރީ 2010 ގެ ނިޔަލަށް މުޙައްމަދު އިބްރާހީމްގެ ނަމުގައި ނުވަތަ ޕާޓް
އެކްސްޗޭންޖުގެ ނަމުގައި އެއްވެސް ފައިސާއެއް ފޮނުވާފައިވޭތޯ ބޭންކް އޮފް މޯލްޑިވްސް ޕލކ
އާއި، ބޭންކް އޮފް ސިލޯނާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި، ހަބީބް ބޭންކް ލިމިޓެޑާއި،
މޮރިޝަސް ކޮމާޝަލް ބޭންކް
ލިމިޓެޑާއި،
ންގ އެންޑް ޑެންގހާއި ބޭންކް ކޯޕަރޭޝަން
ލިމިޓެޑް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، އެއިން
މެދުވެރިކޮށް އެފަދަ
ޓްރާންސެކްޝަނެއް ހަދާފައިވާކަން އެނގެން ނެތްކަން؟
ހޮންކޮންގ
އެއްވެސް
.6.4
ou o
ނަންބަރު 008/2010 (05 ފެބްރުވަރީ 2010) ގެ އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް
ނޯޓަކީ ޖޭން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުގެ އެކައުންޓްސް ޑިޕާޓްމަންޓުން
އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާން ކުންފުނިން ފޮނުވާފައިވާ ސިޓީއެއް މުޙައްމަދު
އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވުން؛
ހއ 6 %6
.6.5
28
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓާ
ގުޅިގެން އެ ޝިޕްމަންޓާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ބެލެންސް ނޯޓަކީ، އެ ލިޔުމާމެދު
މުޙައްމަދު އިބްރާހީމް އިންކާރުކޮށްކޮށް ހުއްޓައި، ހަމައެކަނި އެ ލިޔުމުގެ މައްޗަށް ބިނާކޮށް
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު” ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޙައްމަދު
އިބްރާހީމް އާމެދު ފިޔަވަޅެއް އެޅުމަށްޓަކައި ފުދޭ ލިޔުމެއްކަމަށް ބެލެން ނެތަތީ، އެ ބެލެންސް
ނޯޓުގައިވާ އަގުތަކުން އިމްޕޯޓް ޑިއުޓީ ދެއްކުމަށް ނިންމި ނިންމުމަކީވެސް ރަނގަޅު
ނިންމު ބެލޭނެ ތަނެއް ނެތްކަން! އަދި
4
3
2
6 ދ ހ
308433އ
3 ޤާނޫނު ނަންބަރު 31/97 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު)
1S
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24
6
6.6. "ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާޢިދު" އަށް ޤިޔާސްކޮށް، އެ
ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މި މައްސަލައިގައި ވަކީލުގެ ފީ
ނަގައިދިނުމަށް ބަލާއިރު، މި މައްސަލައިގައި ބޭއްވިފައިވަނީ ޖުމްލަ 06 (ހައެއް)
އަޑުއެހުމެއްކަމަށްވާތީ، އަޑުއެހުމަކަށް -/300ރ. (ތިންސަތޭކަ ރުފިޔާ) ގެ މަގުން ޖުމްލަ
-/1,800ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) ކަމަށްވެފައި، އެ ޢަދަދަކީ މި މައްސަލައިގެ
ޝަރީޢަތަށް ސާބިތުވާ ޢަދަދުގެ %30 އަށްވުރެ ބޮޑު ޢަދަދެއްކަމަށްނުވާތީ، މި މައްސަލައިގައި
ދައުވާކުރާ ފަރާތަށް ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ނަގައިދެވޭނީ -/1,800ރ. (އެއްހާސް
އަށްސަތޭކަ ރުފިޔާ) ކަމާއި، ވަކީލު ފީ ނުނެގޭނެ ކަމަށް ބުނެ ދައުލަތުން ޙަވާލާދީފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއަކީ "ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން
ނަގައިދިނުމާބެހޭ ޤަވާޢިދު" އަށް ޢަމަލުކުރަން ފެށުމުގެ މާކުރިން ނިންމާފައިވާ
ޤަޟިއްޔާއެއްކަން އެނގެން އޮންނާތީ، އެ ނިންމުމަކީ ވަކީލު ފީ ނަގައިދިނުން ނަފީކުރުމަށް
ދަލީލެއްގެ ގޮތުގައި ބޭނުންކުރެވޭނެ ޤަޟިއްޔާއެއް ނޫންކަން.
doc
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
.1
OXOC
639 ދ ތه3
4
ރޫފޭންކަމަށްބުނެ،
ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާ
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނިންމުން
އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 148/HC-A/2012 ޤަޟިއްޔާއިން ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 148/HC
-
A/2012 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު
(2010/Cv
-
C
/
2010
(
1287
/
MC/577 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމުން، ސިވިލް ކޯޓުގެ ޙުކުމަށް
ތާއީދުކޮށެވެ.
o coc
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 7
.8
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް
ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC-A/2012 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ބަޔެ
8.1. ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ ނަމުގައި
އެތެރެކޮށްފައިވާ މުދަލުގެ ޞައްޙަ އަގުތައް ނޫންކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން ޕާޓް
އެކްސްޗޭންޖުގެ ފަރާތުން ބުނާބުނުމުގެ މައްޗަށް ބަލާއިރު، މި ދެ ލިޔުމުގައި ހުރި ހަމައެކަނި
ތަފާތަކީ އެ ނޯޓުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125 އައި ގެ 7
(ހަތެއް) ސައިކަލުގެ މޮޑެލް ނަންބަރުކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125MC ގެ
ބަދަލުގައި NF125MT މިފަދައިން ބަޔާންކޮށްފައިވުމާއި، ނޯޓުގެ 2 ވަނަ ނަންބަރުގައި
ޔާންކޮށްފައިވާ ހޮންޑާވޭވް 125 އެސް ގެ 15 (ފަނަރަ) ސައިކަލުގެ މޮޑެލް ނަންބަރު ކަމަށް
އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125MT ގެ ބަދަލުގައި NF125MC މިފަދައިން
ބަޔާންކޮށްފައިވުން ކަމާއި، އަދި ބެލެންސް ނޯޓު 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާވް
125 އައި ގެ ސައިކަލްގެ މޮޑެލް ނަންބަރަކީ NF125MC ކަމަށާއި، NF125MT ގެ
ނަންބަރުގެ ދަށުން އެ މޮޑެލްގެ ސައިކަލު ނުއުފައްދާ ކަމަށާއި، ހަމަ އެފަދައިން އެ ނޯޓުގެ 2
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125 އެސް ގެ ސައިކަލުގެ މޮޑެލް ނަންބަރަކީ
NF125MT ކަމަށާއި، NF125MC ނަންބަރު ދަށުން އެ މޮޑެލްގެ ސައިކަލު ނުއުފައްދާ
ކަމަށް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވާތީ އާއި، އަދި
މިކަމަށް މުޙައްމަދު އިބްރާހީމް ވެސް އެއްބަސްވުމާއެކު އެ ދެ ލިޔުމުގައި ބަޔާންކޮށްފައިވާ މޮޑެލް
ނަންބަރުތައް ތަފާތުވެފައިވަނީ ލިޔުމުގެ ކުށަކުން (typographical error) ކަން އެނގޭތީ،
އެ ދެ ލިޔުމުގައިވާ ސައިކަލްތަކަކީ އެއް ސައިކަލުތަކަކަށް ވުމަކީ އެކަށީގެންވާކަމެއްކަން؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 8
8.2. ބެލެންސް ނޯޓުގެ ތިރީގައި "ޕެއިޑް" ޖަހާފައިވީނަމަވެސް، އެ އަދަދަށް ފައިސާ ދައްކާފައި
ނުވާނެކަމަށް ޕާޓް އެކްސްޗޭންޖުގެ ފަރާތުން ބުނާއިރު، އެކަން ސާބިތުކޮށްދިނުމަށް އިތުރު
އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާކަމާއި، ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ
އެއްވެސް ބޭންކެއް މެދުވެރިކޮށް 05 ފެބުރުވަރީ 2010 އާއި 18 ފެބުރުވަރީ 2010 އާ ދެމެދު
އްވެސް ފައިސާއެއް ދައްކާފައިވޭތޯ ސިވިލް ކޯޓުން އޮޅުންފިލުވާފައިވާކަމާއި، އެ ނޯޓުގައި
ބަޔާންކޮށްފައިވާ ތާރީޚުގައި ޕާޓް އެކްސްޗޭންޖުގެ ފަރާތުން ޖޭން އިންޓަރޓްރޭޑް (ތައިލެންޑް)
ކޯ. ލިމިޓެޑަށް ދައްކާފައިވާކަން ސާބިތުނުވާކަން!
އެއެވެ
ou o
8.3. ސުވާލު އުފެދިފައިވާ ބެލެންސް ކޯޓާ ބެހޭގޮތުން 01 މާރިޗު 2010 ގެ ތާރީޚުގައި ޖޭން
އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ ލިޔުމަށް ބަލާއިރު، އެ ލިޔުނ
ތައްޔާރުކުރުމުގައި އެ ކުންފުނީގެ އެކައުންޓްސް ޑިޑާ
ޑިޕާޓްމަންޓުން އޮޅުންތަކެއް އަރާފައިވާކަމަށް އެ
ސިޓީގައި ބުނެފައިވާކަމަށާއި، އެ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ބައެއް ޢަދަދުތަކަކީ ޕާޓް
އެކްސްޗޭންޖްއާ ގުޅުންހުރި ޢަދަދަތަކެއް ނޫންކަމަށާއި، އޭގޭތެރޭގައި ކުރިން ފޮނުވާފައިވާ ބައެއް
ތަކެތީގެ އަގުތައްވެސް އެއްކުރެވިފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި ޒޭން އިންޓާރޓްރޭޑް
(ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ މި ސިޓީގެ ޞައްޙަކަމާމެދު ދައުލަތުން ސުވާލު
އުފައްދާފައިނުވާކަން؟
8.4. ޖޭން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުގެ ނަންބަރު 008/2010 އިންވޮއިސްގައި
ބަޔާންކޮށްފައިވާ މުދަލުގެ އަގާއި އަގު ދައްކަން އެއްބަސްވާ ގޮތާބެހޭ ގޮތުން 26 ޖަނަވަރީ
2010 ގެ ތާރީޚުގައި އެ ކުންފުނިން ޕާޓް އެކްސްޗޭންޖުގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު
އިބްރާހީމަށް ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެ ސިޓީ ލިޔެފައިވާ ޖޭން.އިންޓަރޓްރޭޑް
(ތައިލެންޑް)ކޯ. ލިމިޓެޑުގެ ލެޓަރހެޑާއި، 01 މާރިޗު 2010 ގެ ތާރީޚްގައި ޖޭން.އިންޓަރޓްރޭޑް
(ތައިލެންޑް)ކޯ. ލިމިޓެޑުން ފޮނުވާފައިވާ ސިޓީގެ ލެޓަރހެޑްގައި ތަފާތުތަކެއް ހުރިކަމުން، އެ:2ގެ ސްކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 9
ސިޓީ ޞައްޙަކަމާމެދު ދައުލަތުގެ ފަރާތުން ސުވާލު އުފައްދާފައި ވީނަމަވެސް، ލެޓަރހެޑްގައިވާ
ކުދިކުދި ތަފާތު ފިޔަވައި އެ ސިޓީއަކީ ޞައްޙަނޫން ސިޓީއެއްކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން
ދައުލަތުގެ ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން؟
.8.5
12 މެއި 2010 ގެ ތާރީޚުގައި ޒޭން އިންޓާރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުން ދޫކޮށްފައިވާ
ރިސިޕްޓުގެ ކޮޕީއަށް ބަލާއިރު، އެ ރިސިޕްޓަކީ ޕާޓް އެކްސްޗޭންޖުގެ ފަރާތުން ޖޭން އިންޓާރޓްރޭޑް
(ތައިލެންޑް) ކޯ. ލިމިޓެޑަށް ޖުމްލަ 23,232
/
50$US (ތޭވީސްހާސް ދުއިސައްތަ ތިރީސްދޭއް
އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) ދެއްކުމުން، 14 މެއި 2010 ގެ ތާރީޚުގައި އެ ކުންފުނިން
ދޫކޮށްފައިވާ ރިސިޕްޓެއްކަމާއި، އަދި އެ ރިސިޕްޓުގެ ތިރީގައި "ނޯޓްސް ރިމާރކްސް" ލިޔަން
އޮތް ތާނގައި B
/
L
#
MSCUBK098255 ޖަހާފައިވާކަމާއި، މި ރިސިޕްޓްގައި ޕާޓް
އެކްސްޗޭންޖުގެ ފަރާތުން ޒޭން އިންޓާރޓްރޭޑް (އައިލެންޑް، ކޯ، ލިމިޓެޑަށް ދައްކާފައިވާކަމަށް
ބަޔާންކޮށްފައިވާ ޢަދަދާއި ނަންބަރު 008/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ
އަގުގެ ތަފާތަކީ ހަމައެކަނި 2 (ދޭއް) ސެންޓްކަމާއި، އެހެންކަމުން ރިސިޕްޓުގައި
ބަޔާންކޮށްފައިމިވަނީ
ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން ޕާޓް އެކްސްޗޭންޖުގެ
ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް ޝިޕްމަންޓަށް އެތަކެތި ފޮނުވި ނަންބަރު
008/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަން؟
62
)
OXC
8.6. ސުވާލުއުފެދިފައިވާ ޝިޕްމަންޓުގެ ކުރިންނާއި ފަހުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން ރާއްޖެ
އެތެރެކޮށްފައިވާ ސައިކަލްތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ
"ޕްރައިސް ވެލުއޭޝަން އެޑްވައިސް" ގެ ކޮޕީތަކަށާއި، މި މައްސަލަ އާ ގުޅިގެން ޕާޓް
އެކްސްޗޭންޖުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް"
ތަކަށް ބަލާއިރު، އެ ފަހަރުތަކުގައި ޕާޓް އެކްސްޗޭންޖުގެ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ
އަގުކަމަށް ބަޔާންކޮށްފައިވާ އަގުތަކަކީ، ސުވާލު އުފެދިފައިވާ ޝިޕްމަންޓުގައި ހިމެނޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 10
ސައިކަލްތަކުގެ އަގުކަމަށް ނަންބަރު 008/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުތަކާ ދާދި
އެއް އަގުތަކެއްކަން އެނގޭކަމުން، ޖުމްލަ ގޮތެއްގައި ބަލާއިރު، 10 ފެބުރުވަރީ 2010 ގެ
ތާރީޚުގައި ޒޭން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުން ތައްޔާރު ކޮށްފައިވާ ބެލެންސް
ނޯޓުގައި ބަޔާންކޮށްފައިވާ އަގުތަކަކީ ނަންބަރު MSCUBK098255 ބީ.އެލްގެ ދަށުން
އެތެރެކޮށްފައިވާ މުދަލުގެ ޞައްޙަ އަގުތައްކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާކަން، އަދި
2 3 4 5 , , ,
އަތނށރަވަންބއނ
8.7. މި މައްސަލައިގައި ހިމެނޭ އިސްވެދެންނެވުނު ޝިޕްމަންޓް ރާއްޖެ
ޢަމަލުކުރެވުނު "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" އަށް ބަލާއިރު، ދިވެހިރާއްޖެއަށް އެތެރެކުރެވޭ
ދަލުގެ ޑިއުޓީ ކަނޑައެޅުމަށްޓަކައި އެ ސަރވިސްއަށް ހުޅަންޖެހެނީ އެ ޤަވާޢިދުގެ 4 ވަނަ
މިންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ކަމާއި، އެ ލިޔެކިޔުންތަކުގެ
ތެރޭގައި" ބެލެންސް ނޯޓު" ހިމެނިފައިނުވާކަމާއި، އެ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވާ
"ކަސްޓަމްސްއިން އެދޭ އެހެނިހެން ލިޔުންތައް" ގެ ތެރޭގައި "ބެލެންސް ނޯޓު" ހިމެނޭކަމަށް
ބެލިކަމުގައިވާނަމަވެސް، އެ މާއްދާގެ ދަށުން އެ ލިޔުން ހުށަހަޅަންޖެހޭނީ އެކަމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސް އިން އެދޭ ޙާލަތުގައިކަމާއި، މި މައްސަލައިގައި "ބެލެންސް ނޯޓް"
ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެދިފައިވާކަން އެނގެން ނެތްކަމުގައިވާތީ، މި
މައްސަލައިގައި "ބެލެންސް ނޯޓް" އަކީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5
ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
.9
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ދައުލަތް (މޯލްޑިވްސް ކަސްޓްމްސް ސަރވިސް ( އެޓަރ
::
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 11
cu o
ޖެނެރަލް އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރެއް) ސަބަބެއް
ހުށަހަޅާފައިވެއެވެ.
9.1. ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC-A/2012 ޤަޟިއްޔާގެ
)4593)
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ހ) ގައި މި މައްސަލައިގައި ހިމެނޭ
ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ މުދަލާއި ކުއަންޓިޓީ، މުދަލުގެ ބާވަތާއި ތަފްޞީލް،
ކޮންސައިނީ އަދި ކޮންސައިނަރ ނަންބަރު 08/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ
ބަރާބަރަށް ދިމާވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލާފައިވިޔަސް،
މޮޑެލް ނަންބަރުގައި ވަނީ ލިޔުމުގެ ކުށެއްކަން އެނގޭކަމާއި، މި ދެ ލިޔުމުގައިވާ ސައިކަލުތަކަކީ
އެއް ސައިކަލުތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ނިންމާފައިވާއިރު، މި ދެ ލިޔުމުގައި
ގިނަކަމުން މި ދެ ލިޔުމަކީ އެކަތި އަނެކެއްޗާ ނުގުޅޭ ދެ ލިޔުމެއް ގޮތުގައި
އެކަތި އަނެކެއްޗާ ގުޅޭ އެއްޗެއްކަމުގައި މަދަނީ މިންގަނޑުތަކުން ބެލިއިރު، އެއް
މުދަލަކާ ގުޅިގެން ދެ ލިޔުމެއް ހެދި ދެ ލިޔުމުގައި އެއް މުދަލަކަށް ދެ އަގެއް އޮތުމަކީ ބަޔަކު
އޮޅުވާލުމުގެ އިޙްތިމާލު އޮތްކަމަކަށްވެފައި، އަތުލިޔުމުންނާއި ފައިސާ ދެއްކިކަމުގެ ތައްގަނޑު
ޖަހާފައިވާ ލިޔުން ކަމުގައިވާ ބެލެންސް ނޯޓުގައިވާ ފައިސާގެ ޢަދަދު ޞައްޙަވުމުގެ ފުރުޞަތު
ބޮޑުކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި
ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ވ
پرومی مرمرمرپر مری ره
ލމަށްފަރ،
xo
9.2. ދެވަނަ ސަބަބަކީ، އިސްތިއުނާފު މިކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ނަންބަރު 008/2010
(05 ފެބްރުވަރީ 2010 އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓަކީ އޮޅުމަކުން
ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ލިޔުމެއްކަމަށް ބުނާ ލިޔުމެއް
މުޙައްމަދު އިބްރާހީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާއިރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 12
މި ލިޔުމަކީ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ ޞައްޙަ ލިޔުމެއްތޯ
ދަށު ކޯޓުން ބަލާފައިނުވާކަމަށް ބަޔާންކޮށްފައިވާ ހިނދު، އަދި އެ ލިޔުމަކީ އެ ލިޔުން ދިން
ފަރާތުގެ ކަސްޓަމަރެއްގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ
ލިޔުމަކަށްވުމުގެ އިޙްތިމާލު އޮތްހިނދު، ޕާޓް އެކްސްޗޭންޖުގެ ފަރާތުން ފައިސާދެއްކިތޯ
ޝަރީޢަތުން ރާއްޖޭގެ ބޭންކްތައް ބެލިފަދައިން، މި ލިޔުމާމެދު ސުވާލު އުފައްދާފައިވަނިކޮށް މި
ލިޔުމުގެ ޞައްޙަކަން ބެލުމަށްޓަކައި، އެކަން ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ބެލުމަކީ
މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާޞިލުވުމަށްޓަކައި މުޙިއްމުކަމެއް ކަމަށްވާއިރު،
ތަޙުޒީބުވެފައިވާ ދިމިޤްރާޠީ މުޖުތަމަޢުތަކުގައިވެސް މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އުޞޫލަކީ،
އެއް ޤައުމުން އަނެއް ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގައި ހިނގައި ތަޙްޤީޤުތަކުގައި
ލިޔުންތަކަކީ އެ ލިޔުން ފޮނުވާ ޤައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއެއް ނުވަތަ
އެކަމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެއްގެ އެންޑޯޒްމަންޓް އޮވެގެން އެފަދަ ލިޔުންތަކުގެ
ޞައްޙަކަން ދެނެގަތުމުގެ އުޞޫލުކަމަށްވީހިނދު، މި މައްސަލަ ތަޙްޤީޤުކުރަން ފެށިފަހުން
ހުށަހަޅާފައިވާ ލިޔުންތަކަކީ އެ އުޞޫލުން ހުށަހެޅިފައިވާ ލިޔުންތަކަކަށް ނުވާހިނދު، އެކަންކަމަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
26
ބަދަލަރ
9.3. ތިންވަނަ ސަބަބަކީ، ދިވެހިރާއްޖެ އެތެރެކުރާ މުދަލާގުޅޭ ޞައްޙަ މައުލޫމާތު ހާމަވާން އޮންނަ
އެންމެ ޞައްޙަ ލިޔުމަކީ ޝިޕިންގް ޑޮކިއުމަންޓް ނުވަތަ ބީ.އެލް ކަމުގައިވާއިރު، މި މުދަލުގެ
ޝިޕިންގް ޑޮކިއުމަންޓް ނުވަތަ ބީ.އެލް ގައި ބަޔާންކޮށްފައިވާ ތަފްޞީލީ މަޢުލޫމާތާއި ބެލެންސް
ނޯޓުގައި ދީފައިވާ މަޢުލޫމާތު ދިމާވާތީއާއި، ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއް
ކަމުގައި
ބަޔާންކުރުމުގެ ގޮތުން ތަފާތު އެކި ލިޔުން މުދާ ފޮނުވި ފަރާތުން ފޮނުވާފައިވަނީ
މުދަލުގެ އަގުގެ މައްސަލަޖެހި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަޙްޤީޤުކުރަން
ފެށުމުންކަމާއި، މައްސަލައިގެ ތަޙްޤީޤުގައި މުޙައްމަދު އިބްރާހީމް މޯލްޑިވްސް ކަސްޓަމްސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 13
ސަރވިސްއަށް ދީފައިވާ ބަޔާނުގައި މިއީ ލިޔެކިޔުމުން އެއްވެސް މުޢާމަލާތެއް ކޮށްގެން
އޯޑަރކޮށްފައިވާ މުޢާމަލާތެއް ނޫންކަމާއި، މިއީ ކުރެޑިޓަށް ގެނެސްފައިވާ މުދާކަމަށް
ބުނެފައިވާއިރު، ފައިސާ ނުފޮނުވާ މުދަލެއްގެ ފައިސާގެ މުޢާމަލާތެއް ސާފުކުރުމަށް ފައިސާ
ފޮނުވިގޮތް ބަލާހޯދުމުގެ ގޮތުން ރާއްޖޭގެ ބޭންކްތައް ބެލުމަކީ މުދަލަށް ފައިސާ ފޮނުވާފައިވާކަން
ހާމަވާނެކަމަށް ނޫންކަމަށާއި، ބެލެންސް ނޯޓުގައި "ޕެއިޑް" ތައްގަނޑު ޖަހާފައިވުމަކީ ބޭންކް
މެދުވެރިކޮށް ނޫންގޮތަކަށް ނަމަވެސް އެ ފައިސާ އެ ފަރާތަށް ފޯރުކޮށްދީފައިވާތީ ޖަހާފައިވާ
ތައްގަނޑެއް
ބެލެވޭނެ
ދިވޭނެކަމަށާއި، އެ ޝިޕްމަންޓާ ގުޅިގެން މުދާ ފޮނުވިފަރާތުން
ރުކޮށްފައިވާ އެހެން ލިޔުންތައް ޞައްޙަވާފަދައިން ބެލެންސް ނޯޓަކީވެސް ޞައްޙަ
ލިޔުމެއްކަމާއި، އެކަން ނަފީކުރުމަށް އެކި ލިޔުންތައް ހުށަހަޅާފައިވަނީ މައްސަލަ ތަޙްޤީގުކުރަން
ފެށިފަހުން ކަމުގައިވީހިނދު، އެއީ މުދާ ފޮނުވި ފަރާތުން އެ ފަރާތުގެ ކަސްޓަމަރުގެ ދިފާޢުގައި
ކޮށްފާނެ ކަމެއްކަމަށް ބެލެވޭހިނދު ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި
ދުވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
rއގަނޑު އެކަމަށް
އކމަށް6
9.4. ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭ މުދަލުގެ ޑިއުޓީ ކަނޑައެޅުމަށްޓަކައި އެ
ސަރވިސްއަށް ހުށަހަޅަންޖެހެނީ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" 4 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ލިޔެކިޔުންތައްކަން އެނގޭކަމާއި، އެ ލިޔެކިޔުންތަކުގެ ތެރޭގައި "ބެލެންސް
ނޯޓް" ހިމެނިފައިނުވާކަމަށާއި، އަދި އެ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްއިން
އެދޭ އެހެނިހެން ލިޔުންތައް" ގެ ތެރޭގައި ބެލެންސް ނޯޓު ހިމެނޭކަމަށް ބެލި ކަމުގައިވީނަމަވެސް،
މި މައްސަލައިގައި "ބެލެންސް ނޯޓް" ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން
އެދިފައިވާކަން އެނގެން ނެތްކަމާއި، ވީމާ މި މައްސަލައިގައި "ބެލެންސް ނޯޓް" އަކީ
ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ނޫންކަމަށާއި އެހެންކަމުން ސިވިލް
2&28 / ~
ހއބބހ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
މާލެ،
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 14
ކޯޓުން މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް
ނުބެލެވޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހޯދަން
ބޭނުންވާ ލިޔުމެއް އެ ސަރވިސްއިން ހޯދަން އެދުމުގެ ކުރިން އެ މުދަލުގެ ވެރިފަރާތުގެ އަމިއްލަ
އިޚްތިޔާރުގައި ކަސްޓަމްސްއަށް ހުށަހެޅުމުން އެ ލިޔުން ހޯދުމަށް ކަސްޓްމްސްއިން
އެދިފައިނުވާނަމަ، އެ ލިޔުމަކީ ހެއްކާބެހޭ ޤާނޫނު“ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ
ލިޔުމެއް ނޫންކަމަށް ކަނޑައެޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަބުނެ ހުށަހަޅާފައިވާ ސަބަބެވެ.
.10
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ
ގޮތުން މުޙައްމަދު އިބްރާހީމްގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
COC
4
10.1. ފުރަތަމަ ނުކުތާއަކީ، ދަޢުވާ ނަފީކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ކަމުގައިވާ
"ބެލެންސް ނޯޓް" ގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކީ، ސުޕްރީމް ކޯޓުގެ ނަންބަރު
02/SC-A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފުކަމެއް ކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
10.2. ދެވަނަ ނުކުތާއަކީ، ދައުލަތުގެ ދަފްޢު މަދަނީ މިންގަނޑުން ސާބިތުކުރުމަށް އެ ވާޤިޢާ
ވަށައިގެންވާ ހުރިހާ ކަމަކަށް ރިޢާޔަތް ކުރަންޖެހޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ
ނިންމުމުގައި، އެ ހުރިހާކަމަކަށް ރިޢާޔަތްކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ބިނާކޮށްފައިވަނީ ބުނެވިދިޔަ މުދަލުގެ އަގަކީ އެ މުދަލުގެ އަގު ފާސްކުރުމަށް ހުށަހަޅާފައިވާ
ނަންބަރު 008/2010 (05 ފެބްރުވަރީ 2010) އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުކަމަށް
OXC
4
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
5 ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 15
cu o
މަދަނީ މިންގަންޑުން ސާބިތުވާ ހެކިތަކުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް
ނިމުނުގޮތުގެ
ތުގެ ރިޕޯޓުގެ 03 ވަނަ ނަންބަރުން އެނގޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OXO
10.3. ތިންވަނަ ނުކުތާއަކީ، ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ އިން ފޮނުވާފައިވާ ލިޔުމުގެ
ޞައްޙަކަން ސިވިލް ކޯޓުން ބަލާފައިނުވާކަމަށް ބުނެ ދައުލަތުން ހައިކޯޓަށް ހުށަހެޅި ނުކުތާއަށް
އެ ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާއިރު، އެ ލިޔުމުގެ ޞައްޙަކަމާމެދު ސިވިލް ކޯޓުގައި
ދައުލަތުން ސުވާލު އުފައްދާފައި ނުވާކަމާއި، ދަށުކޯޓުގައި ދައުލަތުން ފާހަގަކޮށްފައި ނުވާކަމެއް
އިސްތިއުނާފް ނުކުތާއެއްގެ ގޮތުގައި ހުށަހެޅުނަސް އެކަމަށް ރިޢާޔަތްކުރުމަކީ އިސްތިއުނާފް
އުޞޫލުތަކާ ޚިލާފުކަމެއް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
8 62
10.4. ހަތަރުވަނަ ނުކުތާއަކީ ބެލެންސް ނޯޓަކީ ދައުލަތުން ފަރާތުގެ ދަޢުވާ ސާބިތުކޮށްދިނުމަށް
ހުށަހަޅާފައިވާ
ކަމަށްވާއިރު، އެ ލިޔުން ފޮނުވި ފަރާތުން އެ ލިޔުމަކީ ޞައްޙަ ލިޔުމެއް
ހުންކަމަށް ބުނާ ޙާލަތުގައި އެ ލިޔުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނަފަރާތަކީ،
އެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅި ފަރާތްކަމަށާއި، އެހެންނަމަވެސް މައްސަލައިގައި އެ
ލިޔުމަކީ ޝިޕްމަންޓާ ގުޅުންހުރި ޞައްޙަ ލިޔުމެއްކަމަށް ދައުލަތަށް ސިވިލް ކޯޓުގައި
ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2
10.5. ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީ ކަނޑައެޅުމަށްޓަކައި މޯލްޑިވްސް
ކަސްޓްމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ ތަކެތި ބަޔާންކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުން
ދިޔަ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ ދަށުންކަމަށްވެފައި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ
ލިޔުންތަކުގެ ތެރޭގައި "ބެލެންސް ނޯޓް" ހިމެނިފައިނުވާތީ، މި މައްސަލަ ދަށުކޯޓުން
ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނު“ގެ 5 ވަނަ މާއްދާގެ ނައްޞާ ޚިލާފަށް
ه
هކމިށް
6 ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 16
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތްކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ
ތޯކެއވެ.
ބުރަދަން ދޭންވީ ކޮން ލިޔުމަކަށްކަން ކަނޑައަޅާފައިވާ ގޮތް
11. މި މައްސަލައިގައި ހިމެނޭ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ މުދަލާއި ކުއަންޓިޓީ، މުދަލުގެ ބާވަތާއި
ތަފްޞީލް، ކޮންސައިނީ އަދި ކޮންސައިނަރ ނަންބަރު 08/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ
މަޢުލޫމާތު ބަރާބަރަށް ދިމާވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލާފައިވިޔަސް މޮޑެލް
ނަންބަރުގައިވަނީ ލިޔުމުގެ ކުށެއްކަން އެނގޭކަމާއި، މި ދެ ލިޔުމުގައިވާ ސައިކަލުތަކަކީ އެއް
ސައިކަލުތަކަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
148/HC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ހ) ގައި
ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މަދަނީ މިންގަނޑުތަކުން ބަލާއިރު، މި ދެ ލިޔުމަކީ އެކަތި އަނެކެއްޗާ
ނުގުޅޭ ދެ ލިޔުމެއް ގޮތުގައި ބެލުމަށްވުރެ، އެކަތި އަނެކެއްޗާ ގުޅޭ ލިޔުން ކަމުގައި ބެލޭކަން ދައުލަތުން
ފާހަގަކޮށްފައިވެއެވެ. އަދި، އެއް މުދަލަކާ ގުޅިގެން ދެ ލިޔުމެއް ހެދި ދެ ލިޔުމުގައި އެއް މުދަލަކަށް ދެ
އަގެއް އޮތުމަކީ ބަޔަކު އޮޅުވާލުމުގެ މަސައްކަތްކޮށްފައިވާކަމުގެ އިޙްތިމާލު އޮތްކަމަކަށްވެފައި، އަތު
ލިޔުމުންނާއި ފައިސާ ދެއްކިކަމުގެ
ކިކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން ކަމުގައިވާ ބެލެންސް ނޯޓުގައިވާ ފައިސާގެ
ޢަދަދު ޞައްޙަވުމުގެ ފުރުޞަތު ބޮޑުކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި
އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ދައުލަތުން ބުނެއެވެ.
od
OXO
12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ
3 ވަނަ ނަންބަރުގެ (ހ) އަށް ބެލުމުން، އެ ކޯޓުން ބެލެންސް ނޯޓާއި ނަންބަރު 08/2010
އިންވޮއިސްއަށް ބަލައި، އޭގެ ތެރެއިން އިންވޮއިސްއަށް ބުރަދަންދީފައިވާ ސަބަބު ބަޔާންކޮށްފައިވާކަން
ސާފުކޮށް އެނގެން އޮންނަކަން ފާހަގަވެއެވެ. އެގޮތުން، އެ ނުކުތާއަށް ގޮތް ކަނޑައެޅުމުގައި ބެލެންސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 17
ނޯޓާއި ނަންބަރު 08/2010 އިންވޮއިސްގެ އިތުރުން، 01 މާރިޗު 2010 ތާރީޚުގައި ޖޭން
އިންޓަރޓެރޭޑް (ތައިލޭންޑް) ކޯ.ގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށާއި، އަގު ދެއްކުމާ ގުޅޭގޮތުން ޖޭން
އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ ފަރާތުން 26 ޖަނަވަރީ 2010 ގައި މުޙައްމަދު އިބްރާހީމަށް
ފޮނުވާފައިވާ ސިޓީއަށާއި، 12 މެއި 2010 ދުވަހުގެ ތާރީޚުގައި ޒޭން އިންޓަރޓެރޭޑް (ތައިލަންޑް) ކޯ.ގެ
ފަރާތުން މުދާތައް އެތެރެކުރި ބީ.އެލް އަށް ޙަވާލާދީ ދޫކޮށްފައިވާ ރަސީދަށާއި، ސުވާލުއުފެދިފައިވާ
ޝިޕްމަންޓްގެ ކުރިންނާއި ފަހުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން އެތެރެކޮށްފައިވާ ސައިކަލުތަކަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް"
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާކަން އެނގެން އޮވެއެވެ.
ތަކުގައިވާ އަގުތަކަށް7
* * * *
4 3 2 4 2 2
OXO
.13
ހހންކަމުން،
* 8
ނަންބަރު 08/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުތަކަކީ ބަޔަކު އޮޅުވާލުމުގެ
ގޮތުން ހުށަހަޅާފައިވާ އަގުތަކެއްކަމުގައި ދައުލަތުގެ ފަރާތުން ބަޔާންކުރާކަމުގައިވަނީނަމަ، އެ އިޙްތިމާލު
އެގޮތުގައި އޮތްކަމުގައި ބުނުމުގެ އިތުރުން، ކޯޓުގައި އެ ދަފްޢު ސާބިތުކޮށްދިނުމަކީ ދައުލަތުގެ
ޒިންމާއެކެވެ. އަދި ބެލެންސް ނޯޓާއި ނަންބަރު 08/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދުތަކުގެ
ތެރެއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދުތަކަށް
ބުރަދަންދީފައިވަނީ ރަނގަޅަށްކަމުގައިވެސް އަހުރެން ދެކެމެވެ. އެހެނީ، މި މައްސަލައާ ގުޅިގެން
ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އެ ލިޔުންތަކުގެ ތެރެއިން ތަފާތުކަމެއް ހުރީ (inconsistent)
ހަމައެކަނި ބެލެންސް ނޯޓުގައިކަމާއި، ބެލެންސް ނޯޓަކީ އެ ލިޔުމުގެ ޞައްޙަކަމުގެ މައްޗަށް މުޙައްމަދު
އިބްރާހީމް އިންކާރު ކުރާ ލިޔުމެއް ކަމުގައިވާހިނދު، އަދި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން
ލިޔެކިޔުންތަކުން ބުރަދަން ލިބެނީ އިންވޮއިސްގައިވާ އަގަކީ ޞައްޙަ އަގު ކަމުގައިވާތީ، ހަމައެކަނި
888
ސުވާލުއުފެދިފައިވާ ޝިޕްމަންޓްގެ ކުރިންނާއި ފަހުން ޕާޓް އެކްސްޗޭންޖުގެ ފަރާތުން އެތެރެކޮށްފައިވާ ސައިކަލުތަކަށް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ތަކުގައިވާ އަގުތަކަށް ބަލާއިރު، އެ އަގުތަކާއި ސުވާލުއުފެދިފައިވާ ޝިޕްމަންޓްގައި
ހިމެނޭ ސައިކަލުތަކުގެ އަގުތައްކަމުގައި ނަންބަރު 08/2010 އިންވޮއިސްގައިވާ އަގުތަކާއި ދާދި ދިވެހިރާއްޖޭގެ
ފާހަގަކޮށްފައިވެއެވެ. އަދި މިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންކާރުކޮށްފައިވާކަން އެނގޭކަށް ނެތެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 18
ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ޢަދަދަށް ބަރޯސާވެ، ފިޔަވަޅު އެޅުމަކީ އެކަށޭނަ ގޮތެއްކަމުގައި
އަހުރެންނަށް ބެލެވެން ނެތަތީއެވެ.
ol މާރިޗު 2010 ގެ ސިޓީއަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާފައިނުވުން
.14
ނަންބަރު 008/2010 (05 ފެބްރުވަރީ 2010) އިންވޮއިސްއަށް ޙަވާލާދީފައިވާ ބެލެންސް ނޯޓަކީ
އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ ލިޔުމެއްކަމަށް ބުނާ ޖޭން
އިންޓަރޓްރޭޑް (ތައިލޭންޑް) ކޯގެ ސިޓީއެއް: މުޙައްމަދު އިބްރާހީމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާއިރު، އެ ލިޔުމަކީ ޞައްޙަ ލިޔުމެއްތޯ ދަށު ކޯޓުން ބަލާފައިނުވާކަމާއި، އެ ލިޔުމާމެދު
ދައުލަތުން ސުވާލު އުފައްދާފައިވާ ނަމަވެސް، ލިޔުމުގެ ޞައްޙަކަން ބެލުމަށްޓަކައި ތަޙުޒީބުވެފައިވާ
ދިމިޤްރާތީ މުޖުތަމަޢުތަކުގައި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އުޞޫލުން، އެ ލިޔުންތަކުގެ ޞައްޙަކަން
ކޯޓުން ބަލާފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ޤައުމުގެ ކަމާބެހޭ
15. މިގޮތުން، ތަޙުޒީބުވެފައިވާ ދިމިޤްރާތީ މުޖުތަމަޢުތަކުގައި މިފަދަ ޙާލަތްތަކުގައި، އެއްޤައުމުން އަނެއް
މުއައްސަސާތަކުގައި ހިނގާ ތަޙްޤީޤުތަކުގައި ބަދަލުކުރެވޭ ލިޔުންތަކަކީ އެ ލިޔުން ފޮނުވާ
ޤައުމެއްގެ ކަމާބެހޭ
ރަސްމީ އިދާރާއެއް ނުވަތަ އެކަމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެއްގެ އެންޑޯޒްމަންޓް
އޮވެގެން އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރާ ލިޔުންކަމުގައި ދައުލަތުން ބުނެއެވެ. އަދި ކޯޓުގެ
ފަރާތުން ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމްގެ ފަރާތުން ފައިސާއްދަކާފައިވާކަން ބޭންކުތަކަށް
ލިޔެގެން ހޯދި ފަދައިން، ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު
ހޯދާފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
¢ ¢ ¢
ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯގެ 01 މާރިޗު 2010 ތާރީޚުގެ ސިޓީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 19
.16
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާގެ ތެރެއިން
ބޭންކުތަކަށް ލިޔެ، އެފަދަ ފައިސާއެއް ޕާޓް އެކްސްޗޭންޖް / މުޙައްމަދު އިބްރާހީމްގެ ފަރާތުން
ދައްކާފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ (ނަންބަރު
008/2010 އިންވޮއިސްއަށް ޙަވާލާދީފައިވާ) ބެލެންސް ނޯޓުގައި "ޕެއިޑް" ތައްގަނޑު
ޖަހާފައިވާނަމަވެސް، އެއަށް ފައިސާ ދައްކާފައި ނުވާނެކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން
ބުނެފައިވާތީކަން، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ. ކޯޓުގެ ފަރާތުން އެފަދައިން ޢަމަލުކޮށްފައިވަނީ ބެލެންސް
ނޯޓު ދޫކުރި ފަރާތުން، އެ ލިޔުމަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމުގައި ބުނެ ސިޓީއެއް
ދީފައިވާތީއާއި
އި، ނުދައްކާކަމަށް ބުނާ ފައިސާއެއް އެފަދައިން ބުނާ ފަރާތަކަށް ނުދައްކާވާކަމަށް ދެއްކޭނެ
ހެއްކެއް އޮންނާނެކަމަށް ނުބެލެވޭތީއާއި، ފައިސާ ދެއްކިކަމަށް ދައުލަތުގެ ފަރާތުން ބުނާނަމަވެސް، އެކަން
ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅުމަކީ މުސްތަޙީލު ކަމަކަށް ވާނެކަން ކޯޓަށް ބެލެވިގެން، އަދި ކޯޓުން
ނެރޭ އަމުރެއްގެ މައްޗަށް ބިނާކޮށް
ކުށް ނޫންގޮތަކަށް ބޭންކުތަކުން މަޢުލޫމާތު ފޯރުކޮށްނުދޭނެކަމުން، ބެލެންސް
ނޯޓުގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން، ކޯޓަށް ބެލެން އޮތް
މިންވަރަކުން ކަށަވަރުކުރުމަށް ކަމަށް އަހުރެން ދެކެމެވެ.
cuoc
.17
މިއާ ޚިލާފަށް، ވަކި ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމުގެ ގޮތުން، އެހެން
ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް ލިޔެ ކޯޓުން މަޢުލޫމާތު ސާފުކުރުމަކީ ވަރަށް ތަފާތުކަމެކެވެ. އެހެނީ
ވަކި ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ އެ ލިޔުމެއް ކޯޓަށް ހުށަހަޅާ
ފަރާތެއްގެ ޒިންމާއެއް ކަމުގައިވާތީއެވެ. އަދި އެފަދަ ލިޔުމެއް ހުށަހެޅުމަށްފަހު، މައްސަލައިގައި ހިމެނޭ
އަނެއް ފަރާތުން އެ ލިޔުން ތަރުނުކުރަނީ ލިޔުމަކުން ކަމުގައިވާނަމަ، ފުރަތަމަ ހުށަހެޅި ލިޔުމުގެ
g
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/577 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ނަންބަރު 6.4
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/577 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ނަންބަރު 6.5
l
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 20
ޞައްޙަކަން
ދިފާޢުކުރުމަކީ އެލިޔުން ހުށަހެޅި ފަރާތުން ޒިންމާއެކެވެ. އެހެންނަމަވެސް، ކޯޓަށް
ހުށަހަޅާފައިވާ ލިޔުމެއް ތައުނުކުރުމުގެ ގޮތުން އެލިޔުން އެއީ ޞައްޙަލިޔުމެއް ނޫންކަމުގައި ބުނުމަކުން
ނުފުދެއެވެ. އެލިޔުން ޞައްޙަނުވާ ސަބަބު ބަޔާންކޮށްދީ، އެކަމާގުޅޭ ހެކި ހުށަހަޅާންޖެހެއެވެ.
.18
ބެލެންސް ނޯޓަކީ އޮޅުމަކުން ހެދިފައިވާ ލިޔުމެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުވާފައިވާ
ލިޔުމެއްކަމަށް ބުނާ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ.ގެ ސިޓީއަކީ ޞައްޙަ ސިޓީއެއް ނޫންކަމުގައި
ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ އެސިޓީ ލިޔެފައިވާ ލެޓަރހެޑްއާއި 26 ޖެނުއަރީ 2010 ގައި
އެކުންފުނިން ފޮނުވާފައިވާ ސިޓީއާ އަޅާބަލާއިރު، ދެސިޓީގެ ލެޓަރހެޑްގައި ކުދިކުދި ތަފާތުތަކެއް
ހުރިކަމުގައި ބުނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ މިންވަރުގެ ތަފާތުތަކަކީ
އެސިޓީގެ ޞައްޙަނޫންކަން
ނޫންކަން ކަނޑައެޅޭ މިންވަރުގެ ތަފާތެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނުދެކޭކަން
އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ނިންމުން ޤާނޫނީ އުޞޫލުތަކާއި
ތަޢާރުޟުވާ ސަބަބެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން ފާހަގަވެއެވެ.
ކަން
.19
01 މާރިޗު 2010 ތާރީޚުޖަހާފައިވާ ޖޭން އިންޓަރޓްރޭޑް (ތައިލެންޑް) ކޯ.ގެ ސިޓީގެ ޞައްޙަ ކަމާމެދު
(އެހެން ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް ލިޔެގެން12) ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް
ދައުލަތުން ބަޔާންކުރާއިރު، 01 މާރިޗު 2010 ގެ ސިޓީގެ ޞައްޙަކަމާމެދު ސުވާލުއުފައްދާފައިވަނީ
ދައުލަތުގެ ފަރާތުން ކަމާއި، އެ ސިޓީއަކީ ޞައްޙަ ސިޓީއެއް ނޫންކަމުގައި ސާބިތުކޮށްދިނުމަށް ދައުލަތުގެ
ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތް ކަން އެނގެއެވެ. އަދި، 01 މާރިޗު 2010 ގެ ތާރީޚުގައި
ޖޭން އިންޓަރޓެރޭޑް (ތައިލޭންޑް) ކޯ.ގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކީ އެ ލިޔުން ދިން ފަރާތުގެ
ކަސްޓަމަރެއްގެ މަސްލަޙަތު ހިމާޔަތްކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ލިޔުމަކަށްވުމުގެ އިޙްތިމާލު
u
12
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ރ)
ޢާންމު އުޞޫލެއްގެ ގޮތުން މިފަދައިން އެހެން ޤައުމުތަކުގެ އިދާރާތަކަށް ލިޔެގެން މަޢުލޫމާތު ހޯދާ، ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ
މަސައްކަތްކުރަނީ ތަޙުޤީޤީ އިދާރާތަކުންނެވެ. ކޯޓަކީ ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރާތަނެއް ނޫނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 21
އދ / 8
3
2
3
4
ބަޔާންކުރުމުގެ
ocod
އޮތްކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވާ ނަމަވެސް، މިފަދައިން ފެކުރުމުގެ އިތުރުން، އެކަމަށް
ބުރަދަނެއްދޭ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. އިހްތިމާލެއް އޮތުމަކީ އެގޮތަށް
ކަން ހިނގިކަން، ހިނގާކަން ނުވަތަ ހިނގާނެކަން ދަލާލަތުކޮށްދޭ އަސްލެއް ނޫނެވެ.
.20
މީގެ އިތުރުން، މުދާ އެތެރެކުރުމާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަގު ފާސްކުރުމަށް
ހުށަހަޅާއިރު، ނުވަތަ މުދާ އެތެރެކުރުމާބެހޭ އެހެންވެސް މަރުޙަލާއެއްގައި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހަޅާ ލިޔެކިޔުމަކީ ނޮޓަރައިޒްކޮށްފައިވާ ނުވަތަ އެނޫންވެސް އެފަދަ ވަކި މިންގަނޑެއް
ފުރިހަމަވާ ފަދައިން ހުށަހަޅަންޖެހޭ ލިޔުމެއް ކަމުގައި ނުވާތީ، އެފަދަ މުޢާމަލާތެއްގެ ތެރެއިން އުފެދޭ
ޚުޞޫމަތަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، މުޢާމަލާތުގެ ތެރެއިން ހުށަހަޅާންޖެހޭ މިންގަނޑަށްވުރެ
މަތީ މިންގަނޑަކުން ލިޔުން ހުށަހެޅުމަށް އެންގުމަކީ ހަމަޖެހޭގޮތެއް ކަމުގައި އަހުރެންނަކަށް ނުފެނެވެއެވެ.
ހެއްކާބެހޭ ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް
21. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޭނުންވާ ލިޔުމެއް (ބެލެންސް ނޯޓު)، އެސަރވިސްއިން ހޯދަން
އެދުމުގެ ކުރިން މުދާ އެތެރެކުރި ފަރާތުން އަމިއްލަ އިޚްތިޔާރުގައި ހުށަހަޅާފައިވާތީ، އެލިޔުލަކީ
އެސަރވިސްއިން އެދިގެން ހުށަހަޅާފައިވާ ލިޔުމެއްކަމުގައި ނުވާކަމަށްޓަކައި، އެލިޔުމަކީ ހެއްކާބެހޭ
ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައެޅުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް އިސްތިއުނާފުކުރާ ރާ ފަރާތުން ބުނެއެވެ.
.22
ހެއްކާބެހޭ ޤާނޫނު14ގެ 5 ވަނަ މާއްދާގައި އޮންނަނީ:
"ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް
ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުން ނެތުނީ ގަބޫލުކުރެވޭފަދަ
13 ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
14 ޤާނޫނު ނަންބަރު 24/76 ހެއްކާބެހޭ ޤާނޫނު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 22
ޢުޛުރަކުންކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި
ގަބޫލުކުރެވޭނެއެވެ."
9
މި ފަދައިންނެވެ.
އެ މާއްދާގެ ނައްސަށް ބަލާއިރު، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް
އޮތުން ލާޒިމު ކުރާކަމެއްގައި ހެއްކެއްގެ ގޮތުގައި ބެލޭނީ އެފަދައަކުން ޝަރީޢަތުން ނުވަތަ ޤާނޫނުގައި
މުންކުރާ ލިޔުމެވެ. މި މައްސަލައިގައި، ބެލެންސް ނޯޓަކީ ޝަރީޢަތުން އޮތުން ލާޒިމުކޮށްފައިވާ ލިޔުމެއް
ނޫނެވެ.
ހހ
0ކ
.23
އެހެންކަމުން، ބެލެންސް ނޯޓަކީ ޤާނޫނުން އޮތުން ލާޒިމުކުރާ ލިޔުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ބ) އަށް ބެލުމުން، މި މައްސަލައިގައި ހިމެނޭ ޝިޕްމަންޓް ރާއްޖެއަށް
އެތެރެކުރެވުނުއިރު ޢަމަލުކުރަމުންދިޔަ "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4 ވަނަ ނަންބަރަށާއި، 4.2
ވަނަ ނަންބަރުގައި މުދާ އެތެރެކުރާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތަކަކީ ކޮބައިކަމާއި، ބެލެންސް ނޯޓަކީ
އެ ޤަވާޢިދުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ނޫންކަން ފާހަގަކޮށްފައިވާކަން
އެނގެއެވެ. އަދި، "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގެ (ބ) ގައި
ކަސްޓަމްސްއިން އެދޭ އެހެނިހެން ލިޔުންތައް' ހިމެނިފައިވާކަމާއި، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން ހޯދުމަށް އެދިފައިވާ ލިޔުމެއް ނޫންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހެއްކާބެހޭ ޤާނޫނު15ގެ 5 ވަނަ މާއްދާގެ އަލީގައި، ބެލެންސް ނޯޓަކީ ޤާނޫނުން ހުށަހެޅުން ލާޒިމުކޮށްފައިވާ
ލިޔުމެއްކަމުގެ މައްޗަށް ބަލާއިރު، "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގައި،
އިންވޮއިސްއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތެރޭގައި ބެލެންސް ނޯޓު ފާހަގަކޮށްފައި ނުވެއެވެ. މުދާ
އެތެރެކުރާ ފަރާތަކުން ބެލެންސް ނޯޓު ހުށަހަޅަންޖެހޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް
.24
uco
15 ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
240އެވެ
2013/SC-A/18
ސަފްޙާ 24 ގެ 23
ފެނިއްޖެނަމަ، އެ ލިޔުން ހުށަހެޅުމަށް އެސަރވިސްއިން އެދެންޖެހޭކަން "ކަސްޓަމްސްގެ ޢާންމު ޤަވާޢިދު"
ގެ 4.2 ވަނަ ނަންބަރުން އެނގެން އޮވެއެވެ.
.25
"ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގެ (ބ) އިން، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން ލިޔުމަކަށް އެދުމަކީ އަދި ނޭދި ދޫކޮށްލުމަކީ އެސަރވިސްއަށް ކުރެވިދާނެކަމެއް
ކަމުގައިވާތީ އާއި، އެ އަކުރުގެ ދަށުން އެ މާއްދާގެ އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ ލިޔުންތައް
ނޫން ކޮންމެ ލިޔުމެއްވެސް ހުށަހެޅުމަށް އެންގުމުގެ ބާރު އެސަރވިސްއަށް ދީފައިވާތީ، އެއީ އެ
ސަރވިސްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއް ކަމުގައި ދެކެމެވެ، އަދި ލިބިދީފައިވާ އިޚްތިޔާރެއްގެ
.
ދަށުން ހުށަހަޅަން އަންގާ ލިޔުމަކީ ހެއްކާބެހޭ ޤާނޫނު” ގެ 5 ވަނަ މާއްދާގެ ބޭނުމަށްޓަކައި ޤާނޫނުން
އޮތުން ލާޒިމުކުރާ ލިޔުމެއްކަމުގައި ބެލޭނެ ހަމައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ އަހުރެން
ބުރަވާގޮތުގައި، ވަކި ލިޔުމަކީ ޤާނޫނަކުން ހުށަހެޅުން ލާޒިމުކުރާ ލިޔުމެއް ކަމުގައިވާނަމަ، އެކަން
ޤާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިއީ ޤާނޫނުން ލިއްބައިދޭ ޔަޤީންކަމާއި ޤާނޫނުގެ ވެރިކަމުގެ
މަފްހޫމާއިވެސް ގުޅިފައިވާ ކަމެކެވެ.
.26
މިހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
.27
16
ކަސްޓަމްސްގެ ޢާންމު ޤަވާޢިދު" ގެ 4.2 ވަނަ ނަންބަރުގެ (ބ) އިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް، އެސަރވިސްއިން އެދޭ
ކިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ލިބިދީފައިވާހިނދު، ޤަވާޢިދުން އެ ބާރު ލިބިދިނުމުގައި، އެ ބާރު ބޭނުންކުރެވޭ ވަކި ހުދޫދެއް ނުވަތަ އެމައްޗަށް
ހިނގާ ވަކި ލިޔުންތަކެއް ތަފްޞީލުކޮށްދީފައިނުވެއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެވުނު މާއްދާއާއި ޙަވާލާދީ އިތުރު ލިޔެކިޔުން
ހުށަހެޅުމަށް އެންގުމަކީ ވެދާނެ އަދި
17 ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
އެފްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2013/SC-A/18
ސަފްޙާ 24 ގެ 24
ފަނޑިޔާރު ޙުސްނުއް ސުއޫދުގެ ރައުޔު
.28
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
377
*
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން
ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް
ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް
ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
8
cu o
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
)
8
މަޙާޒު ޢަލީ ޒާހިރު
ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުސް.
ސެން އެސްޖީދީ
(ރިޔާސަތު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male"| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel